​​އިންގްލޭންޑް އަނެއްކާވެސް ލޮކްޑައުން ކުރަން އެޤައުމުން ނިންމައިފި!

Loading

Facebook
Twitter
WhatsApp

މުޅި އިންގްލޭންޑް އެއްކޮން 6 ހަފްތާ އަށް ބަންދުކުރަން އެޤައުމުގެ ސަރުކާރުން ނިންމާފައިވަނީ ކޮވިޑް19 ގެ އައު ވޭރިއެންޓް އެޤައުމުގައި ހަލުވި ކަމާއެކު ފެތުރެން ފެށުމާއި ގުޅިގެންނެވެ އަނެއްކާވެސް ލޮކްޑައުން ކުރަން އެޤައުމުން ނިންމައިފި!​

އިންގްލޭންޑްގެ ބޮޑު ވަޒީރު ވިދާޅުވީ ޤައުމު އޮތީ ވަރަށް ނާޒުކު ހާލަތެއްގައި ކަމަށާއި މިހާރުވެސް ހޮސްޕިޓަލް ތަކުގައި މިދިޔަ އަހަރު އެޕްރިލް ގައި ފުރަތަމަ ފަހަރަށް އެޤައުމު ޕީކް އަށް އެރި ވަރަށް ވުރެން %40 ގިނަ ބަލިމީހުންނަށް ހޮސްޕިޓަލް ތަކުގައި ދަނީ ފަރުވާދެމުންނެވެ.

ހޯމަ ދުވަހު ހަވީރު އިއުލާން ކުރި ލޮކްޑައުން މިފެށޭ ފެބްރުއަރީ މަހާ ހަމައަށް ދިގުދެމިގެން ދާނެ ކަމަށް ހަބަރު ލިބެއެވެ.

​ލޮކްޑައުން ކުރުމާ ގުޅިގެން އެޤައުމުން ވަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން ހާއްސަ ހުއްދަ އަކާއެކު ނޫނީ ޒަރޫރީ ބޭނުން ތަކަށްވެސް ބޭރަށް ނުނިކުމެވޭ ގޮތަށް ވަނީ ނިންމާފައެވެ. ހަމަ މިއާއެކު އެޤައުމުގެ ސްކޫލްތަށްވެސް ވަނީ ބަންދުކޮށް ކިޔެވުން މެދުކަނޑާލާފައެވެ. ގަވާއިދާ ހިލާފްވާ މީހުންގެ އަތުން ޖޫރިމަނާ ނެގުމަށްވެސްވަނީ އެޤައުމުން ނިންމާފައެވެ.

އިއްޔަ އެޤައުމުން ވަނީ 58784 މީހަކު ކޮވިޑް19 އަށް ޕޮސިޓިވް ވެފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް