ރާއްޖެއަށް އިންޑިއާގެ ކޮވިޑް ވެކްސިން ބުދަދުވަހު ލިބޭނެ

Loading

Facebook
Twitter
WhatsApp

އިންޑިއާއިން ތައްޔާރުކުރި ކޮވިޑް ވެކްސިން، ކޮވިޝީލްޑް އެންމެ ފުރަތަމަ އިންޑިއާއިން ފޮނުވަނީ ދިވެހިރާއްޖެއަށް ކަމަށާއި ބުދަދުވަހު ވެކްސިން ރާއްޖެއަށް ލިބޭނޭކަމުގައި އިންޑިއަން އެކްސްޕްރެސް ނޫހުން ބުނެފިއެވެ.

އެނޫހުން ބުނިގޮތުގައި އިންޑިއާއާއި އަވަށްޓެރި ދިވެހިރާއްޖެއަކީ އިންޑިއާގެ ބޭހާއި ކާބޯތަކެއްޗާއި ސިއްހީ އެހީތެރިންގެ ޓީމުތަކާއި ތަމްރީނާއި މާލީ އެހީތެރިކަން ލިބެމުންދާ ގައުމެކެވެ.

އިންޑިއާ ސަރުކާރުގެ އޮފިޝަލަކާ ހަވާލާދީ އިންޑިއަން އެކްސް ޕްރެސްއިން ހާމަކޮށްފައިވާގޮތުގައި ކޮވިޑް-19ގެ ވެކްސިން ކޮވިޝީލްޑް ރާއްޖެއަށް ގެނައުމާބެހޭގޮތުން ރަސްމީ ގޮތުން ކުރަންޖެހޭ ހުރިހާކަމެއް މިހާރު ވަނީ ނިމިފައެވެ. ވެކްސިން ދިވެހިރާއްޖެއަށް ގެންނާނޭކަމަށް ބެލެވެނީ ބުދަދުވަހު މެންދުރުފަހުގެ ވަގުތެއްގައި އިންޑިއަން އެއާލައިންސްގެ އުދުހޭ ބޯޓެއްގައެވެ.

ޚަބަރުލިބިފައިވާގޮތުގައި އިންޑިއާއިން ރާއްޖެއަށް ބުދަދުވަހު ކޮވިޝީލްޑް ގެނައުމަށް ހަމަޖެހިފައިވަނީ ސިއްހީދާއިރާގެ ކުރީސަފުގައި މަސައްކަތް ކުރާ މީހުންނަށާއި ދޮށީއުމުރުގެ މީހުންނަށް ވެކްސިން ދެވޭވަރަށެވެ. އެއީ ލައްކައެއްހާ ވެކްސިނެވެ.

ބުދަދުވަހު އިންޑިއާއިން ރާއްޖެއަށް ކޮވިޑް ވެކްސިން ގެންނަ ވާހަކަ އިންޑިއާގެ މީޑިއާތަކުން ފަތުރަމުންދިޔައިރު ދިވެހިސަރުކާރުން އެކަމާގުޅޭގޮތުން ބަހެއް ބުނެފައެއްނުވެއެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް