ޖުވެންޓަސްއިން އިޓަލިއަން ސުޕަރކަޕްގެ ތަށި އުފުލާލައިފި

Loading

Facebook
Twitter
WhatsApp

އިޓަލިއަން ސުޕަރަކްޕްގެ ފައިނަލްގައި ރޭ ޖުވެންޓަސްއާއި ނަޕޯލީ ބައްދަލުކުރި މެޗް 2-0ގެ ނަތީޖާއިން ޖުވެންޓަސް ކާމިޔާބު ކޮށް މުބާރާތުގެ ތަށި ޖުވެންޓަސްއިން އުފުލާލައިފިއެވެ.

މެޗްގެ ފުރަތަމަ ހާފްގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެން ދިޔައެވެ. ނަމަވެސް ގޯލެއް ކާމިޔާބު ކުރެވޭ ގޮތް ނުވެ، ހާފް ނިމުނީ އެއްވެސް ޓީމަކަށް ގޯލެއް ކާމިޔާބު ނުކުރެވިއެވެ.

ދެވަނަ ހާފްގެ ކުޅުން ފެށިގެން ކުރިޔަށް ދިޔައިރު ޖުވެންޓަސް އިން ނަޕޯލީގެ ގޯލަށް ނުރައްކާ ކުރަމުން ދިޔައެވެ. މާގިނަ އިރުތަކެއް ނުވެ މެޗުގައި ގޯލް ހުޅުވާލީ 64 ވަނަ މިނިޓުގައި ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. މެޗްގެ ފުރިހަމަ ވަގުތު ހަމަވީއިރުވެސް ނަޕޯލީއިން ނަތީޖާ ހަމަހަމަކުރަން ކުރި މަސައްކަތް ނާކާމިޔާބު ވެފައި ވަނިކޮށް، ޖުވެންޓަސްއަށް ތަށި ޔަޤީންވީ އިތުރު ވަގުތުގެ ތެރޭގައި މޮރާޓާ ކާމިޔާބު ކޮށްދިން ގޯލާއި އެކުއެވެ.

މިމެޗުގައި ރޮނާލްޑޯ ކާމިޔާބު ކުރި ގޯލާއިއެކު އޭނާވަނީ ފުޓުބޯޅަ ކުޅުންތެރިއެއްގެ ކެރިއަރުގައި އެންމެ ގިނަ އޮފިޝަލް ގޯލް ޖެހި ކުޅުންތެރިޔާގެ ރެކޯޑް މުގުރާލައިފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް