ރާއްޖެއިން ކޯވިޑް19 އަށް އިތުރު 93 މީހަކު މިއަދު ފައްސިވެއްޖެއެވެ. މިއަދު ފެނުނު ކޭސްތަކުގެ ތެރެއިން 14 މީހަކު ފައްސިވެފައިވަނީ މީހުން ދިރިއުޅޭ ރަށަކުންނެވެ.އަދި ތަރައްޤީ ކުރަމުންދާ ރިސޯޓްތަކުން ވަނީ 36 މީހަކު ފައްސިވެފައެވެ.ހަމަ މިއާއެކު ސަފާރީއަކުން 2 މީހަކު މިއަދު ފައްސިވިއެވެ. އަނެއް 93 ކޭސް ފެނިފައިވަނީ މާލެ ސަރަހައްދުންނެވެ.
މިއަދުގެ ރެކޯޑްތަކާއި އެކު ފައްސިވީ މީހުންގެ ޖުމްލަ އަދަދު މިހާރުވަނީ 15,247 އަށް ވަނީ އަރައިފައެވެ. އޭގެ ތެރޭގައި، 1,273 އެކްޓިވް ކޭސް ހިމެނޭއިރު، 93 ފަރާތަކަށް ދަނީ އެޑްމިޓް ކޮށްގެން ފަރުވާ ދެމުންނެވެ .
މިހާތަނަށް ރާއްޖެ އިން 51 މީހަކުވަނީ މި ބަލީގައި މަރުވެފައެވެ. އަދި 13,916 މީހަކު ވަނީ މިބަލިން ރަނގަޅުވެފައެވެ.