ދޮގު ވައުދުން އައްޑޫ ތަރައްގީއެއް ނުކުރެވޭނެ

ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ އޮފީހެއް ސ. ހިތަދޫ އަރާއިރުގައި ހަދައި ނަންބޯޑެއް ހަރުކޮށްފައި ހުރެއެވެ. އެތަނަށް މަހަކު އެއްފަހަރު ނަޝީދު ވަޑައިގަންނަވާނޭކަމަށް ވިދާޅުވުމަށް ފަހު އެތަނަށް ވަޑަނުގަތަސް ހިތަދޫ ރައްޔިތުންނާއި އައްޑޫ ރައްޔިތުންނަށް މައްސަލައެއް ނެތް ކަހަލައެވެ. ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ކެމްޕޭނު ދުވަސްވަރު ދުނިޔޭގެ ފަސް މަންޒިލަކުން ދުވާލަކު ފަސް ފްލައިޓް އައްޑުއަށް ދާނޭކަމަށް ވިދާޅުވެފައި އެއިން ފްލައިޓެއް ގަމަށް ނުޖެއްސިޔަސް އައްޑޫ ރައްޔިތުންގެ ޝަކުވާއެއް ނޯންނާނެއެވެ. އެހެންވާންޖެހޭ އެއްސަބަބަކީ ކަނު ލޯތްބެވެ. […]

މެލޭޝިއާގެ ހެލްތް އިމާރޖެންސީ އޮގަސްޓް މަހުގެ 1ވަނަ ދުވަހާ ހަމައަށް ދަންމާލައިފި

މެލޭޝިޔާގެ އަގޮން އަލްސުލްތާން ޢަބުދުﷲ ރިޢަޔަރުއްދީން އޮގަސްޓް މަހުގެ 1ވަނަ ދުވަހާ ހަމައަށް އެ ގައުމުގެ ގައުމީ ކުއްލި ނުރައްލުގެ ހާލަތު އިޢުލާން ކޮށްފިއެވެ. މި އިމާރޖެންސީ ހިންގައިދެއްވުމަށް މީގެ ކުރިންވެސް ބޮޑުވަޒީރު މުޙުޔިއްދީނު ޔާސިން ވަނީ އެދިވަޑައިގެންފައެވެ. ނަމަވެސް ގައުމުގެ ގިނަ ސިޔާސީ މީހުނާއި ޕާޓީތަކުން މިކަމާދެކޮޅުހަދާފަވެއެވެ. ކޯވިޑް19 އާއި ގުޅިގެން މެލޭޝިޔާގެ ރަސްގެފާނުގެ ވަނީ ޖެނުއަރީ މަހުގެ 12އިން ފެށިގެން އޮގަސްޓް މަހުގެ 1އަށް ޤައުމީ ކުއްލި ނުރައްލުގެ ހާލަތު މިއަދު އިޢުލާން ކޮށްފައެވެ. […]

ހައްދުފަހަނައަޅާފައިވާ މީހުންގެ ލިސްޓްގައި ނަން އޮތުމުން ޑރ. މަހާތީރު އެކަމަށް ރައްދުދެއްވައިފި

ޓެރަރިޒަމްގެ ރޮނގުން ހައްދުފަހަނައަޅާފައިވާ އެންމެ ނުރައްކާތެރި 20 މީހުންގެ ލިސްޓުގައި މެލޭޝިޔާގެ ކުރީގެ ބޮޑު ވަޒީރުގެ ޑރ. މަހާތީރު މުޙައްމަދުގެ ނަން ހިމަނާފައިވާތީ އެކަމާ ދެކޮޅުހައްދަވައި މަހާތީރު ހިތްހަމަނުޖެހުން ފާޅުކުރައްވައިފިއެވެ. މަހާތީރުގެ ވިސްނުމާއި ޚިޔާލުފާޅުކުރައްވާ ގޮތުން އޭނާގެ ނަން ލިސްޓުގައި ހިމެނިގެން ދިޔައިރު، އަނިޔާވެރިކަމާއި ޓެރަރިޒަމްގެ ބޮޑެތި ޢަމަލުތައް ހިންގާފައިވާ އެތައް ބަޔަކު މި ލިސްޓުގައި ހިމަނާފައިނުވާތީ މަހާތީރު އެކަމާ ކަންބޮޑުވުން ފާޅުކުރެއްވިއެވެ. މިލިސްޓު ނެރެފައި ވަނީ ޔޫ.އެސް ގައި ހިންގުނު ކައުންޓަރ އެކްސްޓްރީމިސްޓް ޕްރޮޖެކްޓެއްގެ ވެބްސައިޓެއްގައެވެ. […]

”ބައިސްކަލެއް ރަޖިސްޓްރީ ކުރަން ޖެހުނަސް ހަމަސް ދުވަސް، ތަންކޮޅެއް މަދެއް ނޫންތޯ؟“- އަލްހާން ފަހުމީ

ސަރުކާރުގެ ހިންގުން އިތުރަށް ހަރުދަނާކޮށް ޚިދުމަތުގެ ފެންވަރާއި ސްޕީޑް އަވަސްކުރަން ޖެހޭ ކަމަށް ބުނެ އަލްހާން ފަހުމީ ސަރުކާރަށް ފާޑު ވިދާޅުވެއްޖެއެވެ. އަލްހާން މިހެން ވިދާޅުވެފައިވަނީ އޭނާ ކުރެއްވި ޓްވީޓެއްގައެވެ. https://twitter.com/AlhanFahmy/status/1348540317385990144?s=19 އަލްހާންގެ ޓްވީޓް އަމާޒުކޮށްފައިވަނީ ޓްރާންސްޕޯޓް މިނިސްޓްރީ އަށެވެ. މި ޓްވީޓުގައި އަލްހާން ވަނީ މިނިސްޓަރ ނަހުލާ ޓެގު ކޮށްފައެވެ. ”ބައިސްކަލެއް ރަޖިސްޓްރީކުރަން ޖެހުނަސް ހަމަސް ދުވަސް، ތަންކޮޅެއް މަދެއް ނޫންތޯ؟“ އަލްހާންގެ ޓްވީޓުގައި މަލަމާތުގެ ރާގަކަށް އިތުރަށް ލިޔެފައިވެއެވެ. ފަހަކަށް އައިސް ޓްރާންސްޕޯޓް މިނިސްޓަރީއިން […]

އޮޅުވެލި ރިޒޯޓުގެ 20 މުވައްޒަފަކު ކޯވިޑް19 އަށް ފައްސިވެއްޖެ!

މާލެ އަތޮޅުގައި އޮންނަ ސަން ސިޔާމް އޮޅުވެލި ރިސޯޓުގައި މަސައްކަތްކުރާ 20 މުވައްޒަފަކު ކޯވިޑް19 އަށް ފައްސިވެއްޖެއެވެ. ހެލްތް އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރ (އެޗްއީއޯސީ) އިން ވަނީ މިކަން ހާމަކޮށްފައެވެ. އިއްޔެ މުޅި ރާއްޖެއިން 50 މީހަކު ކޯވިޑް19 އަށް ފައްސިވެފައިވާއިރު، އޭގެ ތެރެއިން 28 ކޭސް ފެނިފައިވަނީ ރިޒޯޓްތަކުންނެވެ. މީގެ އިތުރުން 3 ކޭހެއް އަތޮޅުތެރޭގެ ރަށްރަށުން ފެނުނު އިރު، މާލެއިންވަނީ 19 ކޭސް ފެނިފައެވެ. ރާއްޖޭގެ ބޯޑަރތައް ހުޅުވާލާ ފަތުރުވެރިން އަންނަން ފެށުމާއި ގުޅިގެން […]

މެލޭސިޔާގެ 8 ސްޓޭޓް އަކަށް އެމް.އޯ.ސީ (މޮމެންޓް ކޮންޓްރޯލް އޯޑަރ) ނެރެނީ!

މި ހަފްތާގެ ބުދަ ދުވަހުގެ ރެއިން ފެށިގެން ​މެލޭސިޔާގެ 8 ސްޓޭޓް އަކަށް އަނެއްކާވެސް އެމް.އޯ.ސީ (މޮމެންޓް ކޮންޓްރޯލް އޯޑަރ) ނެރޭނެ ކަމަށް އެޤައުމުގެ ބޮޑު ވަޒީރު ވަނީ ވިދާޅުވެފައެެވެ. އެޤައުމުގެ ބޮޑު ވަޒީރު މިހެން ވިދާޅުވެފައި ވަނީ މިއަދު ބޭއްވި ޙާއްސަ ޕްރެސް ކޮންފަރެންސެއްގައެވެ. މީގެ އިތުރުން އެޤައުމުގެ ބޮޑު ވަޒީރު މުހިއްދީން ޔާސިން ވިދާޅުވީ ހަލުވި ކަމާއެކު ކޮވިޑް19 ފެތުރެމުން އަންނާތީވެ އެޤައުމުގެ އެތޭރޭގެ އުދުހުންތައްވެސް އެމް.އޯ.ސީ ނެރުމާއެކު ބަންދުވާނެ ކަމަށެވެ. އަދި މިފަހަރުގެ […]

ކޮވިޑް-19ގެ އާވައްތަރެއް ޖަޕާނުން ފެނިއްޖެ

ކޮވިޑް-19ގެ ވައިރަސް އަށް ބަދަލުތަކެއް އައިސް، އެބަދަލުތަކުން އުފެދިފައިވާ އާވައްތަރެއްގެ ވައިރަސް އެއް ޖަޕާނުން ފެނިއްޖެ ކަމަށް އެޤައުމުން ބުނެފިއެވެ. ޖަޕާނުން ބުނީ އެގައުމުން ފެނުނު ކޮވިޑް-19 އާ ސްޓެއިން އަކީ މީގެ ކުރިން އިނގިރޭސިވިލާތާއި ދެކުނު އެފްރިކާ އިން ފެނުނު ސްޓެއިން އާއިވެސް ތަފާތު ސިފަތަކެއް ހުރި ސްޓެއިންއެއް ކަމަށެވެ. ނަމަވެސް އިނގިރޭސިވިލާތާއި ދެކުނު އެފްރިކާ އިން ފެނުނު ސްޓެއިންތަކާއި ގިނަ ކަންކަން ވައްތަރު ކަމަށް ވެސް ޖަޕާނުން ބުނެއެވެ. މީގެ ކުރިން ފާހަގަ ކުރެވިފައި […]

މިގް 21: އިންޑިއާގެ ވައިގެ ސިފައިންނަށް ބޮޑު ވޭނަކަށް ވެއްޖެ

މިގް 21 މަރުކާގެ ހަނގުރާމަމަތީ ޖެޓްތައް ވަނީ އިންޑިއާގެ ވައިގެ ސިފައިންނަށް ބޮޑު ވޭނަކަށް ވެފައެވެ. ކޮންމެ އަހަރަކު އޭގެ އެތައް ޖެޓެއް ވެއްޓި ކުދިކުދިވެއެވެ. ގިނަފަހަރަށް އެފަދަ ހާދިސާތަކާ ކުރިމަތިލާން ޖެހެނީ ތަމްރީންތަކުގައެވެ. މިގް 21 ފައިޓަރ ޖެޓެއް އެންމެ ފަހުން ވެއްޓުނީ މި ޖެނުއަރީ މަހުގެ ފަސްވަނަ ދުވަހުގެ ރޭގަނޑު އަށެއް ޖެހިފަހުން ރާޖިސްތާންގެ ސޫރަތުގަޅު އެއާރ ބޭސްގެ ކައިރި ސަރަހައްދަކަށެވެ. އިންޑިއާގެ ވައިގެ ސިފައިންގެ ފަރާތުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ބޯޓު ވެއްޓުނަސް […]

ކިރުގިސްތާނުގެ ބޮޑުވަޒީރު އިންތިޙާބު ކާމިޔާބު ކުރައްވައިފި

ކިރްގިސްތާނުގެ ބޮޑުވަޒީރު ސަދީރް ޖަޕަރޯވް އެގައުމުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވައިފިއެވެ. ކިރްގިޒްސްތާނުގެ އިންތިޚާބާބެހޭ އިދާރާއިން ނެރުނު ވަގުތީ ނަތީޖާއާ ހަވާލާދީ ރިޕޯޓްތައް ބުނެފައިވާގޮތުން، ޖަޕަރޯވް ވަނީ ވޯޓުގެ 80 އިންސައްތަ ކާމިޔާބު ކުރައްވާފައެވެ. ޖަޕަރޯވްއަކީ ރަޝިޔާއަށް ތާއީދު ކުރައްވާ ބޭފުޅެކެވެ. ރަޝިއާ ގާތް ގުޅުމެއް ބާއްވަން ބޭނުންފުޅުވާކަން އޭނާ ވަނީ ރިޔާސީ އިންތިޚާބުގެ ކޭންޕޭންތެރޭގައި އެތަށް ފަހަރަކު ހާމަކުރައްވާފައެވެ. ކިރްގިސްތާނުގެ އިގްތިސާދަށް ރަޝިއާއަކީ އެންމެ މުހިއްމު ގައުމުގެ ގޮތުގައި އޭނާ ސިފަކުރައްވައެވެ. އިންތިޚާބު ކާމިޔާބު ކުރެއްވުމަށްފަހު […]

ވޯޓާސް ލިސްޓަށް ޝަކުވާ ހުށައެޅުމުގެ މުއްދަތު ކުރުކުރަނީ

ކުރިއަށް އޮތް ލޯކަލްކައުންސިލް އިންތިހާބުގެ ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހެޅުމާއި ކޯޓަށް މައްސަލަ ވެއްދުމުގެ މުއްދަތު ކުރުކޮށް، ކައުންސިލް އިންތިހާބުގެ ހާއްސަ ގާނޫނަށް އިސްލާހު ހުށަހަޅައިފި އެވެ. އެ ބިލު މަޖިލީހަށް ހުށަހަޅުއްވައިފައިވަނީ، ސަރުކާރުގެ ފަރާތުން ހުޅުމާލެ ދާއިރާ މެމްބަރު އަލީ ނިޔާޒެވެ. އިންތިހާބު ވީހާވެސް އަވަހަކަށް ބޭއްވުމަށްޓަކައި އިންތިހާބާ ގުޅިގެން ކުރަން ޖެހޭ ބައެއް ކަންކަމުގެ މުއްދަތު ކުރު ކުރުމަށް ހިމަނައި އެބިލުވަނީ ހުށައަޅައިފައެވެ. އެގޮތުން އެ ބިލު ފާސްވެ، އަމަލުކުރަން ފަށާތާ ގިނަވެގެން ހަތް […]