​ޖެނުއަރީ 5 ގެ ފަހުން ކޮޅުފުށިން އެހެން ރަށަކަށް ދަތުރުކޮށްފައިވާނަމަ އެކަން އަންގަން އެދެފި!

Loading

Facebook
Twitter
WhatsApp

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ ބުނީ ޖެނުއަރީ ފަހެއްގެ ފަހުން އަތޮޅުތެރޭގެ އެއްވެސް ރަށަކަށް ދަތުރުކޮށްފައިވާނަމަ ވީ އެންމެ އަވަހަކަށް، އެރަށެއްގެ ހޮސްޕިޓަކަށް ނުވަތަ ހެލްތު ސެންޓަރަކަށް އަންގަން އެދޭ ކަމަށެވެ.

މީގެ އިތުރުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފައިވަނީ މި މުއްދަތުގައި މ. ކޮޅުފުށިން މާލެއަށް ދަތުރުކޮށްފައިވާ މީހުން 1676 އަށް ގުޅުއްވާ މައުލޫމާތު ހިއްސާކުރެއްވުން އެދޭ ކަމަށެވެ. އަދި މި މުއްދަތުގައި މ. ކޮޅުފުށިން ދަތުރުކޮށް 14 ދުވަސް ހަަމަނުވާ މީހުން، 14 ދުވަސް ފުރިހަމަ ވަންދެން ކަރަންޓީނުވެ، ކަރަންޓީނު ނިމުމަށްފަހު ކޯވިޑް-19 އަށް ޓެސްޓުކޮށް ނަތީޖާ ލިބެންދެން ކަރަންޓީނުގައި ތިއްބެވުމަށެވެ.

މި މުއްދަތުގައި މ. ކޮޅުފުށިން ދަތުރުކޮށް 14 ދުވަސް ހަަމަވެފައިވާ މީހުން ކޯވިޑް-19 އަށް ޓެސްޓުކޮށް ނަތީޖާ ލިބެންދެން ކަރަންޓީނުގައި ތިއްބެވުމަށްވެސް އެޗްޕީއޭ އިން ވަނީ އަންގާފައެވެ.

ކޮޅުފުށީގައި ކޮވިޑް-19ގެ ވޭދަނަތައް ފެންނަން ފަށާފައި ވަނީ އެރަށުން މާލެ ދިޔަ އަންހެނަކު ކޮވިޑް-19 އަށް ފައްސިވުމުންނެވެ. އެ އަންހެން މީހާ މާލެ ގޮސްފައި ވަނީ ޖެނުއަރީ 19 ވަނަ ދުވަހު އެވެ. އޭނާ ފައްސިކަން އެނގުމާއެކު އެރަށް ވަނީ މޮނީޓަރިންގއަށް ލާފައެވެ.

އޭނާ އާއި ކޮންޓެކްޓުވި 106 މީހެއްގެ ސާމްޕަލް ނަގާފައިވާއިރު ނުވަ މީހަކު މިހާތަނަށް ވަނީ ޕޮޒިޓިވް ވެފައެވެ

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް