އޮޅުވެލި ރިޒޯޓުގެ 20 މުވައްޒަފަކު ކޯވިޑް19 އަށް ފައްސިވެއްޖެ!

Loading

Facebook
Twitter
WhatsApp

މާލެ އަތޮޅުގައި އޮންނަ ސަން ސިޔާމް އޮޅުވެލި ރިސޯޓުގައި މަސައްކަތްކުރާ 20 މުވައްޒަފަކު ކޯވިޑް19 އަށް ފައްސިވެއްޖެއެވެ.

ހެލްތް އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރ (އެޗްއީއޯސީ) އިން ވަނީ މިކަން ހާމަކޮށްފައެވެ.

އިއްޔެ މުޅި ރާއްޖެއިން 50 މީހަކު ކޯވިޑް19 އަށް ފައްސިވެފައިވާއިރު، އޭގެ ތެރެއިން 28 ކޭސް ފެނިފައިވަނީ ރިޒޯޓްތަކުންނެވެ. މީގެ އިތުރުން 3 ކޭހެއް އަތޮޅުތެރޭގެ ރަށްރަށުން ފެނުނު އިރު، މާލެއިންވަނީ 19 ކޭސް ފެނިފައެވެ.

ރާއްޖޭގެ ބޯޑަރތައް ހުޅުވާލާ ފަތުރުވެރިން އަންނަން ފެށުމާއި ގުޅިގެން ރިސޯޓް މުވައްޒަފުންވަނީ ކޯވިޑްގެ ނުރައްކަލަށް ވަރަށް ބޮޑަށް ހުށަހެޅިފައެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް