ފަރަންސޭސިވިލާތުގެ ރައީސް ކޮވިޑްގެ ޝިކާރައަކަށް

Loading

Facebook
Twitter
WhatsApp

ފަރަންސޭސިވިލާތުގެ ރައީސް އެމެނުއެލް މެކްރޮންއަށް ކޮވިޑް ޖެހިވަޑައިގެންފިއެވެ. މެކްރޮންގެ ހަށިކޮޅުގައި ކޮވިޑްގެ އަލާމާތްހުރިކަން ޔަގީންވީ ބަލީގެ އަލާމާތްހުރިކަމަށް ޝައްކުވެގެން ޓެސްޓު ހެދުމުން ބައްޔަށް ފައްސިވުމުންނެވެ. އެކަމާގުޅިގެން މެކްރޮންއާ ބައްދަލުކުރެއްވި ވަރަށް ގިނަ ބޭފުޅުން ވެސް ވަނީ އެކަހެރިވެވަޑައިގެންފައެވެ.

ރައީސް އޮފީހުން ނެރުނު ނޫސްބަޔާނެއްގައި ވާގޮތުން ހަފުތާއެއް ވާނދެން ރައީސް އުޅުއްވާނީ އެކަހެރި ދިރިއުޅުއްވުމެއްގައެވެ. އަދި ރިޔާސީ ހުރިހާ ވާޖިބެއް އަދާކުރައްވާނީ ގަނޑުވަރުގައި ހުންނަވައިގެންނެވެ.

ދުނިޔޭގެ ހުރިހާ ބައްރަކަށް ފެތުރިފައިވާ ކޮވިޑު ހުއްޓުމެއްނެތި ދަނީ އިތުރަށް ފެތުރެމުންނެވެ. އަދި މަރުވާ މީހުންގެ އަދަދުވެސް ދަނީ އިތުރުވަމުންނެވެ. ކޮވިޑުގެ ހާލަތު އެންމެ ނުރައްކާތެރިދަރަޖައަކަށް އަދިވެސް ފެތުރިފައި ވަނީ އެމެރިކާގައެވެ.

ކޮވިޑުގެ ވަބާއިން ސަލާމަތްވުމަށް އެމެރިކާގެ ރައްޔިތުންނަށް ވެކްސިން ދޭން މިހާރުވަނީ ފަށާފައެވެ. ނަމަވެސް އައު އަހަރާދިމާކޮށް އެމެރިކާއާއި ޔޫރަޕްގެ ވަރަށް ގިނަ ގައުމުތަކުގެ ރައްޔިތުން ރައްކައުތެރިވުމުގެ ބަދަލުގައި ގައިގޯޅިވެ އުޅުމުގެ ސަބަބުން ވަރަށް ގިނަ ގައުމުތަކުގައި ކޮވިޑް އިތުރަށް ފެތުރިގެން ދިއުމަކީ އެކަށީގެންވާކަމެކެވެ.

ފަރަންސޭސިވިލާތުގެ ރައީސް އެމެނުއެލް މެކްރޮންއަށް ކޮރޯނާ ވައިރަސްޖެހިވަޑައިގެންނެވިއިރު ބުރާސްފަތި ދުވަހުގެރޭގެ އަށެއްގެ ޚަބަރުތަކަށްބަލާއިރު ފަރަންސޭސިވިލާތުގެ 2,465,246 މީހުންނަށް ކޮރޯނާވައިރަސްޖެހިފައިވެއެވެ. އަދި އެ ބަލީގައި ފަރަންސޭސިވިލާތުން 59,472 މީހުން މަރުވެފައިވެއެވެ. އަދި މިރޭ 8.00ގެ ޚަބަރުތަކަށް ބަލާއިރު މުޅިދުނިޔޭގެ 74378599 މީހުންނަށް ކޮރޯނާވައިރަސްޖެހި އެބަލީގައި 1652235 މީހުން ވަނީ ދުނިޔެ ދޫކޮށްފައެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް