ފަނޑިޔާރު މުޖުތާޒު ފަހުމީ އަވަހާރަވެއްޖެ

ސްޕްރީމް ކޯޓްގެ ކުރީގެ ފަނޑިޔާރު އަލް އުސަތާޒު މުުޖުތާޒު ފަހުމީ އަވަހާރަވެއްޖެ އެވެ. އެމަނިކުފާނު އަވަރަވީ ކޯވިޑް-19 އަށް ޕޮޒިޓްވެ ހާލުދެރަވުމާ ގުޅިގެން ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް ރޭ މެންދަމުގެ ވަގުތެެއްގައެވެ. މުޖުތާޒު ކޮވިޑް-19 އަށް ޕޮޒިޓިވްވިކަން އެނގުނީ ލ. އަތޮޅުގައި ޗުއްޓީ ހޭދަކޮށްލައްވަން ވަޑައިގެން ހޯމް ކަރަންޓީންގައި ހުންނަވަނިކޮށް ކޮވިޑްގެ އަލާމާތްތައް ފެނި ޓެސްޓްކުރުމުންކަމަށް ވެއެވެ. އެމަނިކުފާނު މާލެ ގެނެސް ދަރުމަވަންތަ ހޮށްޕިޓަލްގައި ފަރުވާދޭން ފެށީ  ލ.ގަމުގައި ހުންނަ މެޑިކަލް ފެސިލިޓީގައި ހުންނެވުމަށްފަހު ހާލު […]

ކޯވިޑް19: އިއްޔެ ފެނުނީ އިތުރު 37 ވޭދަނަ!

ރާއްޖެއިން ކޯވިޑް19 އަށް އިތުރު 37 މީހަކު އިއްޔެ ފައްސިވެއްޖެއެވެ. އިއްޔެ ފެނުނު ކޭސްތަކުގެ ތެރެއިން އެހެން ރަށްތަކުން ފައްސިވި 8 މީހުންގެ ތެރެއިން އެކަކު ފައްސިވެފައިވަނީ މީހުން ދިރިއުޅޭ ރަށަކުންނެވެ.އަދި ތަރައްޤީ ކުރަމުންދާ ރިސޯޓްތަކުން ވަނީ 7 މީހަކު ފައްސިވެފައެވެ. އަނެއް 26 ކޭސް ފެނިފައިވަނީ މާލެ ސަރަހައްދުންނެވެ. ހަމަ މިއާއެކު ރާއްޖެ އިން ބޭރުން އައި 3 މީހަކުވެސް ވަނީ ފައްސިވެފައެވެ. އިއްޔެގެ ރެކޯޑްތަކާއި އެކު ފައްސިވީ މީހުންގެ ޖުމްލަ އަދަދު މިހާރުވަނީ 13967 […]

އަހަންނަކަށް ހުރިހާ ސްކޫލަކަށް ނުދެވޭނެ: ތައުލީމީ ވަޒީރު

ސްކޫލްތަކުގެ އެންމެން ބޭނުން ވަނީ ތައުލީމީ ވަޒީރު ސްކޫލަށް ޒިޔާރަތްކުރެއްވުމަށެވެ. ތައުލީމީ ވަޒީރު ސްކޫލަށް ވަޑައިގަތުމުން ދަރިވަރުންނާއި ޓީޗަރުންނާއި އިދާރީ މުއައްޒިފުންނާއި ބެލެނިވެރިންނާއި މަސައްކަތު މީހުން ވެސް ވަރަށް އުފާވެއެވެ. ކޮންމެވެސް ކަމެއް ވަޒީރު ސްކޫލަށް ކޮށްދެއްވަފާނެ ކަމަށެވެ. ސަލާން ކުރައްވަފާނެކަމަށެވެ. އެހެންވެ މިނިސްޓަރ ވަޑައިގަންނަވަންޏާ އެންމެންވެސް ތިބޭނީ ވަރަށް ނަލަހެދި ރީތިވެގެންނެވެ. ފެންނުވެރުނަސް މޫނު ރީތިކޮށް ހެދުން އިސްތިރީކޮށްގެންނެވެ. ޕާކިސްތަނުގެ ސިންދު ޕްރޮވިންސްގެ ތައުލީމީ ވަޒީރު ސަޢީދު ޣަނީ ވިދާޅުވިގޮތުގައި ސިންދުގެ ހުރިހާ ސްކޫލަކަށް އޭނާއަކަށް […]

ރައީސް ޔާމީންގެ އިސްތިއުނާފު މައްސަލަ: ހުކުން އިއްވުން މިމަހު 14ގައި

ކްރިމިނަލް ކޯޓުން ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވާ، މަނީލޯންޑަރިންގެ ކުށް ސާބިތުވެ ފަސް އަހަރަށް ޖަލަށް ލައި ޖޫރިމަނާ ކުރި ހުކުމުގެ އިސްތިއުނާފު މައްސަލައިގެ ހުކުން އިއްވުން މި ޖެނުއަރީ މަހުގެ 14 ވާ ބުރާސްފަތި ދުވަހު ބާއްވާގޮތަށް ހައިކޯޓުން ތާވަލުކޮށްފިއެވެ. ކްރިމިނަލް ކޯޓުގެ ހުކުން ރައީސް ޔާމީންގެ ފަރާތުން އިސްތިއުނާފު ކުރިފަހުން އަހަރަކަށްވުރެ ގިނަ ދުވަސްވަނީ ވެފައެވެ. ހައިކޯޓުގެ ޝަރީއަތުގެ އަޑުއެހުން މިދިޔަ ސެޕްޓެމްބަރު މަހު ނިންމިކަމަށް ވިޔަސް އަދި މިހާތަނަށް އޮތީ ހުކުން ނީއްވައެވެ. […]

ގޭސް ފުޅިއެއް ގޮވައި ދެ މީހަކު ފިހިއްޖެ

މާލޭސިޓީގެ ގެ އެއްގައި ގޭސްފުޅިއެއްގޮވައިގެން ހިނގި އަލިފާނުގެ ހާދިސާއެއްގައި ދެ މީހަކު ފިހިއްޖެއެވެ. އެންއެންޑީއެފުން ބުނީ މިހާދިސާ ހިނގާފައިވަނީ ހ. ތިންނޫނުގޭގެ ފަސް ވަނަ ފަންގިފާލާގައި ކަމަށެވެ.  މިހާދިސާގައި ފިހުނު ދެ މީހުން އައިޖީއެމްއެޗަށް ގެންގޮސް ފަރުވާ ދެމުން އަންނަ ކަމަށް ވެސް އެމްއެންޑިއެފުން ބުނެއެވެ. މިދާސާގައި އެ މީހުންނަށް ލިބުނީ ކިހާވަރެއްގެ ގެއްލުމުެއްކަމެއް އަދި ހާމަނުކުރެއެވެ. އެމްއެންޑިއެފުން ބުނީ ހާދިސާގައި ފިހިފައިވަނީ ދިވެހި ދެ ފިރިހެނުންނެވެ. އެންޑީއެފުން ބުނީ މިހާތަނަށް ބެލިބެލުމުން މި އަލިފާނުގެމިހާދިސާ ހިނގަން […]

ވިކިލީކްސްގެ ފައުންޑަރ އަސާންޖް އެމެރިކާއާއި ހަވާލު ނުކުރެވޭނެ ކަމަށް އިނގިރޭސިވިލާތުގެ ކޯޓަކުން ނިންމައިފި

ވިކިލީކްސްގެ ބާނީ ޖޫލިއާން އަސާންޖްގެ މައްޗަށް ޝަރީޢަތް ހިންގުމަށް ދޫކޮށްދިނުމަށް އެމެރިކާއާ ހަވާލު ނުކުރެވޭނެ ކަމަށް ވިދާޅުވެ, އިނގިރޭސި ވިލާތުގެ ފަނޑިޔާރަކު އެމެރިކާއިން އެދިފައިވާ އެދުމަށް ދެކޮޅުހައްދަވައިފިއެވެ.  ފަނޑިޔާރު ވިދާޅުވި ގޮތުގައި އަސާންޖުގެ ނަފްސާނީ ހާލަތު އެކަމަށް ތަންނުދެއެވެ.  އަސާންޖު އެމެރިކާއާއި ހަވާލު ނުކުރެވޭނެ ސަބަބު ވިދާޅުވަމުން ފަނޑިޔާރު  ވެނެއްސާ ބަރައިޓްސަރ ވިދާޅުވީ އަސާންޖް އެމެރިކާއާ ހަވާލުކޮށްފި ނަމަ އޭނާ އަމިއްލައަށް މަރުވުމުގެ ބިރު އެބައޮތެވެ.  ”އެކަނިމާއެކަނި އެތައް ދުވަހު ހައްޔަރު ކޮށްފައި ހުންނަންޖެހިފައިވާތީ… އެމެރިކާގެ ކަމާއިބެހޭ […]

ރާއްޖެއިން ގަތަރާއި އެކު އަލުން ގުޅުން ގާއިމް ކުރަނީ

މީގެ 3 އަހަރު ކުރިން ރާއްޖެއިން ވަނީގަތަރާއި އީރާނާއިއެކު ކުއްލިގޮތަކަށް ގުޅުން ކަނޑާލާފައެވެ. ގިނަ ބަޔަކު ގަބޫލުކުރާގޮތުގައި އެއީ ސައޫދީގެ ފިއްތުންތަކާއިހެދި ޔާމީނުގެ ސަރުކާރުން ނިންމެވި ނިންމުމެކެވެ. އިއްޔެ އޮތް އަރަބި ސަމިޓްގައި ގަތަރާއިއެކު ގުޅުން ބަދަހިކޮށް ޑިޕޮލޮމެޓިކު ގުޅުން އަލުން އިއާދަކުރުމަށް ސައުދީން ނިންމުމާއި ގުޅިގެން ގަތަރާއި އެކު ދިވެހި ރާއްޖެއިން ކަނޑާލި ޑިޕްލޮމެޓިކް ގުޅުން އަލުން ބަދަހި ކުރުމަށް މިއަދު ނިންމައިފިއެވެ. މިކަން އެގޮތަށް ނިންމަވައި ރާއްޖޭގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވީ، […]

އިންޑިއާއިން އަވަށްޓެރި ގައުމުތަކަށް ވެކްސިން ދިނުމަށް ތައްޔާރުވަނީ

ކޮވިޑް-19ގެ ބަލިމަޑުކަމުން އަރައިގަތުމަށް އިންޑިއާއިން އުފައްދާފައިވާ ވެކްސިން އަވައްޓެރި ގައުމުތަކަށް ފޮނުވަން ތައްޔާރުވާން ފަށައިފިއެވެ. އިންޑިއާގެ ފޮރިން ސެކެޓްރީ ހާޝް ވަރުދާން ޝްރިންގްލާ އާއި ހަވާލާދީ އިންޑިއާގެ ނޫސްތަކުން ބުނެފައިވާގޮތުން އެގައުމުގައި ތައްޔާރުކޮށްފައިވާ ކޮވިޑް ވެކްސިން އިންޑިއާ އާއި ގުޅުން އޮންނަ އަވައްޓެރި ގައުމުތަކަށް ފޯރުކޮށްދިނުމަށް މިހާރު ވަނީ ތައްޔާރު ވެފައެވެ. އަވައްޓެރި ބައެއް ގައުމުތަކުން އިންޑިއާއިން ކޮވިޑް ވެކްސިން ގެންދަން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށްވެސް އެގައުމުގެ ނޫސްތަކުން ބުނެއެވެ. އޭގެ ތެރޭގައި ސްރީ ލަންކާ، ނޭޕާލް، […]

ލޯކަލް ކައުންސިލް އިންތިޚާބު އަވަސްކުރުމަށް ރައްޔިތުން އަޑުއުފުލަންޖެހޭ: ޑރ. ޖަމީލު

ލޯކަލް ކައުންސިލް އިންތިޚާބު އަވަސްކުރުމަށް ރައްޔިތުން އަޑުއުފުލަންޖެހޭ ކަމުގައި ރާއްޖޭގެ ނައިބު ރައީސްކަން ކުރީން ކުރައްވާފައިވާ މުޙައްމަދު ޖަމީލު އަޙުމަދު ވިދާޅުވެއްޖެއެވެ. ”ދި ޓީވ.“ގެ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން ކުރީގެ ނައިބު ރައީސް މުޙައްމަދު ޖަމީލު ވިދާޅުވީ އެމްޑީޕީގެ ދިރާސާތަކަށްބަލާއިރު އެޕާޓީއަށް އިންތިޚާބު ކާމިޔާބެއް ނުކުރެވޭނެއެވެ. އެހެންވެ އިންތިޚާބު ލަސްކުރުމަށް އެޕާޓީން ދަނީ މަސައްކަތްކުރަމުންނެވެ. ޑރ. ޖަމީލު ވިދާޅުވިގޮތުގައި އިންތިޚާބު ކާމިޔާބު ނުކުރެވޭނެކަން ޔަގީންވާތީ އެމްޑީޕީން ދަނީ ސަރުކާރުގެ މުއައްސަސާތަކާ ގުޅިގެން އިންތިޚާބު ލަސްކޮށް އިންތިޚާބު ނުބޭއްވޭނެ […]

​​އިންގްލޭންޑް އަނެއްކާވެސް ލޮކްޑައުން ކުރަން އެޤައުމުން ނިންމައިފި!

މުޅި އިންގްލޭންޑް އެއްކޮން 6 ހަފްތާ އަށް ބަންދުކުރަން އެޤައުމުގެ ސަރުކާރުން ނިންމާފައިވަނީ ކޮވިޑް19 ގެ އައު ވޭރިއެންޓް އެޤައުމުގައި ހަލުވި ކަމާއެކު ފެތުރެން ފެށުމާއި ގުޅިގެންނެވެ އަނެއްކާވެސް ލޮކްޑައުން ކުރަން އެޤައުމުން ނިންމައިފި!​ އިންގްލޭންޑްގެ ބޮޑު ވަޒީރު ވިދާޅުވީ ޤައުމު އޮތީ ވަރަށް ނާޒުކު ހާލަތެއްގައި ކަމަށާއި މިހާރުވެސް ހޮސްޕިޓަލް ތަކުގައި މިދިޔަ އަހަރު އެޕްރިލް ގައި ފުރަތަމަ ފަހަރަށް އެޤައުމު ޕީކް އަށް އެރި ވަރަށް ވުރެން %40 ގިނަ ބަލިމީހުންނަށް ހޮސްޕިޓަލް ތަކުގައި […]