އެމްއެމްސީގެ ރައީސަކަށް ޝަހުބާން އަދި ނައިބު ރައީސަކަށް ސަގީފް!

Loading

Facebook
Twitter
WhatsApp

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) ގެ ރައީސް ކަމަށް ސަންގު ޓީވީގެ ނިއުސް ހެޑް ޝަހުބާން ފަހުމީ އަދި ނައިބު ރައީސްކަަށް ތިލަދުންގެ ޗީފް އެޑިޓަރު ހުސައިން ސަގީފް އައްޔަން ކޮށްފިއެވެ.

​އެމްއެމްސީގެ އިންތިހާބު ކުރިއަށް ގެންގޮސްފައިވަނީ އެ ކޮމިޝަންގެ 6 ވަނަ ދައުރަށް ހޮވުނު މެންބަރުންނާ އެކު ބޭއްވި ޖަލްސާގައެވެ.މީގެ އިތުރުން އެޖަލްސާ އަކީ އެ ކޮމިޝަންގެ 6 ވަނަ ދައުރުގެ މެންބަރުންނާ އެކު ބޭއްވި ފުރަތަމަ ޖަލްސާއެވެ.

ރައީސްކަމަށް ހޮވުނު ޝަހުބާންގެ އިތުރުން އެ ކޮމިޝަންގެ ރައީސް ކަމަށް ޕީއެސްއެމްގެ އަލީ ހުސައިންއާއި އާންމުންގެ ތެރެއިން އިންތިހާބުވި މެންބަރު މުހައްމަދު ޝަފާއުވެސް ވާދަކޮށްފައިވެއެވެ.

ނައިބު ރައީސްކަމަށް ވާދަ ކުރައްވާފައި ވަނީ ސަގީފް އެކަންޏެވެ. އޭނާ އެ މަގާމަށް އިންތިހާބުވީ ފެންނަ ނުފެންނަ ވޯޓެއް ނަގައިގެން 14 މެންބަރުންގެ ތާއީދާ އެކުގައެވެ.​

މޯލްޑިވްސް މީޑިއާ ކައުންސިލް އެކުލެވިގެން ވަނީ 15 މެންބަރުންގެ މައްޗަށެވެ.​ މި ދައުރު ހަމަވާނީ ދެ އަހަރު ތެރޭގައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް