ހައިކޯޓުން ރައީސް ޔާމިނުގެ ޙުކުމް ދަމަހަށްޓައިފި

މިއަދު ހައިކޯޓުން ރައީސް ޔާމީނުގެ މައްޗަށް ކުރިމިނަލް ކޯޓުން އިއްވާފައިވާ 5 އަހަރު ދުވަހުގެ ޖަލުގެ ޙުކުމް ދަމަހަށްޓަން ޙުކުމް ކޮށްފިއެވެ. ރައީސް ޔާމީން ޖަލަށްލާން ކްރިމިނަލް ކޯޓުން ކުރި ހުކުމުގެ މައްސަލަ ހައިކޯޓުގައި ކުރިޔަށް ގެންދިޔައީ ތިން ފަނޑިޔާރުންގެ ބެންޗަކުންނެވެ. އެ މައްސަލަ ބެއްލެވީ ފަނޑިޔާރު ހުސައިން މަޒީދާއި ފަނޑިޔާރު މުހައްމަދު ނިޔާޒް އަދި ފަނޑިޔާރު ހުސައިން ޝަހީދެވެ. އެ މައްސަލާގައި ފަނޑިޔާރު މަޒީދާއި ފަނޑިޔާރު ނިޔާޒްގެ ރައުޔު އެއްގޮތްވިއިރު، ފަނޑިޔާރު ޝަހީދުގެ ރައުޔު ވަރަށް […]
އިންޑިއާއިން ރާއްޖެއަށް ހަދިޔާކުރި ކޯވިޑް ވެކްސިން ރައްކާތެރިތަ؟

އިންޑިއާއިން އެއްލައްކަ ޑޯޒްގެ ވެކްސިން ރާއްޖެއަށް ހަދިޔާ ކުރުމުން ރާއްޖޭގެ ވަރަށް ގިނަ ބަޔަކު އެކަކު އަނެކަކާ ސުއާލު ކުރަމުންދިޔައެވެ. ”މިއީ ރައްކާތެރި ވެކްސިނެއްތަ؟ މިއީ ޑަބްލިޔުއެޗްއޯއިން ގަބޫލުކުރާ ފެންވަރުގެ ވެކްސިނެއްތަ؟ މިއީ ޑަބްލިޔުއެޗްއޯއިން ހުއްދަ ދީފައިވާ ވެކްސިނެއްތަ؟“ މިފަދަ ސުއާލުތައް އުފައްދަނީ އަދި އުފެދެނީ ގައުމީ މަސްލަހަތަށް ގެއްލުމެއް ދޭކަށް ނޫނެވެ. ކޮރޯނާ ވައިރަސްއިން ގައުމު ސަލާމަށް ކުރުމަށް މަސައްކަތްކުރަންޖެހޭ ފަރާތްތަކުގެ ހިތްވަރު ބަލިކުރާކަށްވެސް ނޫނެވެ. ވެކްސިން ޖަހަނީ ރައްޔިތު މީހާގެ ގަޔަށް ކަމަށްވާތީ ގަޔަށް […]
ޖުވެންޓަސްއިން އިޓަލިއަން ސުޕަރކަޕްގެ ތަށި އުފުލާލައިފި

އިޓަލިއަން ސުޕަރަކްޕްގެ ފައިނަލްގައި ރޭ ޖުވެންޓަސްއާއި ނަޕޯލީ ބައްދަލުކުރި މެޗް 2-0ގެ ނަތީޖާއިން ޖުވެންޓަސް ކާމިޔާބު ކޮށް މުބާރާތުގެ ތަށި ޖުވެންޓަސްއިން އުފުލާލައިފިއެވެ. މެޗްގެ ފުރަތަމަ ހާފްގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެން ދިޔައެވެ. ނަމަވެސް ގޯލެއް ކާމިޔާބު ކުރެވޭ ގޮތް ނުވެ، ހާފް ނިމުނީ އެއްވެސް ޓީމަކަށް ގޯލެއް ކާމިޔާބު ނުކުރެވިއެވެ. ދެވަނަ ހާފްގެ ކުޅުން ފެށިގެން ކުރިޔަށް ދިޔައިރު ޖުވެންޓަސް އިން ނަޕޯލީގެ ގޯލަށް ނުރައްކާ ކުރަމުން ދިޔައެވެ. މާގިނަ އިރުތަކެއް ނުވެ […]
ކޯވިޑް19: އިއްޔެ ފެނުނީ އިތުރު 79 ވޭދަނަ!

ރާއްޖެއިން ކޯވިޑް19 އަށް އިތުރު 79 މީހަކު އިއްޔެ ފައްސިވެއްޖެއެވެ. އިއްޔެ ފެނުނު ކޭސްތަކުގެ ތެރެއިން 06 މީހަކު ފައްސިވެފައިވަނީ މީހުން ދިރިއުޅޭ ރަށަކުންނެވެ.އަދި ތަރައްޤީ ކުރަމުންދާ ރިސޯޓްތަކުން ވަނީ 35 މީހަކު ފައްސިވެފައެވެ.ހަމަ މިއާއެކު ސަފާރީއަކުން 2 މީހުން މިއަދު ފައްސިވިއެވެ. އަނެއް 36 ކޭސް ފެނިފައިވަނީ މާލެ ސަރަހައްދުންނެވެ. އިއްޔެގެ ރެކޯޑްތަކާއި އެކު ފައްސިވީ މީހުންގެ ޖުމްލަ އަދަދު މިހާރުވަނީ 14712 އަށް ވަނީ އަރައިފައެވެ. އޭގެ ތެރޭގައި، 1,017އެކްޓިވް ކޭސް ހިމެނޭއިރު، 79 […]
ޖޯ ބައިޑެން: އެމެރިކާއަށް އައު ރައީސެއް، އައު އުއްމީދެއް، އައު ދައުރެއް

ބުދަ ދުވަހުގެ ރޭ ރާއްޖެގަޑިން 9.48 ގައި ޖޯ ބައިޑެން އެމެރިކާގެ ރައީސްކަމުގެ ހުވައި ކުރައްވައި ދުނިޔޭގެ އެންމެ ތަނަވަސް އަދި އެންމެ ބާރުގަދަ ގައުމުގެ ވެރިކަމާ ހަވާލުވެވަޑައިގެންފިއެވެ. އަދި އޭނާއަކީ އެމެރިކާ ކޮންމެ ރައްޔިތެއްގެ ރައީސްކަމުގެ ވައުދުވެވަޑައިގެންފިއެވެ. ބައިޑެން އެމެރިކާގެ 46 ވަނަ ރައީސްކަމުގެ މަގާމާ ހަވާލުވެވަޑައިގެންނެވި އިރު، އެމެރިކާ އޮތީ ކޮރޯނާ ވައިރަހުގައި ޖެހި ހަނާހުނިވެފައެވެ. ހަތަރުލައްކައަށްވުރެ ގިނަ މީހުން އެ ބަލީގައި މަރުވެއްޖެއެވެ. އަދި ރައީސްކަމުގެ ދައުރު ފުރިހަމަކުރެއްވި ޑޮނަލްޑް ޓްރަމްޕް ގެންގުޅުއްވި […]
ހޯރަފުށި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް އެމްޓީސީސީ އާ ހަވާލުކޮށްފި!

ހއ. ހޯރަފުށި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢު ސަރުކާރުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންެޕެނީ(އެމްޓީސީސީ) އާއި މިއަދު ހަވާލްކޮށްފިއެވެ. މި މަޝްރޫޢު ހަވާލް ކުރެއްވުމަށް މިއަދު ބޭއްވުނު ޙާއްސަ ރަސްމިއްޔާތުގައި، އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ސީސީއޯ އާދަމް އާޒިމް އެވެ. އަދި މިނިސްޓުރީ އޮފް ނެޝަނަލް ޕުލޭނިންގ ހައުސިންގ އެންޑް އިންފުރާ ސްޓުރަކްޗަރ ގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ ޖެނެރަލް ފާތިމަތު ޝާނާ ފާރޫޤް އެވެ. މިއީ ޑިޒައިން އެންޑް ބިލްޑް […]
ކޯވިޑް ވެކްސިން: އިންޑިއާއިން ރާއްޖެއަށް ވެދިން ވަރަށް ބޮޑު ދީލަތި އެހީއެއް

މިއަދު މެންދުރުފަހުން ރާއްޖެއަށް ލިބޭ ކޮވިޑް ވެކްސިނަކީ ”އިންޑިއާ ސަރުކާރުން ރާއްޖޭގެ ރައްޔިތުންނަށް ވެދިން ވަރަށް ބޮޑު ދީލަތި އެހީއެއް“ ކަމުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ. ”އެކަމަށްޓަކައި އިންޑިއާގެ އެކުވެރި ރައްޔިތުންނަށާއި، އިންޑިއާ ސަރުކާރަށް އަދި ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް، ރާއްޖޭގެ ރައްޔިތުންނާއި ސަރުކާރާއި އަޅުގަނޑުގެ އަމިއްލަ ނަމުގައި، ވަރަށް ޚާއްޞަ ޝުކުރެއް ދަންނަވަން.“ ކޯވިޑް-19ގެ ބަލިމަޑުކަމުން އަރައިގަތުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ އެންމެފަހުގެ މަޢުލޫމާތު ޙިއްޞާކުރެއްވުމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ދިވެހި […]
ދެކުނު އެފްރިކާއިން ފެނުނު ކޮވިޑް19 ގެ އައު ވޭރިއަންޓަށް ވެކްސިނުން ރައްކާތެރިކަން ނުލިބިދާނެ!

ކޮވިޑް-19 އިން ދިފާއުވުމަށް މިހާރު އެކި ޤައުމުތަކުން އުފައްދާފައިވާ ވެކްސިންތައް ބޭނުންކުރި ނަމަވެސް ދެކުނު އެފްރިކާއިން ފެނުނު އާވައްތަރުގެ ކޮވިޑް-19 އަށް މިހާރު ބޭނުން ކުރަމުންދާ ވެކްސިނުން ރައްކާތެރިކަން ނުލިބިދާނެ ކަމަށް މަޢުލޫމާތު ތަކުން ދައްކައިފިއެވެ. ދެކުނު އެފްރިކާ އިން ފެނުނު ކޮވިޑް-19 ވޭރިއަންޓް މިހާރު ވަނީ ދުނިޔޭގެ އެހެން ގައުމުތަކުން ވެސް ފެނިފައެވެ. އޭގެތެރޭގައި އިނގިރޭސިވިލާތް ވެސް ހިމެނެއެވެ. ދެކުނު އެފްރިކާގެ ނޭޝަނަލް އިންސްޓިއުޓް އޮފް ކޮމިއުނިކަބަލް ޑިސީސް އިން ބުނީ ދެކުނު އެފްރިކާ އިން […]
ރާއްޖެއަށް އިންޑިއާގެ ކޮވިޑް ވެކްސިން ބުދަދުވަހު ލިބޭނެ

އިންޑިއާއިން ތައްޔާރުކުރި ކޮވިޑް ވެކްސިން، ކޮވިޝީލްޑް އެންމެ ފުރަތަމަ އިންޑިއާއިން ފޮނުވަނީ ދިވެހިރާއްޖެއަށް ކަމަށާއި ބުދަދުވަހު ވެކްސިން ރާއްޖެއަށް ލިބޭނޭކަމުގައި އިންޑިއަން އެކްސްޕްރެސް ނޫހުން ބުނެފިއެވެ. އެނޫހުން ބުނިގޮތުގައި އިންޑިއާއާއި އަވަށްޓެރި ދިވެހިރާއްޖެއަކީ އިންޑިއާގެ ބޭހާއި ކާބޯތަކެއްޗާއި ސިއްހީ އެހީތެރިންގެ ޓީމުތަކާއި ތަމްރީނާއި މާލީ އެހީތެރިކަން ލިބެމުންދާ ގައުމެކެވެ. އިންޑިއާ ސަރުކާރުގެ އޮފިޝަލަކާ ހަވާލާދީ އިންޑިއަން އެކްސް ޕްރެސްއިން ހާމަކޮށްފައިވާގޮތުގައި ކޮވިޑް-19ގެ ވެކްސިން ކޮވިޝީލްޑް ރާއްޖެއަށް ގެނައުމާބެހޭގޮތުން ރަސްމީ ގޮތުން ކުރަންޖެހޭ ހުރިހާކަމެއް މިހާރު ވަނީ ނިމިފައެވެ. […]
ބައިޑެން ހުވާކުރުމުގެ ރަސްމިއްޔާތުގައި ހަމަލާއެއް ދީފާނެކަމުގެ ބިރެއްނެތް

ބައިޑެން ހުވާކުރުމުގެ ރަސްމިއްޔާތުގައި ހަމަލާއެއް ދީފާނެކަމުގެ ބިރެއްނެތްކަމުގައި އެމެރިކާގެ ދިފާޢީ ވުޒާރާ ހިންގެވުމާ ހަވާލުވެވަޑައިގެން ހުންނެވި ކްރިސްޓޮފަރ މިލަރ ވިދާޅުވެއްޖެއެވެ. ކްރިސްޓޮފަރ އެހެން ވިދާޅުވީ، އެމެރިކާގެ ރައީސްކަމާ ޖޯ ބައިޑެން ހަވާލުވެވަޑައިގަތުމުގެ ރަސްމިއްޔާތަށް މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ތާއިދުކުރާ ބަޔަކު ހަމަލާދީފާނެކަމަށް ލަފާކޮށް ސަލާމަތީ ފިޔަވަޅުތައް ވަރަށް ވަރުގަދަކޮށްފައިވާ ދަނޑިވަޅެއްގައެވެ. ކްރިސްޓޮފަރ މިލަރ ވިދާޅުވިގޮތުގައި ބައިޑެން ހުވާކުރުމަށް ބާއްވާ ރަސްމިއްޔާތުގެ ސަލާމަތީ ކަންތައްތައް ބަލަހައްޓާ ސަލާމަތީ ސިފައިންގެ ފަރާތުން ނުރައްކަލެއް ކުރިމަތިވެދާނެކަމުގެ މައުލޫމާތެއް މިހާތަނަށް ލިބިފައިނުވާކަމަށެވެ. […]