ދެކުނު އެފްރިކާއިން ފެނުނު ކޮވިޑް19 ގެ އައު ވޭރިއަންޓަށް ވެކްސިނުން ރައްކާތެރިކަން ނުލިބިދާނެ!

Loading

Facebook
Twitter
WhatsApp

ކޮވިޑް-19 އިން ދިފާއުވުމަށް މިހާރު އެކި ޤައުމުތަކުން އުފައްދާފައިވާ ވެކްސިންތައް ބޭނުންކުރި ނަމަވެސް ދެކުނު އެފްރިކާއިން ފެނުނު އާވައްތަރުގެ ކޮވިޑް-19 އަށް މިހާރު ބޭނުން ކުރަމުންދާ ވެކްސިނުން ރައްކާތެރިކަން ނުލިބިދާނެ ކަމަށް މަޢުލޫމާތު ތަކުން ދައްކައިފިއެވެ.

ދެކުނު އެފްރިކާ އިން ފެނުނު ކޮވިޑް-19 ވޭރިއަންޓް މިހާރު ވަނީ ދުނިޔޭގެ އެހެން ގައުމުތަކުން ވެސް ފެނިފައެވެ. އޭގެތެރޭގައި އިނގިރޭސިވިލާތް ވެސް ހިމެނެއެވެ.

ދެކުނު އެފްރިކާގެ ނޭޝަނަލް އިންސްޓިއުޓް އޮފް ކޮމިއުނިކަބަލް ޑިސީސް އިން ބުނީ ދެކުނު އެފްރިކާ އިން ފެނިފައިވާ ކޮވިޑް-19 މިއުޓޭޓް ވެފައިވާ ވައިރަސް އަކީ ވެކްސިނަށް ނުހަލާ ވައިރަސްއެއް ކަމަށް ބައެއް ލެބޯޓްރީތަކުން ލިބެމުންދާ މައުލޫމާތައް ބަލާއިރު ބެލެވޭ ކަމަށެވެ. ނަމަވެސް މިކަން މުޅިއެކުން ކަށަވަރުވެފަ އެއް ނުވެއެވެ. ޔަގީން ކަމާއެކު ވަކި އެއްޗެއް ބުނަން އިނގޭނީ އަންނަ ހަފްތާގައި ނުވަތަ އޭގެ އެއްހަފްތާ ފަހުން ކަމަށްވެސް ދެކުނު އެފްރިކާގެ ނޭޝަނަލް އިންސްޓިއުޓް އިން ބުނެއެވެ.

ދެކުނު އެފްރިކާއިން ފެނުނު ކޮވިޑް19 ގެ އައު ވޭރިއަންޓް މިއުޓޭޝަން ނުވަތަ އެއަށް އައި ބަދަލަށް ދީފައި ވާ ނަމަކީ 501.V2 އެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް