ކޮވިޑް-19ގެ އާވައްތަރެއް ޖަޕާނުން ފެނިއްޖެ

Loading

Facebook
Twitter
WhatsApp

ކޮވިޑް-19ގެ ވައިރަސް އަށް ބަދަލުތަކެއް އައިސް، އެބަދަލުތަކުން އުފެދިފައިވާ އާވައްތަރެއްގެ ވައިރަސް އެއް ޖަޕާނުން ފެނިއްޖެ ކަމަށް އެޤައުމުން ބުނެފިއެވެ.

ޖަޕާނުން ބުނީ އެގައުމުން ފެނުނު ކޮވިޑް-19 އާ ސްޓެއިން އަކީ މީގެ ކުރިން އިނގިރޭސިވިލާތާއި ދެކުނު އެފްރިކާ އިން ފެނުނު ސްޓެއިން އާއިވެސް ތަފާތު ސިފަތަކެއް ހުރި ސްޓެއިންއެއް ކަމަށެވެ. ނަމަވެސް އިނގިރޭސިވިލާތާއި ދެކުނު އެފްރިކާ އިން ފެނުނު ސްޓެއިންތަކާއި ގިނަ ކަންކަން ވައްތަރު ކަމަށް ވެސް ޖަޕާނުން ބުނެއެވެ.

މީގެ ކުރިން ފާހަގަ ކުރެވިފައި ނުވާ މި ސްޓެއިން ޖަޕާނުން ފެނުނީ މިމަހުގެ 02 ވަނަ ދުވަހު ޓޯޖިއޯގެ ހަނެޑާ އެއާޕޯޓަށް ބްރެޒިލުން އައި ހަތަރު މީހުންގެ ގައިންނެވެ. ގްރޫޕެއްގެ ގޮތުގައި ދަތުރު ކުރި އެމީހުންގެ ތެރޭގައި އަންހެނުންނާއި ފިރިހެނުން ހިމެނެއެވެ. އެމީހުން ކޮވިޑް-19 އަށް ޓެސްޓް ކުރީ ބަލީގެ އަލާމާތްތައް ފެނުމުންނެވެ. އެމީހުންގެ ގައިން ވަނީ ނޭވާލާން އުނދަގޫވުމާއި ހުން އައުމާއި ކަރުގައި ރިއްސުން ފަދަ ކަންކަން ފާހަގަ ކުރެވިފައެވެ.

ޖަޕާންގެ ހެލްތު މިނިސްޓްރީން ބުނީ އެގައުމުން ފާހަގަ ކުރެވުނު ކޮވިޑް-19 އާ ސްޓެއިންގެ މައުލޫމާތު މިހާރު ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އާއި ހިއްސާ ކޮށްފައިވާ ކަމަށެވެ. އަދި ސްޓެއިން އާއި ގުޅޭ އިތުރު މައުލޫމާތު ދެނެގަތުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރަމުން އަންނަ ކަމަށް ވެސް ޖަޕާނުން ބުނެއެވެ.

ޖަޕާނުން ކޮވިޑް-19 ވައިރަސްގެ އާވައްތަރެއް ފެނުނުއިރު ޖަޕާންގެ ހާލަތު ވެސް މިހާރު އަންނަނީ ގޯސްވަމުންނެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް