މަކަރާ ހީލަތުން ރާއްޖެއަށް ތަރުކާރީ މޭވާ އެތެކުރުމުގެ ގިނަ މައްސަލަތަކެއް ފުލުހުން ބަލަންފަށައިފި

Loading

Facebook
Twitter
WhatsApp

 

 

 

މަކަރާއި ހީލަތުން ރާއްޖެއަށް ތަރުކާރީއާއި މޭވާ އެތެރެކޮށް، ބޭރުގެ ކުންފުނިތަކަށް ދައްކަންޖެހޭ ފައިސާ ނުދައްކާ ގިނަ އަދަދެއްގެ މައްސަލަތަކެއް ފުލުހުންނަށް ހުށަހެޅުމާގުޅިގެން އެފަދަ ކަންތައްކުރާ ފަރާތްތައް ހޯދުމަށް ފުލުހުން ހާއްސަ މަސައްކަތްތަކެއް ފަށައިފި އެވެ.

ފުލުހުން ބުނީ ރާއްޖެއިން ބޭރުގެ ކުންފުނިތަކަށް ދައްކަންޖެހޭ ފައިސާ ނުދައްކާ 10 މައްސަލައެއް ފާއިތުވި އަހަރު ހުށަހެޅިފައިވާއިރު، މިޖަނަވަރީ މަހު މިފަދަ އެއް މައްސަލަ  ހުށަހެޅިފައިވާކަމަށެވެ.

މި މައްސަލަ ތަކާ ގުޅިގެން މި މަހުގެ 16 ވަނަ ދުވަހު ފުލުހުން މާލޭގެ ދެ ގެއަކާއި ތިން އެޕާޓްމަންޓަކާއި އޮފީހެއް ބަލައިފާސްކޮށްފައިވަމަށް ފުލުހުން ބުނެއެވެ. މި އޮޕަރޭޝަނުގައި ބަލައިފާސްކުރި ތަންތަނުން، ފުލުހުންނަށް ހުށަހެޅިފައިވާ މައްސަލަތަކާ ގުޅުންހުރި ގިނަ ހެކިތަކެއް ހޯދައިފައިވާކަމަށް ވެސް ފުލުހުން މައުލޫމާތު ދެއެވެ.

ފުލުހުން ބުނީ މަކަރާ ހީލަތުން ރާއްޖެ ގެންނަ ތަރުކާރީއާއި މޭވާ ހެޔޮއަގަށް  ވިއްކަމުންދާކަން ތަހްގީގަށް ފާހަގަކުރވިފައިވާ ކަމަށާ މިކަމަކީ ދިވެހި ވިޔަފާރަވެރިންގެ އިތުރުން ގައުމުގެ އިގުތިސާދަށް  އޭގެ ސަބަބުން ނޭދެވޭ އަސަރުތަކެއް ކުރަމުންދާނެ ކަމަކަށްވީހިނދު، ވިޔަފާރި ކުރާ ފަރާތްތަކުން މިފަދަ ކަންކަމަށް މިހާރަށްވުރެ ބޮޑު ސަމާލުކަމެއް ދޭންޖެހޭކަމަށެވެ.

ދިވެހިރާއްޖެއަކީ އިމްޕޯޓަށް ބަރޯސާވާ ގައުމަކަށްވެފައި މަދުބައެއްގެ މިފަދަ އަމަލުތަކަކީ އޭގެ ސަބަބުން ވިޔަފާރަވެރިންގެ އިތުބާރު ބޭރު ގައުމުތަކުގައި ގެއްލޭނެ ކަމަކަށްވާތީ، މިފަދަ އަމަލުތަކަށް މިހާރަށްވުރެ ބޮޑަށް ސަމާލުކަންދީ އެފަދަ އަމަލުތައް ހިންގާ ފަރާތްތަކުގެ އަތުން ނުއަގުގައި މުދާ ނުގަތުމަށާއި މިކަންކަމަށް ހިއްވަރުނުދިނުމަށް ފުލުހުން އިލްތިމާސްކުރައެވެ.  އަދި މިފަދަ އެއްވެސް ކަމެއް ފާހަގަކުރެވިއްޖެނަމަ އެ ކަމުގެ މައުލޫމާތު ވީ އެންމެ އަވަހަކަށް ފުލުހުންނަށް ހިއްސާކުރެއްވުމަށް ފުލުހުން އެދެއެވެ.

Loading

One Response

  1. ކޮންމެ ދިމާލަކަށް ބަލާލިޔަސް ވައްކަމާއި އޮޅުވާޅުން. އަނގަޔާ އަތާ ދިމާނުވިޔަސް ފޭރުމާއި ވައްކަމާއި މަކަރާއި ޙީލަތް ހެދުނެ ހުއްޓަންޖެހެއެވެ ނުވަތަ ހުއްޓުވަން ޖެހެއެވެ. ހުއްޓުވަންތިބީ ދައުލަތް ހިންގަން ޙަވާލުވެތިބި ޚާދިމުން ނެވެ. (ބޮޑުންނެވެ). އެމީހުން އެއީ އެންމެ ކަރަޕްޓު ބައިގަނޑަށް ވަންޏާ އެވެރިންނަކަށް އެކެމެއްނުވާނެއެވެ. އަދީބުގެ އަތްދަށުވެފައިވާ ސަރުކާރަކުން މިފަދަ ކަމެއްނުވާނެމެއެވެ. ދެނޯ؟

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް