އިންޑިއާގެ އަންހެނަކު 31 ފަހަރު ކޯވިޑް-19އަށް ފައްސިވެއްޖެ

Loading

Facebook
Twitter
WhatsApp

އިންޑިއާގެ ރާޖިސްތާން ސްޓޭޓުގެ ޖޭޕޫރުގެ އަންހެނަކު ކޮވިޑް-19 އަށް 31 ފަހަރު ޓެސްޓު ހެދުމުން ވެސް އޭނާ ބައްޔަށް ފައްސިވެއްޖެއެވެ.

މިދިޔަ އަހަރުގެ އޮގަސްޓު މަހުން ފެށިގެން އެ އަންހެންމީހާ ކޮވިޑަށް 31 ފަހަރު ޓެސްޓު ހެދިއިރުވެސް އެ 31 ފަހަރު ވެސް ޓެސްޓުގެ ނަތީޖާއިން ދައްކަނީ އޭނާއަށް ކޮރޯނާ ވައިރަސް ޖެހިފައިވާކަމަށެވެ.

އާއްމުގޮތެއްގައި ކޮވިޑް-19 އަށް ފައްސިވާމީހުން 15 ދުވަސްފަހުން ނޫނީގެ އޭގެ ފަހުން އަލުން ޓެސްޓު ހަދައިފިނަމަ ނަތީޖާ ފެންނާނީ އެމީހަކު ބައްޔަށް ނައްސިވެފައިވަނިކޮށްނެވެ. ނަމަވެސް މިދެންނެވި 32 އަހަރުގެ އަންހެންމީހާ އޮގަސްޓު މަހުން ފެށިގެން މި ޖެނުއަރީމަހުގެ 20 ވަނަދުވަހާ ހަމައަށް 31 ފަހަރު ޓެސްޓު ކުރިއިރުވެސް ނަތީޖާއިން ދައްކަނީ އޭނާއަށް ކޮރޯނާ ވައިރަސް ޖެހިފައިވާކަމަށެވެ. ނަމަވެސް ހައިރާންވާންޖެހޭ އަނެއްކަމަކީ ބަލީގެ އެއްވެސް އަލާމާތެއް އަންހެންމީހާގެ ހަށިގަނޑުން ފެންނަންނެތުމެވެ.

އިންޑިއާގެ ނޫސްތަކުން މައުލޫމާތުދޭ ގޮތުގައި 31 ފަހަރަށް ކޮވިޑަށް ފައްސިވި އަންހެން މީހާއަށް ވަނީ ސިކުނޑީގެ މައްސަލައެއް ދިމާވެފައެވެ. އޭނާއަށް އާއިލާގެ މީހެއްގެ އަދި ގާތް އެކުވެރިއެއްގެ އެހީތެރިކަމެއްވެސް ވެސް ނުލިބެއެވެ. އެހެންވެ އިޖުތިމާއީ ޚިދުމަތް ކުރާ ޖަމްއިއްޔާއަކުން ހިންގާ މަރުކަޒަކަށް މިދިޔަ އަހަރުގެ ސެޕްޓެމްބަރުމަހުން ފެށިގެން އޭނާ ވަނީ ބަދަލުކޮށްފައެވެ.

ރާޖިސްތާނުގެ ސިއްހީ އިދާރާގެ އިސް އޮފިޝަލެއްކަމުގައިވާ ކޭ ސިންގް ވިދާޅުވިގޮތުގައި އަންހެންމީހާ ކޮވިޑް-19 އަށް ފައްސިވެފައިވާކަމަށް ދައްކަނީ ވައިރަހުގެ އަސަރުން އޭނާއަށް ގެއްލުމެއް ނުލިބުނަސް އޭނާގެ ހަށިގަނޑުގައި ވައިރަހުގެ އަސަރު ހުރުމުގެ ސަބަބުންނެވެ.

ޓެސްޓުތަކުން އަންހެން މީހާ ވައިރަހަށް ފައްސިވެފައިވާކަމަށް ދެއްކިޔަސް ޑޮކްޓަރުން ބުނާގޮތުގައި އަންހެން މީހާ ހުރީ ފުރިހަމަ ސިއްހަތެއްގައެވެ. އަދި އޭނާގެ ހަށިގަނޑުގައި ވައިރަސް ހުރިކަމަށް ދެއްކިޔަސް އޭނާގެ ސަބަބުން އެހެން މީހަކަށް ވައިރަހުގެ އަސަރެއް ނުކުރާނެއެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް