ބޯޑަރ ހުޅުވިފަހުން އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައީ އެމެރޭޓްއިން

Loading

Facebook
Twitter
WhatsApp
Emirates celebrates the arrival of its inaugural flight from Dubai International Airport (DXB) to Fort Lauderdale-Hollywood International Airport (FLL), marking the launch of their eleventh U.S. gateway on Thursday, Dec. 15, 2016, in Fort Lauderdale, Fla. (Jesus Aranguren/AP Images for Emirates Airline)

މިއަހަރުގެ ޖުލައި 15 އިން ފެށިގެން 14 ޑިސެމްބަރ 20220އާ ހަމައަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ދަތުރުކުރީ އެމެރޭޓްސްއިންކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ. ބޯޑަރ ހުޅުވިފަހުން އެމެރޭޓްސްއިން އެ މުއްދަތުގައި ރާއްޖެއަށް 33769 ފަސިންޖަރުން އުފުލާފައިވާއިރު، ޤަޠަރު އެއާވޭސްއިން ހަމައެމުއްދަތުގައި 26904 މީހުން ރާއްޖެއަށް ދަތުރުކޮށްފައިވެއެވެ. އަދި ތިންވަނައަށް ރަޝިއާގެ އެއޮރޯފްލޮޓްއިން 16124 މީހުން ދަތުރުކޮށްފައިވާއިރު ހަތަރުވަނައަށް ރާއްޖެއަށް އެންމެ ގިނަ މީހުން ދަތުރުކޮށްފައިވަނީ އިންޑިގޯއިން، 11252 މީހުން ނެވެ. ދެން އެންމެ ގިނަ މީހުން ދަތުރުކުރީ ގޯ އެއާއިން 9568 މީހުންނާއި ޓާކިޝް އެއާލައިންސްއިން 7850 ފަތުރުވެރިންނެވެ.

ދިވެހިރާއްޖެއަށް މިއަހަރު ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މިހާރުވަނީ ފަސްލައްކައަށްވުރެ އިތުރުވެފައެވެ. ސަރުކާރުން ބުނި ގޮތުގައި އެއީ ހާސިލުކުރަން ބޭނުންވާ ލަނޑުދަނޑިއަށްވުރެވެސް ރަނގަޅު އަދަދެކެވެ.

މިއަހަރުގެ ޖުލައި 15 އިން 16 ޑިސެމްބަރ 2020އަށް 115،730 މީހުން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ. އެ މުއްދަތުގެތެރޭގައި އެންމެ ގިނަ ފަތުރުވެރިން އައީ ރަޝިއާއިންނެވެ. އެއީ 23226 މީހުންނެވެ.

ދެވަނައަށް އެންމެ ގިނައިން އައީ އިންޑިއާ މީހުންނެވެ. އެއީ 18758 މީހުންނެވެ. ތިންވަނައަށް އެންމެ ގިނަމީހުން އައީ

އިނގިރޭސިވިލާތުންނެވެ. އެއީ 12372 މީހުންނެވެ. ދެން ޔުނައިޓެޑް އެރަބި އެމިރޭޓުސްއިން 5480 މީހުންނާއި ޖަރުމަނުން 5393 މީހުންނެވެ.

ފާއިތުވެދިޔަ އަހަރުތަކުގައި އެންމެ ގިނައިން ފަތުރުވެރިން އައި ޗައިނާއިން މިއަހަރު އައިމީހުންގެ އަދަދު ގަދަ 10ގައި ވެސް ނުހިމެނެއެވެ.

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ހާމަކުރިގޮތުގައި މިއަދުން ފެށިގެން އެމިރޭޓްސް އިން ރާއްޖެ އާއި ދުބާއީއާ ދެމެދު ދުވާލަކު ހަތަރު ފްލައިޓު ބާއްވަންވަނީ ހަމަޖައްސާފައެވެ. މީގެކުރިން ދުވާލަކު ތިން ދަތުރު ރާއްޖެ އާއި ދުބާއީއާ ދެމެދު ކުރަމުން ގޮސްފައިވެއެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް