މެލޭޝިޔާ: ކޮވިޑް ގެ އިތުރު 5728 ކޭސް ރެކޯޑް ކުރެވި، މަރުވި މީހުންގެ އަދަދު 13 އަށް.

މެލޭޝިޔާގައި ކޮވިޑް19 ގެ އިތުރު 5728 ކޭސް ރެކޯޑް ކުރެވި، ޖުމްލަ ޢަދަދު 209،661 އަށް އަރައިފިއެވެ. ހެލްތު މިނިސްޓްރީން ވިދާޅުވާ ގޮތުގައި، މެލޭޝިޔާގެ ސްޓޭޓެއް ކަމުގައިވާ ސެލަންގޯ އިން، 3285 އައު ކޭސް ރެކޯޑް ކުރެވިފައިވެއެވެ. ޖަނަވަރީ މަހުގެ 30 ވީ ހޮނިހިރު ދުވަހުގައި، މިނިސްޓްރީން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މިބަލީގެ ސަބަބުން އިތުރު 13 މީހުން މަރުވެ، މަރުވި މީހުންގެ ޖުމްލަ އަދަދު 746 އަށް ގިނަވެފައިވާ ކަމަށެވެ. މެލޭޝިޔާ ސަރުކާރުން މިހާރު މަޝްވަރާ […]

ހއ. މުރައިދޫއަށް އަރާ ފޭބުން މަނާ ކޮށްފި!

ހއ. މުރައިދޫއަށް އަރާ ފޭބުން މަނާ ކޮށްފައިވަނީ އެރަށުން މީގެ ކުރިން ކުރިން ކޮވިޑަށް ފައްސިވެ، ބަލިން ރަނގަޅުވީ މީހަކު 3 މަސް ނުވަނީސް އަލުން ފައްސިވުމާއި ގުޅިގެންނެވެ. އެރަށުން ފައްސިވެފައިވާ އެ މީހާ އަކީ މީގެ ކުރިން ވެސް ކޮވިޑް-19 އަށް ފައްސިވެފައިވާ މީހެކެވެ. އޭރު އޭނާ ކޮވިޑް-19 އަށް ފައްސިވެފައިވަނީ ރިސޯޓުގައި މަސައްކަތް ކުރަމުން ދަނިކޮށެވެ. އަދި ބަލިން އޭނާ ވަނީ ނޮވެމްބަރު މަހުގެ ތެރޭގައި ރަނގަޅުވެފައެވެ. ​މުރައިދޫއަށް އަރާ ފޭބުން މަނާ ކޮށްފައިވާކަން […]

118 މީހަކު ފައްސިވެ ހޮސްޕިޓަލް ތަކުގައި ފަރުވާދޭ މީހުންގެ އަދަދު ބޮޑު ތަނުން މައްޗަށް!

ރާއްޖެއިން ކޯވިޑް19 އަށް އިތުރު 118 މީހަކު ފައްސިވެއްޖެއެވެ. އިއްޔެ ފެނުނު ކޭސްތަކުގެ ތެރެއިން 21 މީހަކު ފައްސިވެފައިވަނީ މީހުން ދިރިއުޅޭ ރަށަކުންނެވެ.އަދި ތަރައްޤީ ކުރަމުންދާ ރިސޯޓްތަކުން 10 ވަނީ މީހަކު ފައްސިވެފައެވެ. އަނެއް 87 ކޭސް ފެނިފައިވަނީ މާލެ ސަރަހައްދުންނެވެ. އިއްޔެގެ ރެކޯޑްތަކާއި އެކު ފައްސިވީ މީހުންގެ ޖުމްލަ އަދަދު މިހާރުވަނީ 15,614 އަށް ވަނީ އަރައިފައެވެ. އޭގެ ތެރޭގައި، 1,492 އެކްޓިވް ކޭސް ހިމެނޭއިރު، 142 ފަރާތަކަށް ދަނީ އެޑްމިޓް ކޮށްގެން ފަރުވާ ދެމުންނެވެ […]

އިންސާފު ކޮބާ؟: މިއަދު ހަވީރު މުޅި ރާއްޖޭގައި ބޮޑު އިހުތިޖާޖެއް

މިއަދު ހަވީރު ”އިންސާފު ކޮބާ؟“ މިނަމުގައި ރާއްޖޭގެ ހުރިހާ ރަށެއްގައި އިހުތިޖާޖެއް ބާއްވާނެކަމުގައި ޕީޕީއެމް-ޕީއެންސީ ކޯލިޝަނުން ބުނެފިއެވެ. ޕީޕީއެމް-ޕީއެންސީ ކޯލިޝަނުން ހާމަކުރިގޮތުގައި ވެރިރަށް މާލޭގައި އިހުތިޖާޖު ހަވީރު 4.30ގައި ފަށާނީ ބޮޑުތަކުރުފާނުމަގުގައި ހުންނަ ޕީޕީއެމް އޮފީސް ކުރިމަތީގައެވެ. ހޯރަފުށީ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު މުޙައްމަދު އިސްމާޢީލު ވިދާޅުވިގޮތުގައި މި އިހުތިޖާޖުގެ ބޭނުމަކީ ރާއްޖޭގެ ރައްޔިތުންނަށް އަދުލު އިންސާފު ނުލިބޭތީ، އަދުލު އިންސާފު ހޯދުމަށް ބާރުއެޅުމާއި އަނިޔާވެރިކަމާ ދެކޮޅަށް އަޑުއުފުލުމެވެ. ”މިއީ މާތްވެގެންވާ އިސްލާމްދީނާއި އަދުލު […]

ކޯވިޑް19: އިއްޔެ ފެނުނީ އިތުރު 106 ވޭދަނަ!

ރާއްޖެއިން ކޯވިޑް19 އަށް އިތުރު 106 މީހަކު އިއްޔެ ފައްސިވެއްޖެއެވެ. އިއްޔެ ފެނުނު ކޭސްތަކުގެ ތެރެއިން 4 މީހަކު ފައްސިވެފައިވަނީ މީހުން ދިރިއުޅޭ ރަށަކުންނެވެ.އަދި ތަރައްޤީ ކުރަމުންދާ ރިސޯޓްތަކުން ވަނީ 8 މީހަކާއި ސަފާރިއަކުން މީހަކު ވަނީ ފައްސިވެފައެވެ. އަނެއް 93 ކޭސް ފެނިފައިވަނީ މާލެ ސަރަހައްދުންނެވެ. އިއްޔެގެ ރެކޯޑްތަކާއި އެކު ފައްސިވީ މީހުންގެ ޖުމްލަ އަދަދު މިހާރުވަނީ 15,496 އަށް ވަނީ އަރައިފައެވެ. އޭގެ ތެރޭގައި، 1,410 އެކްޓިވް ކޭސް ހިމެނޭއިރު، 116 ފަރާތަކަށް ދަނީ […]

“ކޮވިޝީލްޑް” ވެކްސިން ބޭނުން ކުރުމުގެ ހުއްދަ އެމްއެފްޑީއޭ އިން ދީފި!

އިންޑިއާއިން ރާއްޖެ ގެނައި ސީރަމް އިންސްޓިޓިއުޓް އޮފް އިންޑިއާ އިން އުފައްދާފައިވާ ކޮވިޝީލްޑް ވެކްސިން ބޭނުން ކުރުމުގެ ހުއްދަ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ދީފި އެވެ. އެމްއެފްޑީއޭއިން ރޭ ނެރުނު ބަޔާނުގައި ބުނެފައިވަނީ މިމަހުގެ 26 ވަނަ ދުވަހު ވެކްސިން ބޭނުން ކުރުމަށް ހުއްދަ ދީފައި ވީނަމަވެސް އެ ހުއްދަ ދީފައި ވަނީ ”ރިސްޓްރިކްޓެޑް ޔޫސް އިން އިމަޖެންސީ ސިޗުއޭޝަން“ ނުވަތަ ކުއްލި ހާލަތުގައި ބޭނުން ކުރުމަށް ކަމަށެވެ. ރާއްޖޭގައި އެ […]

ފިކުރު ދެގޮތްވި ނަމަވެސް މި ތިބީ ލޯބީގެ ގޮތުން ގުޅިފައި، އަންނަމަހު ކައިވެނިކުރާނަން: ޒިޔާ

އަދާލަތު ޕާޓީގެ ފޮރިން ރިލޭޝަންގެ ހެޑް އަދި ކުރީގެ ޖެންޑަރ މިނިސްޓަރު ޝިދާތާ ޝަރީފް ދިވެހި ފިލްމީތަރި އަޙްމަދު ޒިޔާއާއި ކައިވެނި ކުރެއްވުމަށް ލޯބީގެ ގޮތުން ގުޅިފައިވާކަން މީޑިއާއަށް ހާމަކުރެއްވީ މިދިޔަ ހަފްތާގައި ބޭއްވެވި އެންގޭޖްމަންޓް ޙަފުލާގައެވެ. މިއަދު ޒިޔާ ބުނިގޮތުގައި އެ ދެލޯބިވެރިންގެ ކައިވެނި އަންނަ މަހުގައި ކުރާގޮތަށް މިވަނީ ހަމަޖެހިނިމިފައެވެ. މިއީ އިންތިޒާރުގައި ހުރުން ދެން ނިމި ވަރަށް އުފާވެރި ދުވަހެކެވެ. ޒިޔާ ބުންޏެވެ. ޒިޔާއާއި އާއި ކައިވެނިކުރަން ޝިދާތާ ރަންކިޔާފައިވަނީ ބުރާސްފަތި ދުވަހުގެރޭގައެވެ. […]

ދިވެހި ޑިވެލޮޕަރުންތަކެއް އުފައްދާފައިވާ “ ލޮޓީފައިލްސް“ އަށް މައިކްރޯސްފްޓުން 9 މިލިއަން ޑޮލަރުގެ އިންވެންސްޓްމަންޓެއް

  ދިވެހި ޑިވެލޮޕަރުންތަކެއް އުފައްދާފައިވާ އޮންލައިން ޕްލެޓްފޯމެއް ކަމަށްވާ ލޮޓީފައިލްސް އަށް ލިބުނު މަޝްހޫރިކަމާއެކު މައިކްރޯސޮފްޓްން ނުވަ މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެއް ދީފިއެވެ. ލޮޓީފައިލްސްއިން އެކަން އިއުލާން ކުރުމާއެކު ގިނަ ބަޔަކު އަންނަނީ އެމީހުންނަށް މަރުހަބާކިޔަމުންނެވެ. އޭގެ ތެރޭގައި ރައީސުލް ޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވެސް ހިމެނިވަޑައިގަންނަވައެވެ. ރައީސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވިފައިވަނީ ލޮޓީލައިފްސްގެ ހޯދި ކާމިޔާބީގެ ފަހަތުގައި ވަނީ ދިވެހިންގެ އީޖާދެއްކަމަށް ކަމަށްވާތީ އެކަމާ ފަޚްރުވެރިވެ ވަޑައިގަންނަވާކަމަށެވެ. އިކޮނޮމިކް މިނިސްޓަރު ފައްޔާ އިސްމާއިލް ވެސް […]

މަކަރާ ހީލަތުން ރާއްޖެއަށް ތަރުކާރީ މޭވާ އެތެކުރުމުގެ ގިނަ މައްސަލަތަކެއް ފުލުހުން ބަލަންފަށައިފި

      މަކަރާއި ހީލަތުން ރާއްޖެއަށް ތަރުކާރީއާއި މޭވާ އެތެރެކޮށް، ބޭރުގެ ކުންފުނިތަކަށް ދައްކަންޖެހޭ ފައިސާ ނުދައްކާ ގިނަ އަދަދެއްގެ މައްސަލަތަކެއް ފުލުހުންނަށް ހުށަހެޅުމާގުޅިގެން އެފަދަ ކަންތައްކުރާ ފަރާތްތައް ހޯދުމަށް ފުލުހުން ހާއްސަ މަސައްކަތްތަކެއް ފަށައިފި އެވެ. ފުލުހުން ބުނީ ރާއްޖެއިން ބޭރުގެ ކުންފުނިތަކަށް ދައްކަންޖެހޭ ފައިސާ ނުދައްކާ 10 މައްސަލައެއް ފާއިތުވި އަހަރު ހުށަހެޅިފައިވާއިރު، މިޖަނަވަރީ މަހު މިފަދަ އެއް މައްސަލަ  ހުށަހެޅިފައިވާކަމަށެވެ. މި މައްސަލަ ތަކާ ގުޅިގެން މި މަހުގެ 16 ވަނަ […]

ހއ.ހޯރަފުށީގައި އައިސްޕްލާންޓެއް ހެދުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ހއ.ހޯރަފުށީގައި ޤާއިމުކުރަން ނިންމާފައިވާ އައިސްޕްލާންޓް ހެދުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. އިއްޔެ ހަވީރު މިފްކޯ ހެޑް އޮފީހުގައި ބޭއްވި މިރަސްމިއްޔާތުގައި، ހޯރަފުށީ ކައުންސިލްގެ މެންބަރުންނާއި އެރަށުގެ ބައެއް ރަށްވެހިން އޮންލައިންކޮށް ބައިވެރިވެފައި ވެއެވެ. މިމަޝްރޫޢަކީ ޕަބްލިކް ޕްރައިވެޓް ޕާޓްނާޝިޕް މޮޑަލްއަށް ކުރިޔަށް ގެންދަން ނިންމާފައިވާ މަޝްރޫޢަކަށް ވާއިރު، މި މަޝްރޫއަށް ޚަރަދުކުރަނީ ޗަމްޕާ ބްރަދަރސްގެ ފަރާތުންނެވެ. އިއްޔެ ބޭއްވި މިރަސްމިއްޔާތުގައި، މިފްކޯގެ ފަރާތުން ސޮއި ކުރެއްވީ ސީއީއޯ އިސްމާއިލް ފައުޒީއެވެ. އަދި ޗަމްޕާ ބްރަދަރސްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ […]