ކޯވިޑް19: އިއްޔެ ފެނުނީ އިތުރު 143 ވޭދަނަ!

ރާއްޖެއިން ކޯވިޑް19 އަށް އިތުރު 143 މީހަކު އިއްޔެ ފައްސިވެއްޖެއެވެ. އިއްޔެ ފެނުނު ކޭސްތަކުގެ ތެރެއިން 7 މީހަކު ފައްސިވެފައިވަނީ މީހުން ދިރިއުޅޭ ރަށަކުންނެވެ.އަދި ތަރައްޤީ ކުރަމުންދާ ރިސޯޓްތަކުން ވަނީ 24 މީހަކު ފައްސިވެފައެވެ. އަނެއް 112 ކޭސް ފެނިފައިވަނީ މާލެ ސަރަހައްދުންނެވެ. އިއްޔެގެ ރެކޯޑްތަކާއި އެކު ފައްސިވީ މީހުންގެ ޖުމްލަ އަދަދު މިހާރުވަނީ 15,390 އަށް ވަނީ އަރައިފައެވެ. އޭގެ ތެރޭގައި، 1,366އެކްޓިވް ކޭސް ހިމެނޭއިރު، 101 ފަރާތަކަށް ދަނީ އެޑްމިޓް ކޮށްގެން ފަރުވާ ދެމުންނެވެ […]

އިނގިރޭސިވިލާތުގައި ކޮވިޑް-19 ކޮންޓްރޯލެއްނުވޭ: ޖެމީމާގެ ފާޑުކިއުން ސަރުކާރަށް

އިނގިރޭސިވިލާތުގައި ކޮރޯނާ ވައިރަސް ހުއްޓުވުމަށް ކުރަމުންދާ މަސައްކަތް ނާކާމިޔާބު ވެފައި ވާތީ އެ ގައުމުގެ މަޝްހޫރު ޓީވީ، ފިލްމު އަދި ޑޮކިއުމެންޓްރީ ފިލްމު އުފައްދާ ޕްރޮޑިއުސަރެއްކަމުގައިވާ ޖެމީމާ ގޯލްޑް ސުމިތު ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔައި މަލާމާތްކޮށްފިއެވެ. އިނގިރޭސިވިލާތުގެ ތާރީޚަށް ބަލާއިރު މިހާތަނަށް އެއް ވަބާއެއްގައި އެންމެ ގިނަ މީހުން މަރުވެފައިވަނީ ކޮރޯނާ ވައިރަސްގެ ޝިކާރައަކަށްވެގެންނެވެ. ޖެމީމާ ބުނިގޮތުގައި އެކިއެކި ބަލިތަކާއި ޓެރަރިޒަމްގެ ހަމަލާތަކާއި ހަނގުރާމަތަކުން މަރުވި މީހުންނަށް ވުރެ ކޮރޯނާ ވައިރަސް ޖެހިގެން މަރުވި މީހުންގެ […]

އިންޑިއާގެ ހެލިކޮޕްޓަރެއް ވެއްޓި ޕައިލެޓު މަރުވެއްޖެ

އިންޑިއާގެ ބާރުގެ ދަށުގައި އޮންނަ ކަޝްމީރުގެ ލަކަން ޕޫރުގެ ފަރުބަދަމަތީ ސަރަހައްދަކަށް އިންޑިއާގެ ވައިގެ ސިފައިންގެ ހެލިކޮޕްޓަރެއް ވެއްޓި އޭގައި ތިބި ދެ މީހުންގެ ތެރެއިން އެކަކު މަރުވެއްޖެއެވެ. ފުރާނަ ސަލާމަތްވި މީހާ ވެސް ވަނީ ޒަހަމުވެ ވަރަށް ބޮޑުވަރުވެފައެވެ. ކަޓޫއާގެ ސީނިއަ ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ޝައިލެންދުރަ މިޝްރާ މީޑިއާއަށް މައުލޫމާތު ދެއްވަމުން ވިދާޅުވިގޮތުގައި، ހޯމަދުވަހު ހަވީރު އެ ހިތާމަވެރި ހާދިސާ ހިނގީ އާދައިގެ މަތިން ހެލިކޮޕްޓަރ ފޯރިއަށް އުދުހެމުން ދަނިކޮށް ކުއްލިއަކަށް ދިމާވި ޓެކްނިކަލް […]

އާއިލާތަކުން ރަށަށް ބަދަލުވުމަށް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދޭނެ: މިނިސްޓަރ އައިޝަތު

ކޮވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން ދިމާވެފައިވާ ދަތި އުނދަގޫ ތަކުގެ ސަބަބުން ރަށަށް ބަދަލުވާން ބޭނުންވާ ކުޑަކުދިންތިބޭ އާއިލާތަކަށް އެހީތެރިކަން ސަރުކާރުން ފޯރުކޮށްދޭނެ ކަމަށް ޖެންޑަރ މިނިސްޓަރު ޑރ. އައިޝަތު މުހައްމަދު ދީދީ ވިދާޅުވެއްޖެއެވެ. މިނިސްޓަރު އައިޝަތު މިހެން ވިދާޅުވީ މިއަދު އެކަމަނާގެ ފޭސްބުކް ވޯލްގައި ކުރެއްވި ޕޯސްޓްއެއްގައެވެ. އެކަމަނާ ކުރެއްވި ޕޯސްޓުގައި ވިދާޅުވެފައިވަނީ ކޮވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން ކުރިމަތިވެފައި މިވާ އުދަނގޫ ވަގުތުގައި ކުޑަކުދިންނާއެކު މާލޭގައި ދިރިއުޅެމުން އަންނަ އާއިލާތަކުގެ ތެރެއިން ދަތި އުދަނގޫތައް ކުރިމަތިލާންޖެހި މާލޭގައި […]

ކޯވިޑް19: ޕާޓީތަކާއި ހަފްލާތައް ބޭއްވުން މަނާކޮށް، މެންދަމު 12އިން ފެށިގެން މާލޭގައި ކާފިއު އިއުލާންކޮށްފި

ކޯވިޑް19 އާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސް، އެކަން ހެލްތް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރއިން އާއްމުކޮށް އިއުލާން ކޮށްފިއެވެ. މިގޮތުން މިފަހަރު ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކޮށްފައިވާއިރު ގެނެސްފައިވާ އެންމެ ބޮޑު ބަދަލަކީ، އަނެއްކާވެސް ދަންވަރު 12އިން ފަތިހު 4 އަކަށް މާލޭގައި ކާފިއު އިއުލާނު ކުރުމެވެ. މިވަގުތުގައި ޚާއްސަ ހުއްދައަކާއި ނުލައި ބޭރުގައި އުޅުމަކީ މަނާ ކަމެކެވެ. މިއާއިއެކު ޕާޓީތަކާއި ޙަފްލާތައް ބާއްވަން ދިން ހުއްދަ އަނބުރާގެނެސް، މިފަދަ އެއްވުންތައް ބޭއްވުން އަނެއްކާވެސް […]

ކޯވިޑް19: މިއަދު ފެނުނީ އިތުރު 145 ވޭދަނަ!

ރާއްޖެއިން ކޯވިޑް19 އަށް އިތުރު  93 މީހަކު މިއަދު ފައްސިވެއްޖެއެވެ. މިއަދު ފެނުނު ކޭސްތަކުގެ ތެރެއިން  14 މީހަކު ފައްސިވެފައިވަނީ މީހުން ދިރިއުޅޭ ރަށަކުންނެވެ.އަދި ތަރައްޤީ ކުރަމުންދާ ރިސޯޓްތަކުން ވަނީ 36 މީހަކު ފައްސިވެފައެވެ.ހަމަ މިއާއެކު ސަފާރީއަކުން 2 މީހަކު މިއަދު ފައްސިވިއެވެ. އަނެއް 93 ކޭސް ފެނިފައިވަނީ މާލެ ސަރަހައްދުންނެވެ. މިއަދުގެ ރެކޯޑްތަކާއި އެކު ފައްސިވީ މީހުންގެ ޖުމްލަ އަދަދު މިހާރުވަނީ 15,247 އަށް ވަނީ އަރައިފައެވެ. އޭގެ ތެރޭގައި، 1,273 އެކްޓިވް ކޭސް ހިމެނޭއިރު، […]

​ޖެނުއަރީ 5 ގެ ފަހުން ކޮޅުފުށިން އެހެން ރަށަކަށް ދަތުރުކޮށްފައިވާނަމަ އެކަން އަންގަން އެދެފި!

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ ބުނީ ޖެނުއަރީ ފަހެއްގެ ފަހުން އަތޮޅުތެރޭގެ އެއްވެސް ރަށަކަށް ދަތުރުކޮށްފައިވާނަމަ ވީ އެންމެ އަވަހަކަށް، އެރަށެއްގެ ހޮސްޕިޓަކަށް ނުވަތަ ހެލްތު ސެންޓަރަކަށް އަންގަން އެދޭ ކަމަށެވެ. މީގެ އިތުރުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފައިވަނީ މި މުއްދަތުގައި މ. ކޮޅުފުށިން މާލެއަށް ދަތުރުކޮށްފައިވާ މީހުން 1676 އަށް ގުޅުއްވާ މައުލޫމާތު ހިއްސާކުރެއްވުން އެދޭ ކަމަށެވެ. އަދި މި މުއްދަތުގައި މ. ކޮޅުފުށިން ދަތުރުކޮށް 14 ދުވަސް […]

އިންޑިއާގެ އަންހެނަކު 31 ފަހަރު ކޯވިޑް-19އަށް ފައްސިވެއްޖެ

އިންޑިއާގެ ރާޖިސްތާން ސްޓޭޓުގެ ޖޭޕޫރުގެ އަންހެނަކު ކޮވިޑް-19 އަށް 31 ފަހަރު ޓެސްޓު ހެދުމުން ވެސް އޭނާ ބައްޔަށް ފައްސިވެއްޖެއެވެ. މިދިޔަ އަހަރުގެ އޮގަސްޓު މަހުން ފެށިގެން އެ އަންހެންމީހާ ކޮވިޑަށް 31 ފަހަރު ޓެސްޓު ހެދިއިރުވެސް އެ 31 ފަހަރު ވެސް ޓެސްޓުގެ ނަތީޖާއިން ދައްކަނީ އޭނާއަށް ކޮރޯނާ ވައިރަސް ޖެހިފައިވާކަމަށެވެ. އާއްމުގޮތެއްގައި ކޮވިޑް-19 އަށް ފައްސިވާމީހުން 15 ދުވަސްފަހުން ނޫނީގެ އޭގެ ފަހުން އަލުން ޓެސްޓު ހަދައިފިނަމަ ނަތީޖާ ފެންނާނީ އެމީހަކު ބައްޔަށް ނައްސިވެފައިވަނިކޮށްނެވެ. […]

ތިމަރަފުށީގައި ހަރުކަށިފިކުރު ފެތުރުމުގެ ސަބަބުން މައިންބަފައިން ކާފަރުކޮށް ގަތުލުކުރަންޖެހޭކަމަށް ދެކޭ

  ތ. ތިމަރަފުށީގައި ހަރުކަށި ފިކުރު ފެތުރުމުގެ ސަބަބުން ބައެއްފަހަރު މައިންބަފައިން ކާފަރުކޮށް މައިންބަފައިން ގަތުލުކުރަންޖެހޭ ކަމަށް ދެކޭ ކަމަށް ފުލުހުން ބުނެފިއެވެ. މިދިޔަ ނޮވެންބަރު މަހުގައި ތިމަރަފުށީގައި ދޭން އުޅުނުކަމަށް ތުހުމަތުކުރެވޭ ޓެރަރިޒަމް ހަމަލާއަކާ ގުޅިގެން ފުލުހުން ހިންގި ތަހުގީގު ނިންމައި އެ މައްސަލައިގައި ހައްޔަރުކުރި މީހުންގެ މައްޗަށް ދައުވާކުރުމަށް ޕީޖީއަށް ފޮނުވިކަން ހާމަކުރުމަށް  މިއަދު ނެރުނު ނޫސްބަޔާނުގައި ބުނެފައިވާގޮތުން ތިމަރަފުށީގައި ހަރުކަށިފިކުރު ވަރަށްބޮޑަށް ފެތުރި މައިންބަފައިންނާމެދު ދަރިން ދެކޭގޮތް ވަރަށްބޮޑަށް ބަދަލުކޮށްލައެވެ. “ ތިމަރަފުށީގައި […]

ޓެރަރިޒަމް ހަމަލާގައި ގޮއްވާލަން ރޭވީ  ސްކޫލުގައި އޯލެވެލް އިމްތިހާން ކުރިއަށް ދިޔަވަގުތު: ފުލުހުން

  މިދިޔަ ނޮވެމްބަރު މަހުގައި ޓެރަރިޒަމް ހަމަލާއެއްދޭން އުޅޭކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހުން ރާވަމުން ދިޔައީ ތ. އަތޮޅު ތައުލީމީމަރުކަޒުގައި  މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނު ކުރިއަށްދާ ވަގުތާއި ދިމާކޮށް  އެ ސްކޫލްގެ ލެބޯޓްރީގޮއްވާލުމަށް ކަމަށް ފުލުހުން މިއަދު ބުނެފިއެވެ. ފުލުހުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ސްކޫލް ލެބޯޓްރީ ގޮއްވާލަން ރޭވި ދުވަސްވަރު އެ ސްކޫލްގެ ކެމިކަލް ރައްކާކުރާ ގުދަން ފަޅާލާފައިވާކަމަށް ތަހުގީގުގައި ފާހަގަ ކުރެވިފައިވާ ކަމަށެވެ. ފުލުހުން ބުނީ މި މައްސަލާގައި މިހާރު އަށް […]