މެލޭޝިއާގެ ހެލްތް އިމާރޖެންސީ އޮގަސްޓް މަހުގެ 1ވަނަ ދުވަހާ ހަމައަށް ދަންމާލައިފި

Loading

Facebook
Twitter
WhatsApp

މެލޭޝިޔާގެ އަގޮން އަލްސުލްތާން ޢަބުދުﷲ ރިޢަޔަރުއްދީން އޮގަސްޓް މަހުގެ 1ވަނަ ދުވަހާ ހަމައަށް އެ ގައުމުގެ ގައުމީ ކުއްލި ނުރައްލުގެ ހާލަތު އިޢުލާން ކޮށްފިއެވެ. މި އިމާރޖެންސީ ހިންގައިދެއްވުމަށް މީގެ ކުރިންވެސް ބޮޑުވަޒީރު މުޙުޔިއްދީނު ޔާސިން ވަނީ އެދިވަޑައިގެންފައެވެ. ނަމަވެސް ގައުމުގެ ގިނަ ސިޔާސީ މީހުނާއި ޕާޓީތަކުން މިކަމާދެކޮޅުހަދާފަވެއެވެ.

ކޯވިޑް19 އާއި ގުޅިގެން މެލޭޝިޔާގެ ރަސްގެފާނުގެ ވަނީ ޖެނުއަރީ މަހުގެ 12އިން ފެށިގެން އޮގަސްޓް މަހުގެ 1އަށް ޤައުމީ ކުއްލި ނުރައްލުގެ ހާލަތު މިއަދު އިޢުލާން ކޮށްފައެވެ. މެލޭޝިޔާގެ އަގޮންގެ މި ނިންމެވުން ނިންމަވާފައިވަނީ ޖެނުއަރީ މަހުގެ 11ވަނަ ދުވަހު އެ ގައުމުގެ ޕްރައިމް މިނިސްޓަރު ތާން ސްރީ މުޙުޔިއްދީން ޔާސިން އާއި ބައްދަލު ކުރައްވާ މަޝްވަރާ ކުރެއްވުމަށް ފަހުގައެވެ. އަގޮން ސުލްތާން ޢަބުދުﷲގެ ޚިޔާލުފުޅަކީ ކޮވިޑް19 ގެ ސިއްޙީ ނުރައްކާތެރިކަން އިތުރުވަމުންދާތީ މައިސަރުކާރުގެ ގާނޫނުގެ 150 މާއްދާއާއި ޙަވާލާ ދެއްވައި އިމަރޖެންސީ ޑިކްލިއަރ ކުރެއްވީކަމުގައި ގަނޑުވަރުން އަޙުމަދު ފަޒީލް ޝަމްސުއްދީނު ވިދާޅުވިއެވެ.

މަހާތީރުގެ ސަރުކާރު ކުއްލިގޮތަކަށް މިދިޔަ އަހަރު ބަދަލުވެ މިހާރުގެ ޕްރައިމިނިސްޓަރ އަށް ފުރޮޅުނީއްސުރެ މިއަދާހަމައަށްވެސް މިހާރު ބޮޑުވަޒީރު އެގައުމުގެ ޕާލިމެންޓްގެ އެޕްރޫވަލްއަކަށް އެދިވަޑައިގެން ޖަލްސާއެއް ބާއްވާފައެއްނުވެއެވެ. ރަސްގެފާނުގެ ރުހުމާއިއެކު ކޮވިޑް19 ހާލަތަށް ރިޢާޔަތްކުރަށްވާ އެކަން ނުކުރައްވާ މަޑުކުރަށްވަނީ ޕާލިމެންޓްގެ އެޕްރޫވަލް ލިބޭވަރަށް ސަޕޯޓްނެތުމުންކަމުގައި އެގައުމުގެ ވަރުގަދަ އިދިކޮޅު ލީޑަރ ދާތޯ ސްރީ އަންވަރު އިބުރާހިމް ދަނީ ވިދާޅުވަމުންނެވެ.

އަދި މި އިމާރޖެންސީ ނިންމުން ނިންމީ އިންތިޚާބު ބާއްވަން ކަނޑައަޅާ ވަގުތުގެ ކުރިން އިންތިޚާބު ބޭއްވުމުގެ ފުރުސަތު ނުދިނުމަށް ކަމުގައިވެސް އިދިކޮޅު ސިޔާސީ ޕާޓާތަކުންނާއި ޕްރައިމިނިސްޓަރ ޔާސީންއަށް ސަޕޯޓް ދެވިފައިވާ އަމްނޯ ގެ ބައެއް ޕާލިމެންޓް މެމްބަރުންވެސް ބުނަމުންދެއެވެ.

މި ނިންމުމަށް އިދިކޮޅު ޕާޓީތަކުންނާއި ސިޔާސީ ގިނަ ލީޑަރުން ގަބޫލުނުވި ކަމުގައިވިޔަސް މި ނިންމުމާއި މެދު ކުރެވޭނެ މާބޮޑުކަމެއް މެލޭޝިއާގައެއް ނޯވެއެވެ. އެހެނީ އަގޮންގެ ބަސްފުޅަކީ އެންމެ ފަހުބަސްކަމުގައި ބެލެވެންޖެހޭތީއެވެ. މިހެންވުމުން އަނެއްކާވެސް ޕާލިމެންޓުގެ އެޕްރޫވަލް ބުލިބި މިހާރުގެ ވަގުތީ ބޮޑުވަޒީރަށް މަގާމުގެ ފުރުސަތު ހަމަގައިމުވެސް މިއަހަރުގެ އޮގަސްޓަށް ހަމަޔަށް ޔަގީންވީއެވެ.

މެލޭޝިއާގެ އާބާދިއަކީ 32 މިލިއަން މީހުނެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް