ހއ. މުރައިދޫއަށް އަރާ ފޭބުން މަނާ ކޮށްފި!

Loading

Facebook
Twitter
WhatsApp

ހއ. މުރައިދޫއަށް އަރާ ފޭބުން މަނާ ކޮށްފައިވަނީ އެރަށުން މީގެ ކުރިން ކުރިން ކޮވިޑަށް ފައްސިވެ، ބަލިން ރަނގަޅުވީ މީހަކު 3 މަސް ނުވަނީސް އަލުން ފައްސިވުމާއި ގުޅިގެންނެވެ.

އެރަށުން ފައްސިވެފައިވާ އެ މީހާ އަކީ މީގެ ކުރިން ވެސް ކޮވިޑް-19 އަށް ފައްސިވެފައިވާ މީހެކެވެ. އޭރު އޭނާ ކޮވިޑް-19 އަށް ފައްސިވެފައިވަނީ ރިސޯޓުގައި މަސައްކަތް ކުރަމުން ދަނިކޮށެވެ. އަދި ބަލިން އޭނާ ވަނީ ނޮވެމްބަރު މަހުގެ ތެރޭގައި ރަނގަޅުވެފައެވެ.

​މުރައިދޫއަށް އަރާ ފޭބުން މަނާ ކޮށްފައިވާކަން ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވަނީ އެރަށު ކައުންސިލަށް އަންގާފައެވެ.

​މިހާރު އެރަށު ކައުންސިލާއި ގުޅިގެން ސިއްހީ މަރުކަޒުގެ ބޭފުޅުން އަންނަނީ ކޮވިޑް-19 އަށް ފައްސިވެފައިވާ މީހާއާއި ގާތުން ބައްދަލުވެފައިވާ މީހުން ދެނެގަތުމުގެ މަސައްކަތް ފަށާފައެވެ.

​އިއްޔެ އެރަށުން ފައްސިވެފައިވާ މީހާ އެރަށަށް ގޮސްފައިވަނީ ރާއްޖޭގައި އަމަލު ކުރާ އުސޫލު ކަމަށް ބުނެވޭ އެއްފަހަރު ފައްސިވެފައިވާ މީހަކު ބަލިން ރަނގަޅުވާ ފަހުން ތިން މަސް ނުވާނަމަ އިތުރު ރަށަކަށް ދާން ކަރަންޓީނުވާން ނުޖެހޭ އުސޫލުގެ ދަށުންނެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް