އާއިލާތަކުން ރަށަށް ބަދަލުވުމަށް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދޭނެ: މިނިސްޓަރ އައިޝަތު

17

ކޮވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން ދިމާވެފައިވާ ދަތި އުނދަގޫ ތަކުގެ ސަބަބުން ރަށަށް ބަދަލުވާން ބޭނުންވާ ކުޑަކުދިންތިބޭ އާއިލާތަކަށް އެހީތެރިކަން ސަރުކާރުން ފޯރުކޮށްދޭނެ ކަމަށް ޖެންޑަރ މިނިސްޓަރު ޑރ. އައިޝަތު މުހައްމަދު ދީދީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އައިޝަތު މިހެން ވިދާޅުވީ މިއަދު އެކަމަނާގެ ފޭސްބުކް ވޯލްގައި ކުރެއްވި ޕޯސްޓްއެއްގައެވެ.

އެކަމަނާ ކުރެއްވި ޕޯސްޓުގައި ވިދާޅުވެފައިވަނީ ކޮވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން ކުރިމަތިވެފައި މިވާ އުދަނގޫ ވަގުތުގައި ކުޑަކުދިންނާއެކު މާލޭގައި ދިރިއުޅެމުން އަންނަ އާއިލާތަކުގެ ތެރެއިން ދަތި އުދަނގޫތައް ކުރިމަތިލާންޖެހި މާލޭގައި ދިރިއުޅުމަށް ދަތިތަކާ ކުރިމަތިލާންޖެހޭ ފަރާތްތަކުން ރަށަށް އެނބުރިދާން ބޭނުން ނަމަ އެ ފަރާތަކަށް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދޭނެކަމަށެވެ.

މާލޭގައި ދިރިއުޅެން ދަތިވެ ރަށަށް ބަދލުވާން ބޭނުންވާ ފަރާތްތަކުން 1421 ގުޅުމަށް މިނިސްޓަރު ވަނީ  އިލްތިމާސްކުރެއްވިއެވެ.

މިދިޔަ އަހަރުގެ މާޗްމަހުގައި ރާއްޖެއިން ކޮވިޑް-19 ބަލީގެ ފުރަތަމަ ކޭސް ފެނި ޖެހިގެން އައި މަހު މާލެ އިން ބަލި ފެނުމާއެކު މާލެ ލޮކްޑައުންކޮށް ސަކުރާރުން ބަލި ކޮންޓްރޯލްކުރަން ކުރި މަސައްކަތުން ވަރަށްގިނަ ބަޔަކު ހާލުގައިޖެހި މާލޭގައި ތާށިވިއެވެ.

މި ބަލިމަޑުކަމާ ގުޅިގެން އިގްތިސާދީ ހާލަތު ދަށްވެ އެތަށްބަޔަކަށް ލިބެމުންދިޔަ އާމްދަނީ ހުއްޓި މާލޭގައި ދިރިއުޅެން ދަތިވެފަހާލުގައި ޖެހިފަ ތިބި ގިނަ އަދަދެއްގެ ބަޔަކު ވަނީ ސަރުކާރުން އޭރު ދިން ލުއިތަކާއެކު ރަށްރަށަށް ބަދަލުވެފައެވެ.

މާލޭގައި ދިރިއުޅޭ ހާލުގައިޖެހިފައިވާ ރައްޔިތުންނަށް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދޭނެކަމަށް މިނިސްޓަރ އިއުލާން ކުރައްވާފައި މިވަނީ ލޮކްޑައުންއަށްފަހު އަތޮޅުތަކަށް ބަދަލުވި ބައެއް އާއިލާތަކުން މިހާރު އަނެއްކާވެސްކޮވިޑްގެ ހާލަތު ކުރިއަށްވުރެ ރަގަޅުކަމަށް ބަލައި އަދި ސްކޫލްތަކުގެ ކިޔެވުން ފެށުމާއެކު މަލެ ބަދަލުވަމުންދާ ދަނޑިވަޅެއްގައެވެ.

ކޮވިޑް-19ގެ ބަލިމަޑުކަމާގުޅިގެން މާލެ ސަރަހައްދު ބަންދުކޮށްފައި އޮތްއިރު  ސަރުކާރުން އެޅި ފިޔަވަޅުތަކުގެ ތެރެއިން ރައްޔިތުންނަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދިންދިނުމުގައި ރަށްރަށަށް ނުދެވި ތިބި މީހުން ރަށަށް ފޮނުވުމުގައި މުހިންމު ރޯލް އަދާކުރި އެއްބަޔަކީ ޖެންޑާ މިނިސްޓްރީއެވެ.

ހިޔާލު ދެއްވާ

މިތަނުގައި ހިޔާލު ލިޔުއްވާ
ނަން ލިޔުއްވާ