އިންތިގާލީ އިންސާފުގެ ބިލް ތަސްދީގު ކޮށްފި

Loading

Facebook
Twitter
WhatsApp

ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު އިންތިގާލީ އިންސާފުގެ ބިލު މިއަދު ތަސްދީގު ކުރައްވައިފިއެވެ.

އިންތިގާލީ އިންސާފުގެ ގާނޫނަކީ ދައުލަތުގެ މުއައްސަސާތަކުން ނުވަތަ އެއިން ތަނެއްގެ އިސް ހިންގުންތެރިޔަކު ރައްޔިތުންގެ އިންސާނީ ހައްގުތަކާއި އަސާސީ މިނިވަންކަމާ ޚިލާފަށް ހިންގާފައިވާ އަމަލުތައް ބަލައި ތަހުގީގުކޮށް ހަގީގަތް ހާމަކޮށް އެފަދަ ކަންކަމުގެ ސަބަބުން އަނިޔާ ލިބިފައިވާ ފަރާތްތަކަށް އިންސާފު ހޯދައި ދިނުމުގެ ނިޒާމެއް ކަނޑައެޅުމުގެ ގާނޫނެވެ.

މިގާނޫނުގެ ދަށުން ބެލުމަށް ހަމަޖައްސާފައިވަނީ 1 ޖެނުއަރީ 1953 އިން ފެށިގެން 17 ނޮވެންބަރު 2018 އާ ދެމެދު ނިޒާމީ ސިފައެއްގައި ރޭވިގެންހިންގާފައިވާ ކަންކަމެވެ.

މި ގާނޫނުގެ މަގްސަދުގެ ތެރޭގައި ދައުލަތުގެ މުއައްސަސާތަކުން ނުވަތަ އެއިން ތަނެއްގެ އިސް ހިންގުންތެރިއެއްގެ ގޮތުގައި މަސައްކަތްކުރި ފަރާތަކުން ނިޒާމީ ސިފައެއްގައި ރާވައިގެން ހިންގި އަމަލެއްގެ ސަބަބުން މީހެއްގެ ނުވަތަ ބައެއްގެ އިންސާނީ ހައްގެއް ނުވަތަ އަސާސީ މިނިވަންކަމެއްނިގުޅައިގެންފައިވާނަމަ އެ އަމަލުތަކަށް ޒިންމާވާފަރާތައް ޖަވާބުދާރީކުރުވައި އަނިޔާލިބުނު ފަރާތަކަށް އިންސާފު ހޯދައިދިނުން ހިމެނެއެވެ. އަދިކުރިއަށް އޮތްތާގައި އެފަދަ ކަންކަން ނުވާނެކަން ކަށަވަރުކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް ފާހަގަކޮށް ގާނޫނުގެ ވެރިކަމުގެމަށްޗަށް ބިނާވެފައިވާ ތަހުޒީބީ ދައުލަތެއް އާރާސްތުކުރުން ހިމެނެއެވެ.

ރައީސުލް ޖުމުހޫރިއްޔާ މި ބިލު ތަސްދީގު ކުރުމާއި ގުޅިގެން އިންތިގާލީ އިންސާފުގެ ގާނޫނު މިއަދުވަނީ ގެޒެޓްކޮށްފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް