ބޯޑަރ ހުޅުވިފަހުން އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައީ އެމެރޭޓްއިން

މިއަހަރުގެ ޖުލައި 15 އިން ފެށިގެން 14 ޑިސެމްބަރ 20220އާ ހަމައަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ދަތުރުކުރީ އެމެރޭޓްސްއިންކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ. ބޯޑަރ ހުޅުވިފަހުން އެމެރޭޓްސްއިން އެ މުއްދަތުގައި ރާއްޖެއަށް 33769 ފަސިންޖަރުން އުފުލާފައިވާއިރު، ޤަޠަރު އެއާވޭސްއިން ހަމައެމުއްދަތުގައި 26904 މީހުން ރާއްޖެއަށް ދަތުރުކޮށްފައިވެއެވެ. އަދި ތިންވަނައަށް ރަޝިއާގެ އެއޮރޯފްލޮޓްއިން 16124 މީހުން ދަތުރުކޮށްފައިވާއިރު ހަތަރުވަނައަށް ރާއްޖެއަށް އެންމެ ގިނަ މީހުން ދަތުރުކޮށްފައިވަނީ އިންޑިގޯއިން، 11252 މީހުން ނެވެ. ދެން އެންމެ ގިނަ މީހުން […]
އިންތިގާލީ އިންސާފުގެ ބިލް ތަސްދީގު ކޮށްފި

ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު އިންތިގާލީ އިންސާފުގެ ބިލު މިއަދު ތަސްދީގު ކުރައްވައިފިއެވެ. އިންތިގާލީ އިންސާފުގެ ގާނޫނަކީ ދައުލަތުގެ މުއައްސަސާތަކުން ނުވަތަ އެއިން ތަނެއްގެ އިސް ހިންގުންތެރިޔަކު ރައްޔިތުންގެ އިންސާނީ ހައްގުތަކާއި އަސާސީ މިނިވަންކަމާ ޚިލާފަށް ހިންގާފައިވާ އަމަލުތައް ބަލައި ތަހުގީގުކޮށް ހަގީގަތް ހާމަކޮށް އެފަދަ ކަންކަމުގެ ސަބަބުން އަނިޔާ ލިބިފައިވާ ފަރާތްތަކަށް އިންސާފު ހޯދައި ދިނުމުގެ ނިޒާމެއް ކަނޑައެޅުމުގެ ގާނޫނެވެ. މިގާނޫނުގެ ދަށުން ބެލުމަށް ހަމަޖައްސާފައިވަނީ 1 ޖެނުއަރީ 1953 އިން ފެށިގެން 17 ނޮވެންބަރު […]
އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕަސަންގެ އޮފީސް އުފައްދައިފި

އިންތިލާގީ އިންސާފުގެ ގާނޫނުގައިި ބުނާ ”އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕަރސންގެ އޮފީސް“ ރައީސުލް ޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު މިއަދު އުފައްދަވައިފި އެވެ. އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕަރސންގެ އޮފީހަކީ ރައީސުލް ޖުމުހޫރިއްޔާ މިއަދު ތަސްދީގުކުރެއްވެވި އިންގާލީ އިންސާފުގެ ގާނޫނުގެ ދަށުން އުފެއްދުމަށް ލާޒިމް ކޮށްފައިވާ އޮފީހެކެވެ. މި އޮފީހަކީ ދައުލަތުގެ މުއައްސަސާތަކުން ނުވަތަ އެއިން ތަނެއްގެ އިސް ހިންގުންތެރިޔަކު ރައްޔިތުންގެ އިންސާނީ ހައްގުތަކާއި އަސާސީ މިނިވަންކަމާ ޚިލާފަށް ހިންގާފައިވާ އަމަލުތައް ބަލައި ތަހުގީގުކޮށް ހަގީގަތް ހާމަކޮށް އެފަދަ ކަންކަމުގެ […]
މާލޭގައި ގައި ފަޔަރ ހައިޑްރަންޑް ސިސްޓަމް ބަހައްޓައިފި

މާލޭގެ ފަޔަރ ހައިޑްރަންޓް ސިސްޓަމް ބަހައްޓަން ފަޔަރ އެންޑް ރެސްކިއު ސާވިސަސް އިން ފަށައިފި އެވެ. މި މަޝްރޫއުގެ ދަށުން އެންމެ ފުރަތަމަ މިސިސްޓަމް ބެހެއްޓީ މަޖީދީމަގުގައެވެ. އަދި މަޖީދީ މަގުގައި 12 ފަޔަރ ހައިޑްރަންޓް ބަހައްޓާނެ ކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ. އެމްއެންޑީއެފް އިން ވިދާޅުވީ މިކަމުގެ އަމަލީ މަސައްކަތް ކުރިއަށް ގެންދަނީ ނެޝަނަލް ޕްލޭނިން އެންޑް ހައުސިން މިނިސްޓްރީ އާއި އެމްޑަބްލިއުއެސްސީއާ ގުޅިގެން ކަމަށެވެ. އަދި މިހާ ތަނަށް ތިން ފަޔާ ހައިޑްރަންޓް ބެހެއްޓިފައި ވާ […]
ސިވިލް ސަރވިސްއަށް މުވައްޒަފުން ނަގާ އުސޫލަށް އިސްލާޙް ގެނެސްފި

ސިވިލް ސަރވިސްގެ އިދާރާތަކުން ވަޒީފާތަކަށް މީހުން ހޯދުމާއި އައްޔަންކުރުމުގައި އަމަލުކުރަމުންދާ އުސޫލުތަކާއި މިންގަނޑުތައް އިސްލާހުކޮށް، ގައިޑްލައިންތައް އެކުލަވާލައި އާންމުކޮށްފި އެވެ. މިގޮތުން ސީއެސްސީއިން ކުރެއްވި އިއުލާނެއްގައި ވިދާޅުވެފައިވަނީ އެ އިސްލާހުތައް ގެނެސްފައި ވަނީ ސިވިލް ސާވިސްގެ ވަޒީފާތަކަށް މީހުން ހޯދުމުގައި ދިމާވެފައިވާ ދަތިތައް ހައްލުކޮށް، ވަޒީފާއަށް އައްޔަންކުރުމުގެ މަރުހަލާތައް އިތުރަށް ތަފްސީލުކޮށް ދިނުމުގެ ގޮތުން ކަމަށެވެ. ގެނެސްފައިވާ އިސްލާހުތައް: ސިވިލް ސާވިސްގެ އިދާރީ އަދި ފަންނީ މަގާމުތަކުގެ އަސާސީ ޝަރުތު (7 ވަނަ އިސްލާހު) ސިވިލް ސާވިސްގެ […]
2021ވަނަ އަހަރު ސްކޫލްތަށް ހުޅުވުމާއި މެދު މަޝްވަރާ ކޮށްފި

ފަސްލައްކަ ވަނަ ފަތުރުވެރިޔާ ރާއްޖެ އަތުވެއްޖެ

ރާއްޖޭގެ މިއަހަރުގެ ފަސްލައްކަ ވަނަ ފަތުރުވެރިޔާ ރާއްޖެ އަތުވެއްޖެއެވެ. އެފަތުރުވެރިޔާ ރާއްޖެ އައުމާއި އެކު މިއަހަރު ރާއްޖެއަށް ގެންނަން އަމާޒުކުރި ފަސް ލައްކަ ފަތުރުވެރިންގެ ޓާގެޓް މިއަދު ހާސިލްވެ ފުރިހަމަވީއެވެ. މިއަހަރު ރާއްޖެ ޒިޔާރަތްކުރި ފަސް ލައްކަ ވަނަ ފަތުރުވެރިޔާ އަށް މަރުހަބާ ކިޔުމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ވަނީ ޙާއްސަ ރަސްމިއްޔާތެއް ބާއްވައިފައެވެ. ފަސް ލައްކަ ވަނަ ފަތުރުވެރިއާ އަކީ ޖަރުމަނުގެ ރައްޔިތެއް ކަމުގައިވާ ކާސްޓިން މެޑެލައިން ނީޓްކާއެވެ. އޭނާ ރާއްޖެ އައީ މިއަދު ހެނދުނު […]
އީރާނުން އުފާވަނީ ޓްރަމްޕްގެ ވެރިކަން ނިމުމަކަށް އަންނާތީ، ބައިޑެންއަށް ރައީސްކަން ލިބިވަޑައިގަންނަވާތީއެއްނޫން،

އީރާނާ ދެކޮޅަށް އެމެރިކާ ނުކުރާނީ ކޮންކަމެއްހެއްޔެވެ؟ އީރާނުން ކޮރޯނާ ވެކްސިން ގަތުމަށް ކުރި މަސައްކަތަށް ވެސް އެމެރިކައިން ވަނީ ހުރަސް އަޅާފައެވެ. އެމެރިކާގެ ރައީސްކަމުން ޑޮނަލްޑް ޓްރަމްޕް ވަކިވެވަޑައިގަންނަވާތީ އެކަމާ، އީރާނުން ވަރަށް ބޮޑަށް އުފާކުރާކަމުގައި އީރާނުގެ ރައީސް ޙަސަން ރޫޙާނީ ވަނީ ވިދާޅުވެފައެވެ. ރައީސް ޓްރަމްޕުގެ ދައުރުގައި އެމެރިކާއާއި އީރާނުގެ ގުޅުން އިންތިހާއަށް ގޯސްވެގެން ދިޔަކަމަށްވިޔަސް އެމެރިކާއާއި އީރާނުގެ ޑިޕްލޮމެޓިކް ގުޅުން ރަނގަޅު ކުރެއްވުމުގެ އިޝާރާތެއް އިންތިޚާބީ ރައީސް ޖޯ ބައިޑަން ވަނީ ދެއްވާފައެވެ. އެއީ […]
އެމްއެމްސީގެ ރައީސަކަށް ޝަހުބާން އަދި ނައިބު ރައީސަކަށް ސަގީފް!

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) ގެ ރައީސް ކަމަށް ސަންގު ޓީވީގެ ނިއުސް ހެޑް ޝަހުބާން ފަހުމީ އަދި ނައިބު ރައީސްކަަށް ތިލަދުންގެ ޗީފް އެޑިޓަރު ހުސައިން ސަގީފް އައްޔަން ކޮށްފިއެވެ. އެމްއެމްސީގެ އިންތިހާބު ކުރިއަށް ގެންގޮސްފައިވަނީ އެ ކޮމިޝަންގެ 6 ވަނަ ދައުރަށް ހޮވުނު މެންބަރުންނާ އެކު ބޭއްވި ޖަލްސާގައެވެ.މީގެ އިތުރުން އެޖަލްސާ އަކީ އެ ކޮމިޝަންގެ 6 ވަނަ ދައުރުގެ މެންބަރުންނާ އެކު ބޭއްވި ފުރަތަމަ ޖަލްސާއެވެ. ރައީސްކަމަށް ހޮވުނު ޝަހުބާންގެ އިތުރުން އެ […]
ފަރަންސޭސިވިލާތުގެ ރައީސް ކޮވިޑްގެ ޝިކާރައަކަށް

ފަރަންސޭސިވިލާތުގެ ރައީސް އެމެނުއެލް މެކްރޮންއަށް ކޮވިޑް ޖެހިވަޑައިގެންފިއެވެ. މެކްރޮންގެ ހަށިކޮޅުގައި ކޮވިޑްގެ އަލާމާތްހުރިކަން ޔަގީންވީ ބަލީގެ އަލާމާތްހުރިކަމަށް ޝައްކުވެގެން ޓެސްޓު ހެދުމުން ބައްޔަށް ފައްސިވުމުންނެވެ. އެކަމާގުޅިގެން މެކްރޮންއާ ބައްދަލުކުރެއްވި ވަރަށް ގިނަ ބޭފުޅުން ވެސް ވަނީ އެކަހެރިވެވަޑައިގެންފައެވެ. ރައީސް އޮފީހުން ނެރުނު ނޫސްބަޔާނެއްގައި ވާގޮތުން ހަފުތާއެއް ވާނދެން ރައީސް އުޅުއްވާނީ އެކަހެރި ދިރިއުޅުއްވުމެއްގައެވެ. އަދި ރިޔާސީ ހުރިހާ ވާޖިބެއް އަދާކުރައްވާނީ ގަނޑުވަރުގައި ހުންނަވައިގެންނެވެ. ދުނިޔޭގެ ހުރިހާ ބައްރަކަށް ފެތުރިފައިވާ ކޮވިޑު ހުއްޓުމެއްނެތި ދަނީ އިތުރަށް ފެތުރެމުންނެވެ. އަދި […]