އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕަސަންގެ އޮފީސް އުފައްދައިފި

Loading

Facebook
Twitter
WhatsApp

އިންތިލާގީ އިންސާފުގެ ގާނޫނުގައިި ބުނާ ”އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕަރސންގެ އޮފީސް“ ރައީސުލް ޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު މިއަދު އުފައްދަވައިފި އެވެ.

އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕަރސންގެ އޮފީހަކީ ރައީސުލް ޖުމުހޫރިއްޔާ މިއަދު ތަސްދީގުކުރެއްވެވި އިންގާލީ އިންސާފުގެ ގާނޫނުގެ ދަށުން އުފެއްދުމަށް ލާޒިމް ކޮށްފައިވާ އޮފީހެކެވެ.

މި އޮފީހަކީ ދައުލަތުގެ މުއައްސަސާތަކުން ނުވަތަ އެއިން ތަނެއްގެ އިސް ހިންގުންތެރިޔަކު ރައްޔިތުންގެ އިންސާނީ ހައްގުތަކާއި އަސާސީ މިނިވަންކަމާ ޚިލާފަށް ހިންގާފައިވާ އަމަލުތައް ބަލައި ތަހުގީގުކޮށް ހަގީގަތް ހާމަކޮށް އެފަދަ ކަންކަމުގެ ސަބަބުން އަނިޔާ ލިބިފައިވާ ފަރާތްތަކަށް އިންސާފު ހޯދައި ދިނުމަށް އުފެއްދި އޮފީހެކެވެ.

އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕަރސންގެ އޮފީހުން ބެލުމަށް ހަމަޖައްސާފައިވަނީ 1 ޖެނުއަރީ 1953 އިން ފެށިގެން 17 ނޮވެންބަރު 2018 އާ ދެމެދު ނިޒާމީ ސިފައެއްގައި ރޭވިގެންހިންގާފައިވާ ކަންކަމެވެ.

މި އޮފީހަކީ އަމިއްލަ ނަމުގައި ދައުވާކުރުމާއި ދައުވާ ލިބިގަތުމުގެ ބާރު ލިބިފައިވާ އަމިއްލަ ނަމުގައި މުއާމަލާތުކުރުމުގެ ހައިސިއްޔަތު ލިބިފައިވާ އަދި ވަކި ސިއްކައެއް އޮންނަ މުސްތަގިއްލު ގާނޫނީ ޝަޚްސެކެވެ.

އިންތިގާލީ އިންސާފުގެ ގާނޫނުގައި ވާގޮތުން އޮމްބަޑްސްޕަރސންގެ އޮފީހުން މަސައްކަތްކުރަންވާނީ މިނިވަންކަމާއި މުސްތަގިއްލު ކަމާއެކު، ތައައްސުބުން އެއްކިބާވެ އެ ގާނޫނުގެ މަގްސަދުތައް ހާސިލްވާނެ ގޮތުގެ މަތިންނެވެ.

ގާނޫނުގައި ވާގޮތުން ދެ އަހަރު ދުވަހުގެ ތެރޭގައި މި އޮފީހުން މައްސަލަތައް ބަލައި ނިންމަންޖެހެއެވެ.

ރައީސް އޮފީހުން ހާމަކުރެއްވި ގޮތުގައި ދައުލަތުގެ އިދާރާތަކުން ލިއާ ސިޓީތަކުގައި ނަންބަރު ޖެހުމުގައި އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕަރސންގެ އޮފީހަށް ލިޔާ ސިޓީގައި ޖަހާނީ 486 އެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް