ދިވެހި ދައުލަތުގެ އިއްޒަތް ދެބޭފުޅަކަށް އަރުވައިފި!

ދިވެހި ދައުލަތުން ދޭ އިއްޒަތްތަކުގެ ތެރޭގައި ހިމެނޭ ނިޝާން މުލީގެ ޝަފަރުވެރި އިއްޒަތުގެ ވެރިކަން އަދި ނިޝާން ދިޔަމިގިލީގެ ޝަފުވެރި އިތްޒަތުގެ ވެރިކަން ދެބޭފުޅަކަށް ރައީސް އިބްރާހިމް މުހައްމަަދު ސޯލިހް އަރުވައިފިއެވެ. ނިޝާން މުލީގެ ޝަފަރުވެރި އިއްޒަތުގެ ވެރިކަން އަރުވައިފައިވަނީ (ނމޝޢ) މ. މަހުމާ ވިލާ، އިބްރާހީމް އިސްމާއީލަށެވެ. އަދި ނިޝާން ދިޔަމިގިލީގެ ޝަފުވެރި އިތްޒަތުގެ ވެރިކަން އަރުވައިފަިވަނީ (ނދޝޢ) މއ، ވިލުވެލި، ބަދުރުއް ނަސީރަށެވެ. މި ދެ ބޭފުޅުންނަށް ރައީސް ސޯލިހު އިއްޒަތް އެރުއްވީ، ދިވެހި […]
ގިނަ އަދަދެއްގެ މީހުންނާއިއެކު އިދިކޮޅުގެ ޖަލްސާ ނިންމާލައިފި

އިދިކޮޅު ކޯލިޝަން، ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން އިންތިޒާމު ކޮށްގެން ރޭ ބޭއްވި ”ވިސްނާ“ ޖަލްސާގައި ގިނަ ބަޔަކު ބައިވެރިވެ، އެޖަލްސާ ނިންމާލައިފިއެވެ. މިޖަލްސާއަކީ ލިބިގެން ދިޔަ ލުއިތަކާއިއެކު ކަމާބެހޭ ފަރާތްތަކުގެ ހުއްދަ ލިބިގެން ބޭއްވި ޖަލްސާއެކެވެ. މިޖަލްސާގައި އިދިކޮޅު ކޯލިޝަންގެ ގިނަ ލީޑަރުންތަކެއް ވަނީ ވާހަކަ ދައްކައިފައެވެ. މިގޮތުން މަސްވެރިންނާއި ރިސޯޓް މުވައްޒަފުންގެ އުދާސްތަކާއި، އެނޫންވެސް މިހާރު ޤައުމަށް ދިމާވެފައިވާ ބޮޑެތި މައްސަލަތަކުގެ އަޑު މި ޖަލްސާގައި އުފުލާފައި ވެއެވެ. މީގެ އިތުރުން މިޖަލްސާގައިވެސް ރައީސް ޔާމީން […]
ކައިވެނި ހަފްލާއެއްގައި ބައިވެރިވި ގިނަބަޔަކު ކޯވިޑަށް ފައްސިވެެއްޖެ.

މާލޭގައި އޮތް ކައިވެނި ޙަފްލާއެއްގައި ބައިވެރިވީ ގިނަ ބަޔަކު ކޯވިޑް19 އަށް ފައްސިވެއްޖެއެވެ. ހެލްތް ޕްރޮޓެކްޝަން އެޖެންސީ އެހްޕީއޭއިން ބުނެފައިވާ ގޮތުގައި ފައްސިވެފައިވަނީ މިމަހުގެ 20 ވަނަ ދުވަހު ޝީ ބިލްޑިންގ ގައި އޮތް ކައިވެނި ހަފްލާއެއްގައި ބައިވެރިވީ 35 މީހެކެވެ. އަދި ކޯވިޑްގެ އަލާމާތްތައް ހުރި ބައެއް ފަރާތްތައް މިހަފްލާގައި ބައިވެރިވީ ކަމަށްވެސް އެހްޕީއޭއިން ވަނީ ބުނެފައެވެ. މިހަަފްލާއަށް ދިޔަ ފަރާތްތަކުގެ ތެރެއިން އެހްޕީއޭއިން ނުގުޅާ ފަރާތްތަކުންވެސް 1676އަކަށް ގުޅުއްވާ އެމައުލޫމާތު ހިއްސާ ކުރެއްވުމަށްވެސް އެހްޕީއޭއިން […]
އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރުމުގެ ތެރޭގައި މަސްހުނި ކަންތައްތަކެއް

އެއްބައިވަންތަ ކަމުގެ ދުވަސް ފާހަގަކުރަން މިރޭ ޖުމުހޫރީ މައިދާނުގައި ބާއްވާ ޖަލްސާގައި މި އަހަރު ޝަރަފުވެރިކަމުގެ ޤައުމީ އިނާމު 14 ބޭފުޅަކަށް އަދި ހިތްވަރު ދިނުމުގެ ޤައުމީ އިނާމު 24 ބޭފުޅަކަށް ދެއްވުމަށް ސަރުކާރުން ހަމަޖައްސަވައިފިއެވެ. ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ލިބިވަޑައިގަންނަވާ 14 ބޭފުޅުންގެ ތެރެއިން 6 ބޭފުޅުންނަކީ، މީގެކުރިން ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ލިބިވަޑައިގެންފައިވާ ބޭފުޅުންނެވެ. މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު، މި އަހަރު ލިބިވަޑައިގަންނަވަނީ 20 ބޭފުޅަކަށެވެ. […]
ރަޖުނީކާންތުގެ ހާލު ރަނގަޅުވާން ފަށައިފި

ލޭމައްޗަށް ދިއުމުގެ ސަބަބުން ހޮސްޕިޓަލުގައި އެނދުމަތިކުރި ފިލްމީ ތަރި ރަޖުނީކާންތުގެ ޙާލު ރަނގަޅުވަމުން އަންނަކަމަށް ހޮސްޕިޓަލުން ބުނެފިއެވެ. އޭނާ ހައިދަރުއާބާދުގެ ހޮސްޕިޓަލެއްގައި އެނދުމަތި ކުރީ ހުކުރުދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ. ތަމަޅަ ފިލްމީދުނިޔޭގައި އާދަޔާ ޚިލާފު މަގުބޫލުކަމެއް ހޯދާފައިވާ ރަޖްނީކާންތު ހައިދަރުއާބާދަށް ދިޔައީ ފިލްމު ”އަނާތީ“ ކުޅުމަށެވެ. ފިލްމުގެ މަސައްކަތް ނުނިމެނީސް މަސައްކަތުގައި އުޅުނު ހަތަރު މީހަކަށް ކޮރޯނާ ވައިރަސް ޖެހުމާގުޅިގެން ހޮސްޕިޓަލަށް ގެންގޮސް ރަޖުނީކާންތު ޓެސްޓު ކުރިއިރު އޭނާއަށް ކޮވިޑެއް ނުޖެހެއެވެ. ނަމަވެސް އޭނާގެ ލޭގެ ޕްރެޝަރ […]
ގިނަ އަދަދެއްގެ މަސްތުވާތަކެތި ނައްތާލުމުގައި އޮބްޒާވަރުންގެ ގޮތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި 200 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ނައްތާލުމުގައި އޮބްޒާވަރުންގެ ގޮތުގައި އާްންމު ރައްޔިތުން ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ. ފުލުހުން ހާމަކުރި ގޮތުގައި އާންމުންނަށް އޮބަޒާވަރުންގެ ގޮތުގައި ބައިވެރިކުރަނީ ފުލުހުންހުންގެ ބެލުމުގެ ދަށުގައި ހުރި މަސްތުވާތަކެތީގެ ތެރެއިން މިއަހަރުގެ ސެޕްޓެމްބަރު އަދި އޮކްޓޯބަރުގައި ކުރިއަށްގެންދިޔަ ތިން މައްސަލައެއްގައި ފުލުހުންގެ ބެލުމުގެ ދަށަށްގެނެސްފައިވާ މަސްތުވާތަަކެތި ނައްތާލާލުމުގައި ބައިވެރިވުމަށެވެ. މި ތިން މައްސަލައަކީ ސެޕްޓެމްބަރު އަށެއްގައި ޑާކާމަގުން ރާއްޖެ އައި ބަގްލަދޭޝް ރައްޔިތެއްގެ އަތުން ފެނިފައިވާ […]
ހަރާމްތަކެތި އަނބިދަރިންނަށް ކާންދިނުމަކީ ދަރިން ބޮޑެތި ޖަރީމާތަށް ހިންގުމަށް މަގުފަހިވާނެ ކަމެއް: ޚުތުބާ

ހަރާމްތަކެތި އަނބިދަރިންނަށް ކާންދިނުމަކީ ތިމާމެންގެ ދަރިން ބަސްނޭހުމާއި ވިޔާނުދާ އަމަލުތައް ކުރުމާއި ބޮޑެތި ޖަރީމާތައް ހިންގުމަށް މަގުފަހިވެެގެންދާނެ ކަމެއްކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ. މިއަދުގެ ޚުތުބާ ޚާއްސަ ކޮށްފައިވަނީ “ ރިޝްވަތަކީ ގައުމުގެ ތަރައްގީއަށް އޮތް ހުރަހެއް“ މި މައުޟޫއުގެ މައްޗަށެވެ. މިއަދުގެ ޚުތުބާގައި ބުނީ ރިޝްވަތުގެ ސަބަބުން ވަގުތީ ހައްލެއް ނުވަތަ ވަގުތީ އުފަލެއް ލިބުނު ނަމަވެސް ރިޝްވަތު ދޭ މީހުންނާއި ރިޝްވަތުގައި ހިފާ މީހުންނާއި ރިޝްވަތު ދިނުމުގައި މެދުވެރިއަކަށްވާ މީހުންނަށްް ފަހުން ލިބޭ […]
ރުގުޔާގެ ނަމުގައި ޖިންސީގޯނާކުރި މައްސަލައިގައި ދައުވާކުރުމަށް ފޮނުވައިފި

ރުގުޔާކުރުމުގެ ނަމުގައި ހަތަރުމައިން ގެއެއްގައި ރަހީނުކޮށް އަނިޔާ ކުރި ކަމުގެ ތުހުމަތުގައި ދެ މީހެއްގެ މަށްޗަށް ދައުވާކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހަށް ފޮނުވައިފި އެވެ. މި ދެމީހުންގެ މަށްޗަށް ދައުވާކުރުމަށް ފޮނުވާފައިވަނީ ރަހީނުކޮށްގެން ގެންގުޅުނު މައިމީހާ އާއި އޭނާގެ ހަތް އަހަރުގެ އަންހެންދަރިފުޅަށް ޖިންސީގޯނާ ކުރި ކަމުގެ ދައުވާއެވެ. މި މައްސަލަ ފަޅާއެރުމުން މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ މިއަމަލު ހިންގި ކަމަށް ތުހުމަތުކުރާ 24 އަހަރުގެ ފިރިހެނަކާއި ޖިންސީ އަނިޔާ ދިނުމަށް އެއްބާރުލުދިން ކަމަށް ތުހުމަތުކުރެވޭ […]
ކޯވިޑް19: އިއްޔެ ފެނުނީ އިތުރު 21 ވޭދަނަ!

ރާއްޖެއިން ކޯވިޑް19 އަށް އިތުރު 21 މީހަކު އިއްޔެ ފައްސިވެއްޖެއެވެ. އިއްޔެ ފެނުނު ކޭސްތަކުގެ ތެރެއިން އެހެން ރަށްތަކުން އަިއްޔަ ފައްސިވި 9 މީހުންގެ ތެރެއިން 4 މީހުން ފައްސިވެފައިވަނީ މީހުން ދިރިއުޅޭ ރަށްތަކުންނެވެ.އަދި ތަރައްޤީ ކުރަމުންދާ ރިސޯޓްތަކުން ވަނީ 5 މީހަކު ފައްސިވެފައެވެ. އަނެއް 12 ކޭސް ފެނިފައިވަނީ މާލެ ސަރަހައްދުންނެވެ. އިއްޔެގެ ރެކޯޑްތަކާއި އެކު ފައްސިވީ މީހުންގެ ޖުމްލަ އަދަދު މިހާރުވަނީ 13558 އަށް ވަނީ އަރައިފައެވެ. އޭގެ ތެރޭގައި، 492 އެކްޓިވް ކޭސް […]
މަސްވެރިންނަށް ވީ ވައުދު ބަދަލުވަމުން ދަނީ ދޮގު ވައުދުތަކަކަށް

ރައީސް ޔާމީނާ ވާދަކުރަން 2018 ގެ ރިޔާސީ އިންތިޚާބަށް އެމްޑީޕީއާއި އެހެން ސިޔާސީ ޕާޓީތައް ގުޅިގެން، ދިވެހި ރައްޔިތުންނަށް ހުށަހެޅި މެނިފެސްޓޯ، ”ވައުދު ނާމާ“ގައިވެއެވެ. ”ދިވެހި އިޤްޠިޞާދުގެ ރޫފަ ހެޔޮކުރުމަށް މަސްވެރިކަމުގެ ސިނާޢަތުން ނެރެވޭ ފައިދާ ބޮޑުކުރުން. މަސްވެރިކަމަށް ދުނިޔޭގެ ބާޒާރުގައި ލިބޭ ބޮޑު އަގު ދިވެހި މަސްވެރީންނަށް ހޯދައިދިނުން. މަހަށް ފުރުވުމުގެ ބޭނުމުގައި ފަށަންދަމައި ބަނދެގެން ބާލާފައިވާ އެންމެކުޑަ ބޮއްކުރާއިން ފެށިގެން ބޮޑެތި ބިޔަ ކަންނެލި އޮޑިފަހަރުވެސް މަހަށްނުކުމެ ބާނާ އެއްޗަކުން އިސްރާފުވުމެއްނެތި ހަމައަގު ލިއްބައިދިނުން. […]