ކިރުގިސްތާނުގެ ބޮޑުވަޒީރު އިންތިޙާބު ކާމިޔާބު ކުރައްވައިފި

Loading

Facebook
Twitter
WhatsApp

ކިރްގިސްތާނުގެ ބޮޑުވަޒީރު ސަދީރް ޖަޕަރޯވް އެގައުމުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވައިފިއެވެ.

ކިރްގިޒްސްތާނުގެ އިންތިޚާބާބެހޭ އިދާރާއިން ނެރުނު ވަގުތީ ނަތީޖާއާ ހަވާލާދީ ރިޕޯޓްތައް ބުނެފައިވާގޮތުން، ޖަޕަރޯވް ވަނީ ވޯޓުގެ 80 އިންސައްތަ ކާމިޔާބު ކުރައްވާފައެވެ. ޖަޕަރޯވްއަކީ ރަޝިޔާއަށް ތާއީދު ކުރައްވާ ބޭފުޅެކެވެ. ރަޝިއާ ގާތް ގުޅުމެއް ބާއްވަން ބޭނުންފުޅުވާކަން އޭނާ ވަނީ ރިޔާސީ އިންތިޚާބުގެ ކޭންޕޭންތެރޭގައި އެތަށް ފަހަރަކު ހާމަކުރައްވާފައެވެ. ކިރްގިސްތާނުގެ އިގްތިސާދަށް ރަޝިއާއަކީ އެންމެ މުހިއްމު ގައުމުގެ ގޮތުގައި އޭނާ ސިފަކުރައްވައެވެ.

އިންތިޚާބު ކާމިޔާބު ކުރެއްވުމަށްފަހު ސަޕޯޓަރުންނާ މުޚާބަތު ކުރައްވައި ޖަޕަރޯވް ވިދާޅުވީ އޭނާ ވެރިކަމާ ހަވާލުވަނީ ގައުމަށް މައްސަލަތައް ގިނަ އިގްތިސާދީ ދަތިކަން ބޮޑު ދުވަސްވަރެއްގައި ކަމަށެވެ. އަދި އެކަންކަމަކީ ދެތިން އަހަރުތެރޭގައި ހައްލު ކުރެވޭވަރަށްވުރެ ދިގު މުއްދަތެއް ބޭނުންވާ މައްސަލަތައް ކަމުގައެވެ. މި މުއްދަތުގައި ގައުމަށް ހަމަޖެހުންވެސް ބޭނުންވާނެކަމަށާ ހުރިހާ ރައްޔިތުންވެސް ކެތްތެރިވުމަށް އޭނާ އެދިވަޑައިގެންނެވިއެވެ.

ޖަޕަރޯވް 80 އިންސައްތަ ވޯޓު ހޯއްދަވައިގެން އިންތިޚާބު ކާމިޔާބު ކުރެއްވިއިރު އޭނާއާއި އެންމެ ގާތުން ވާދަކުރެއްވި ކެންޑިޑޭޓަށް ލިބިވަޑައިގަތީ 7 އިންސައްތަ ވޯޓުކަމަށް މީޑިއާ ތަކުން ބުނެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް