ހޯރަފުށި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް އެމްޓީސީސީ އާ ހަވާލުކޮށްފި!

Loading

Facebook
Twitter
WhatsApp

ހއ. ހޯރަފުށި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢު ސަރުކާރުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންެޕެނީ(އެމްޓީސީސީ) އާއި މިއަދު ހަވާލްކޮށްފިއެވެ.

މި މަޝްރޫޢު ހަވާލް ކުރެއްވުމަށް މިއަދު ބޭއްވުނު ޙާއްސަ ރަސްމިއްޔާތުގައި، އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ސީސީއޯ އާދަމް އާޒިމް އެވެ. އަދި މިނިސްޓުރީ އޮފް ނެޝަނަލް ޕުލޭނިންގ ހައުސިންގ އެންޑް އިންފުރާ ސްޓުރަކްޗަރ ގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ ޖެނެރަލް ފާތިމަތު ޝާނާ ފާރޫޤް އެވެ.

މިއީ ޑިޒައިން އެންޑް ބިލްޑް އުސޫލުން އެމްޓީސީސީއާ ހަވާލުކުރެވުނު ކޮންޓްރެކްޓްއެކެވެ.

6.39 މިލިޔަން ރުފިޔާގެ މި މަޝްރޫޢުގެ ދަށުން، 50 މީޓަރުގެ 5 ގްރޮއިން އާއި 30 މީޓަރުގެ 1 ގްރޮއިން ޤާއިމުކޮށް ހޯރަފުށީގައި ގިރަމުންދާ ސަރަޙައްދު ހިމާޔަތް ކުރެވޭނެއެވެ. ޢަދި މި މަޝްރޫޢުގެ ހުރިހާ މަސައްކަތެއް ނިންމުމަށް އެމްޓީސީސީ އަށް ދީފައިވަނީ 75 ދުވަހުގެ މުއްދަތެކެވެ.

މީގެ އިތުރުން މިއަދު ބޭއްވި ރަސްމިއްޔާތުގައި ​ލ. ފޮނަދޫ މަގުހެދުމުގެ ދެވަނަ ފިޔަވެހީގެ މަސައްކަތް ވެސް ވަނީ އެމްޓީސީސީއާއި ހަވާލުކޮށްފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް