ދިވެހި ޑިވެލޮޕަރުންތަކެއް އުފައްދާފައިވާ ” ލޮޓީފައިލްސް” އަށް މައިކްރޯސްފްޓުން 9 މިލިއަން ޑޮލަރުގެ އިންވެންސްޓްމަންޓެއް

47

 

ދިވެހި ޑިވެލޮޕަރުންތަކެއް އުފައްދާފައިވާ އޮންލައިން ޕްލެޓްފޯމެއް ކަމަށްވާ ލޮޓީފައިލްސް އަށް ލިބުނު މަޝްހޫރިކަމާއެކު މައިކްރޯސޮފްޓްން ނުވަ މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެއް ދީފިއެވެ.

ލޮޓީފައިލްސްއިން އެކަން އިއުލާން ކުރުމާއެކު ގިނަ ބަޔަކު އަންނަނީ އެމީހުންނަށް މަރުހަބާކިޔަމުންނެވެ.

އޭގެ ތެރޭގައި ރައީސުލް ޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވެސް ހިމެނިވަޑައިގަންނަވައެވެ.

ރައީސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވިފައިވަނީ ލޮޓީލައިފްސްގެ ހޯދި ކާމިޔާބީގެ ފަހަތުގައި ވަނީ ދިވެހިންގެ އީޖާދެއްކަމަށް ކަމަށްވާތީ އެކަމާ ފަޚްރުވެރިވެ ވަޑައިގަންނަވާކަމަށެވެ.

އިކޮނޮމިކް މިނިސްޓަރު ފައްޔާ އިސްމާއިލް ވެސް ވަނީ ދިވެހި ޑިވެލޮޕަރުންގެ މި އުފެއްދުމަށް ލިބުނު ކާމިޔާބީ އަށް މަރުހަބާ ދަންނަވާފައެވެ.

މިލިއަނަކަށް ވުރެ ގިނަ މީހުން ބޭނުންކުރަމުން އަންނަ މި އެޕްލިކޭޝަން 65 ހާހަށްވުރެ ގިނަ ކުންފުނިން މިހާރު އަންނަނީ ބޭނުންކުރަމުންނެވެ. އޭގެ ތެރޭގައި ގޫގުލް، ޓިކްޓޮކް، ޑިޒްނީ، އަދި ނެޓްފްލިކްސް ހިމެނެއެވެ.

މި ކުންފުނިތަކުގެ ޕްރޮޑަކްޓްތަކުގެ މޯޝަން ގްރެފިކްސް ހަދަން ލޮޓީ ބޭނުންކުރާއިރު މައިކްރޯސޮފްޓްގެ އިތުރުންވެސް އެތައް އިންވެސްޓަރުންނެއްގެ ޝައުގުވެރިކަން މި އެޕްލކޭޝަނަށް އލިބެމުން ދެއެވެ.

ލޮޓީން މައުލޫމާތުދޭ ގޮތުގައި މައިކްރޯސްފްޓުން ދިން ފަންޑް ބޭނުންކުރާނީ މިހާރު އުފައްދަމުންދާ އެނިމޭޝަންތައް ތަރައްގީ ކުރުމަށާއި، ގިނަ މީހުންނާއި ހަމައަށް މި ޕްލެޓްފޯމް ފޮނުވާ ފުޅާ ކުރުމަށެވެ.

ކުންފުނިތަކުން ލޮޓީފައިލްސްގައި އެ މީހުންގެ ޕްރޮޑަކްޓްތަކަށް ޕްރައިވެޓްކޮށް ހަދާފައިވާ އެތައް މިލިއަން ފައިލެއްގެ އިތުރުން ކޮންމެ މީހަކަށް ވެސް ހިލޭ ބޭނުންކުރެވޭ ގޮތަށް ޑިޒައިނަރުންނާއި ޑިވެލޮޕަރުން ލޮޓީފައިލްސް އަށް އެތަކެއް ހާސް އެނިމޭޝަން އާއްމުކޮށް ދޫކޮށްލާފައި ހުރެއެވެ.

ދުނިޔޭގެ ޑިޒައިން އިންޑަސްޓްރީއަށް އިންގިލާބެއް ގެނައި ލޮޓީފައިލްސް ވެގެންދިޔައީ ޑިޒައިނަރުން އެނިމޭޝަން މަސައްކަތަށް ފަސޭހަ އަދި ވަގުތު ސަލާމަތްކޮށްދިން އެޕްލިކޭޝަނަކަށެވެ. ކުޑަފައިލްތައް މަތީ ކޮލިޓީގައި އެނިމޭޝަން ތައްޔާރުކުރެވޭ ލޮޓީ ފޯމެޓްގެ ސަބަބުން މުޅިދުނިޔޭގައިވެސް އޭގެ މަގުބޫލުކަން އަންނަނީ ވަރަށް ބޮޑުވެފައެވެ.

 

1 ހިޔާލު

  1. މަރުޙަބާ! މިކަހަލަ ދިވެހިންނަށް ފުރުސަތުދީބަލާށެވެ. ކޮންމެވެސް ބޮދިގެއް ކާއްޓޭއެއް ލީޑަރަށް މަދަހަ ކިޔާތީ ޕާޓީލައިނުން ރޯނުއެދުރު ނެގުމުގެބަދަލުގައި. އޭރުން ތަފާތު ފެންނާނެއެވެ. ނަމަވެސް އެފަދަ ސިޔާސީ ލީޑަރެއް ދިވެހިންގެ ތެރޭގައި އެބައުޅޭހެއްޔެވެ؟

ހިޔާލު ދެއްވާ

މިތަނުގައި ހިޔާލު ލިޔުއްވާ
ނަން ލިޔުއްވާ