އަހަންނަކަށް ހުރިހާ ސްކޫލަކަށް ނުދެވޭނެ: ތައުލީމީ ވަޒީރު

Loading

Facebook
Twitter
WhatsApp

ސްކޫލްތަކުގެ އެންމެން ބޭނުން ވަނީ ތައުލީމީ ވަޒީރު ސްކޫލަށް ޒިޔާރަތްކުރެއްވުމަށެވެ.

ތައުލީމީ ވަޒީރު ސްކޫލަށް ވަޑައިގަތުމުން ދަރިވަރުންނާއި ޓީޗަރުންނާއި އިދާރީ މުއައްޒިފުންނާއި ބެލެނިވެރިންނާއި މަސައްކަތު މީހުން ވެސް ވަރަށް އުފާވެއެވެ. ކޮންމެވެސް ކަމެއް ވަޒީރު ސްކޫލަށް ކޮށްދެއްވަފާނެ ކަމަށެވެ. ސަލާން ކުރައްވަފާނެކަމަށެވެ. އެހެންވެ މިނިސްޓަރ ވަޑައިގަންނަވަންޏާ އެންމެންވެސް ތިބޭނީ ވަރަށް ނަލަހެދި ރީތިވެގެންނެވެ. ފެންނުވެރުނަސް މޫނު ރީތިކޮށް ހެދުން އިސްތިރީކޮށްގެންނެވެ.

ޕާކިސްތަނުގެ ސިންދު ޕްރޮވިންސްގެ ތައުލީމީ ވަޒީރު ސަޢީދު ޣަނީ ވިދާޅުވިގޮތުގައި ސިންދުގެ ހުރިހާ ސްކޫލަކަށް އޭނާއަކަށް ވަޑައެއްނުގެންނެވޭނެއެވެ.

”އަޅުގަނޑަކީ ސިޔާސީ މީހެއް. އަޅުގަނޑުގެ ކަމަކީ ޖަލްސާ ބޭއްވުން.“ ތައުލީމީ ވަޒީރު ވިދާޅުވިއެވެ. ”އަޅުގަނޑު ޖަލްސާތަކުގައި ބައިވެރިވާނަން.“

ސިންދު އެސެމްބްލީގެ ޖަލްސާއެއްގެ ސުއާލު ޖަވާބުގެ ވަގުތުގައި ސަރުކާރު ހިންގާ ޕީޓީއައިގެ ބޭފުޅަކު ސްކޫލްތަކާ ގުޅޭގޮތުން ދެންނެވި ސުއާލެއްގެ ޖަވާބުގައި ތައުލީމީ ވަޒީރު ވިދާޅުވީ ހުރިހާ ސްކޫލެއްގެ ކަންތައްތައް ބަލަން އެ ސްކޫލްތަކަށް ޒިޔާރަތް ކުރުމަކީ އޭނާއަށް ކުޅަދާނަފުޅުކަމެއް ނޫންކަމަށެވެ.

ވަޒީރުގެ ވާހަކައިގައި ވިދާޅުވީ ސިންދުގައި ބޭނުމެއްނެތް އެތައް ހާސް ސްކޫލެއް ހިންގަމުންދާކަމަށެވެ.

”ސްކޫލްތައް އަޅާފައި ހުންނަގޮތުން ހީވަނީ ހަތަރުފާރުން އެތެރެރޭގައި އެތައް ސްކޫލެއް ހިންގާހެން.“ އޭނާ ވިދާޅުވިއެވެ. ”އަޅުގަނޑު ބޭނުން ވަނީ ބޭނުމެއްނެތް ސްކޫލްތައް ބަންދުކޮށް އުވާލަން.“

ތަފާތު މައްސަލަތައް ދިމާވެގެން ބަންދުކޮށްފައި ހުރި ސްކޫލްތައް ހުޅުވަން ކިހައި މަސައްކަތެއް ކުރެއްވިތޯ ސުއާލު ދެންނެވުމުން ވަޒީރު ވިދާޅުވީ 49 ހާސް ސްކޫލަށް ޒިޔާރަތްކުރި ”ސްޕަމޭން“އަކަށް އޭނާ ވެވަޑައިގަންނަވާނޭ ކަމަށެވެ.

އެމްޑީޕީގެ ކޯލިޝަން ސަރުކާރު އުފެދުނުފަހުން ސ. ހުޅުދޫ ސްކޫލާއި ސ. މީދޫ ޝަމްސުއްދީން ސްކޫލް ވަނީ އުވާލާފައެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް