އިނގިރޭސިވިލާތުގައި ކޮވިޑް-19 ކޮންޓްރޯލެއްނުވޭ: ޖެމީމާގެ ފާޑުކިއުން ސަރުކާރަށް

Loading

Facebook
Twitter
WhatsApp

އިނގިރޭސިވިލާތުގައި ކޮރޯނާ ވައިރަސް ހުއްޓުވުމަށް ކުރަމުންދާ މަސައްކަތް ނާކާމިޔާބު ވެފައި ވާތީ އެ ގައުމުގެ މަޝްހޫރު ޓީވީ، ފިލްމު އަދި ޑޮކިއުމެންޓްރީ ފިލްމު އުފައްދާ ޕްރޮޑިއުސަރެއްކަމުގައިވާ ޖެމީމާ ގޯލްޑް ސުމިތު ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔައި މަލާމާތްކޮށްފިއެވެ.

އިނގިރޭސިވިލާތުގެ ތާރީޚަށް ބަލާއިރު މިހާތަނަށް އެއް ވަބާއެއްގައި އެންމެ ގިނަ މީހުން މަރުވެފައިވަނީ ކޮރޯނާ ވައިރަސްގެ ޝިކާރައަކަށްވެގެންނެވެ.

ޖެމީމާ ބުނިގޮތުގައި އެކިއެކި ބަލިތަކާއި ޓެރަރިޒަމްގެ ހަމަލާތަކާއި ހަނގުރާމަތަކުން މަރުވި މީހުންނަށް ވުރެ ކޮރޯނާ ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު ގިނަކަމަށެވެ.

ޔޫރަޕްގެ ގައުމުތަކަށް ބަލާއިރު ކޮރޯނާ ވައިރެސް ޖެހިގެން އެންމެ ގިނަ މީހުން މަރުވެފައި ވަނީ އިނގިރޭސިވިލާތުންނެވެ.

ކޯވިޑް-19 ގައި އިނގިރޭސިވިލާތުން މިހާތަނަށް ލައްކައަކަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. އެ ގައުމުގެ ސިއްހީ އިދާރާތަކުން މައުލޫމާތުދިން ގޮތުގައި އަންގާރަދުވަހު އެކަނިވެސް 1631 މީހުން ކޮވިޑް-19 ޖެހިގެން މަރުވެފައިވެއެވެ.

މުޅިދުނިޔެއަށް ބަލާއިރު ކޮވިޑް-19 އެންމެ ގިނައިން ޖެހިފައި ތިބި މީހުން ހިމެނޭ ގައުމުތަކުގެ ލިސްޓުގެ ފަސްވަނައިގައި ވަނީ އިނގިރޭސިވިލާތެވެ. ބުދަދުވަހުގެ ހިސާބުތަކަށްބަލާއިރު އިނގިރޭސިވިލާތުގެ 3725610 މީހުންނަށް ކޮވިޑް-19 ޖެހިފައިވެއެވެ. އަދި އެބަލި އެންމެ ނުރައްކާތެރި ދަރަޖައަކަށް ފެތުރެމުން ދާ ގައުމުތަކުގެ ތެރޭގައި ވެސް އިނގިރޭސިވިލާތް ހިމެނެއެވެ.

ކޮރޯނާ ވައިރަސް ފެތުރުން ހުއްޓުމުގައި ސަރުކާރު ނާކާމިޔާބު ވެފައިވާ މައްސަލައިގައި ޖެމީމާ ގެންދަނީ މީޑިއާ މެދުވެރިކޮށް ވަރަށް ބޮޑަށް ސަރުކާރަށް ފާޑުކިއުމުގެ ހަމަލާތައް ދެމުންނެވެ.

މަޝްހޫރު ޕްރޮޑިއުސަރަކަށް ވުމުގެ ކުރިން ޖެމީމާ ވަނީ ނޫސްވެރިކަމުގައި އަހަރުތަކެއް ހޭދަކޮށްފައެވެ.

ޕާކިސްތާނުގެ މިހާރުގެ ބޮޑުވަޒީރު އަދި ކުރީގެ މަޝްހޫރު ކްރިކެޓް ކުޅުންތެރިޔާ ޢިމްރާން ޚާނާއި ޖެމީމާގެ ކައިވެންޏަށް ދެ ފިރިން ދަރީން ލިބިފައިވެއެވެ. ޚިޔާލު ތަފާތު ވުމުގެ މައްސަލަތަކާހެދި އެދެމީހުން ވަނީ ވަރިވެފައެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް