މެލޭސިޔާގެ 8 ސްޓޭޓް އަކަށް އެމް.އޯ.ސީ (މޮމެންޓް ކޮންޓްރޯލް އޯޑަރ) ނެރެނީ!

Loading

Facebook
Twitter
WhatsApp

މި ހަފްތާގެ ބުދަ ދުވަހުގެ ރެއިން ފެށިގެން ​މެލޭސިޔާގެ 8 ސްޓޭޓް އަކަށް އަނެއްކާވެސް އެމް.އޯ.ސީ (މޮމެންޓް ކޮންޓްރޯލް އޯޑަރ) ނެރޭނެ ކަމަށް އެޤައުމުގެ ބޮޑު ވަޒީރު ވަނީ ވިދާޅުވެފައެެވެ.

އެޤައުމުގެ ބޮޑު ވަޒީރު މިހެން ވިދާޅުވެފައި ވަނީ މިއަދު ބޭއްވި ޙާއްސަ ޕްރެސް ކޮންފަރެންސެއްގައެވެ.

މީގެ އިތުރުން އެޤައުމުގެ ބޮޑު ވަޒީރު މުހިއްދީން ޔާސިން ވިދާޅުވީ ހަލުވި ކަމާއެކު ކޮވިޑް19 ފެތުރެމުން އަންނާތީވެ އެޤައުމުގެ އެތޭރޭގެ އުދުހުންތައްވެސް އެމް.އޯ.ސީ ނެރުމާއެކު ބަންދުވާނެ ކަމަށެވެ. އަދި މިފަހަރުގެ އެމް.އޯ.ސީ ގެ މުއްދަތު 2 ހަފްތާ އަށް ދިގުދެމިގެން ދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

​އެމް.އޯ.ސީ އިއުލާން ކުރަން ނިންމާފައިވާ ސްޓޭޓް ތަކަކީ އެޤައުމުގެ ހެލްތް މިނިސްޓްރީ އިން ރިސްކް އެވަލުއޭޝަން ތަކުން ދައްކާ ގޮތުގައި އެންމެ ހައި ރިސްކް ސްޓޭޓް ތައް ކަމަށާއި އެތަންތާގެ ސިއްހީ ޙިދުމަތް ދޭ ތަންތަން މިހާރުވެސް ވަނީ ފުރިފައެވެ.

​އެމް.އޯ.ސީ ގެ މުއްދަތުގެ ތެރޭގައި ކޮންމެ ގެޔަކުންވެސް ޒަރޫރީ ބޭނުންތަކަށް ސުޕަރމާކެޓް ފަދަ ތަންތަނަށްވެސް ދެވޭނީ ދެމީހުންނަށް ކަމަށާއި މިގޮތަށް އަމަލް ނުކުރެވޭ މީހުން ޖޫރިމަނާ ކުރެވޭނެ ކަމަށްވެސް މުހިއްދީން ޔާސިން ވަނީ ވިދާޅުވެފައެވެ.

މެލޭސިޔާއިން މިހާރު ދުވާލެއްގެ މަށްޗަށް 1000 އާއި ގާތް ކުރާ އަދަދަކަށް މީހުން ދަނީ ފައްސިވަމުންނެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް