މުސްލިމުންގެ ނަމާދު އެޕްލިކޭޝަނަކުން ބޭނުން ކުރާ ފަރާތުގެ ލޮކޭޝަން ޓްރެކް ކުރަނީ

Loading

Facebook
Twitter
WhatsApp

ސަލާތު ފަސްޓްއަކީ ފާއިތުވެދިޔަ ދެމަސް ދުވަހުގެ ތެރޭގައި މުސްލިމުންގެ ޔޫޒާ ޑޭޓާ ހިއްސާކުރަމުންދާކަމަށް ތުހުމަތު ކުރެވި ފާޑުކިޔުންތައް އަމާޒުކުރެވިގެން ގޮސްފައިވާ ދެވަނަ އެޕްލިކޭޝަނެވެ. މި ޑޭޓާތައް ހިއްސާކުރަމުންދަނީ އެމެރިކާގެ ސެކިއުރިޓީ އެސްޓެބްލިޝްމެންޓާއި ގުޅިފައިވާ އެމެރިކާގެ ކޮންޓްރެކްޓަރުންނާއެވެ.

ދުނިޔޭގެ ހުރިހާ ކަންކޮޅުތަކުގައި މުސްލިމުންގެ ނަމާދު ވަގުތުތައް އަންގައިދީ މުސްލިމުންނަށް ނަމާދުކުރަންވީ ވަގުތުތައް ހަނދާންކޮށްދެމުންދާ މި އެޕްލިކޭޝަނުން ގެންދަނީ މުސްލިމުންގެ ޔޫޒާ ލޮކޭޝަން ރައްކާކޮށް އެ މަޢުލޫމާތުތައް ތާޑު ޕާޓީތަކަށް ވިއްކަމުންނެވެ.

ވައިސް ނިއުސްއިން ހޯމަ ދުވަހު ހާމަ ކޮށްފައިވާ ގޮތުން މި އެޕްލިކޭޝަން ބޭނުންކުރާ ފަރާތްތަކުގެ ޙަރަކާތްތައް ދައްކުވައިދޭ ޑޭޓާސެޓުތަކެއްވަނީ ފްރާންސްގެ ކުންފުންޏެއް ކަމަށްވާ ޕްރެޑިސިއޯއަށް ވިއްކާފައެވެ. ރިޕޯޓުތަކުން އެނގިފައިވާ ގޮތުގައި މި ކުންފުންޏަކީ އެމެރިކާގެ ކޮންޓްރެކްޓަރަކާއި ގުޅުން އޮންނަ ކުންފުންޏެކެވެ. މި ކޮންޓްރެކްޓަރަކީ އެމެރިކާގެ އިމިގްރޭޝަން އެންޑް ކަސްޓަމްސް އެންފޯސްމެންޓް އައިސީއީ، ކަސްޓަމްސް އެންޑް ބޯޑާ ޕްރޮޓެކްޝަންގެ އިތުރުން ދަ ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން އެފްބީއައިއާ ޑީލްކޮށްފައިވާކަމަށް ތާރީޚު ހެކިދޭ ކޮންޓްރެކްޓަރެކެވެ.

ސަލާތު ފަސްޓްއާއި ބެހޭގޮތުން މި ޚަބަރު އައިސްފައިވނީ އެމެރިކާގެ މިލިޓަރީއިން މުސްލިމް ޕްރޯ އަދި އެހެނިހެން ނަމާދު އަދި ޤުރްއާން އެޕްލިކޭޝަންތަކެއް ތެރެއިން ސެންސިޓިވް ލޮކޭޝަން ޑޭޓާ ހޯދަމުންދާކަން ހާމަވެގެންދިޔަތާ އެންމެ ދެމަސް ދުވަހުގެ ތެރޭގައެވެ. މީގެ އިތުރުން މުސްލިމުންގެ ޑޭޓިންގް އެޕެއް ކަމްވާ މިންގަލްއަށާއި، ރަހަކުރުމަށް ބޭނުންކުރާ އެޕަކަށް އެމެރިކާގެ މިލިޓަރީއަށް ވަނީ އެކްސެސް ލިބިފައެވެ

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް