މާލޭގައި ގައި ފަޔަރ ހައިޑްރަންޑް ސިސްޓަމް ބަހައްޓައިފި

Loading

Facebook
Twitter
WhatsApp

މާލޭގެ ފަޔަރ ހައިޑްރަންޓް ސިސްޓަމް ބަހައްޓަން ފަޔަރ އެންޑް ރެސްކިއު ސާވިސަސް އިން ފަށައިފި އެވެ.

މި މަޝްރޫއުގެ ދަށުން އެންމެ ފުރަތަމަ މިސިސްޓަމް ބެހެއްޓީ މަޖީދީމަގުގައެވެ. އަދި މަޖީދީ މަގުގައި 12 ފަޔަރ ހައިޑްރަންޓް ބަހައްޓާނެ ކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ މިކަމުގެ އަމަލީ މަސައްކަތް ކުރިއަށް ގެންދަނީ ނެޝަނަލް ޕްލޭނިން އެންޑް ހައުސިން މިނިސްޓްރީ އާއި އެމްޑަބްލިއުއެސްސީއާ ގުޅިގެން ކަމަށެވެ. އަދި މިހާ ތަނަށް ތިން ފަޔާ ހައިޑްރަންޓް ބެހެއްޓިފައި ވާ ކަމަށާއި އަންނަ މަހުގެ ފުރަތަމަ ހަފްތާގެ ތެރޭގައި މި މަސައްކަތް ނިންމާލެވޭނެ ކަމަށް ލަފާ ކުރާ ކަމަށް ވެސް ވިދާޅުވިއެވެ.

ފަޔަރ ހައިޑްރަންޓް ބަހައްޓަން ބޭނުންވާ ތަކެތި ފޯރުކޮށްދޭނީ ފަޔަރ އެންޑް ރެސްކިއު ސާވިސް އިންނެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް