ރަޖުނީކާންތުގެ ހާލު ރަނގަޅުވާން ފަށައިފި

Loading

Facebook
Twitter
WhatsApp

ލޭމައްޗަށް ދިއުމުގެ ސަބަބުން ހޮސްޕިޓަލުގައި އެނދުމަތިކުރި ފިލްމީ ތަރި ރަޖުނީކާންތުގެ ޙާލު ރަނގަޅުވަމުން އަންނަކަމަށް ހޮސްޕިޓަލުން ބުނެފިއެވެ.

އޭނާ ހައިދަރުއާބާދުގެ ހޮސްޕިޓަލެއްގައި އެނދުމަތި ކުރީ ހުކުރުދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ.

ތަމަޅަ ފިލްމީދުނިޔޭގައި އާދަޔާ ޚިލާފު މަގުބޫލުކަމެއް ހޯދާފައިވާ ރަޖްނީކާންތު ހައިދަރުއާބާދަށް ދިޔައީ ފިލްމު ”އަނާތީ“ ކުޅުމަށެވެ.

ފިލްމުގެ މަސައްކަތް ނުނިމެނީސް މަސައްކަތުގައި އުޅުނު ހަތަރު މީހަކަށް ކޮރޯނާ ވައިރަސް ޖެހުމާގުޅިގެން ހޮސްޕިޓަލަށް ގެންގޮސް ރަޖުނީކާންތު ޓެސްޓު ކުރިއިރު އޭނާއަށް ކޮވިޑެއް ނުޖެހެއެވެ. ނަމަވެސް އޭނާގެ ލޭގެ ޕްރެޝަރ ހުރީ އާދަޔާ ޚިލާފަށް މަތީގައެވެ. އެހެންވެ އޭނާ އެނދުމަތިކޮށްގެން ފަރުވާދޭންފެށީއެވެ.

ހޮސްޕިޓަލުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އޭނާގެ ޕްރެޝަރ އާދައިގެ ހާލަތަށް ބަދަލުވާނދެން އޭނާ ހޮސްޕިޓަލުގައި އެނދުމަތިކޮށްފައި ބާއްވާނެކަމަށެވެ.

ހޮސްޕިޓަލުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އޭނާގެ ޙާލު އިއްޔެއަށްވުރެ މިއަދު ވަރަށްބޮޑުތަން ރަނގަޅުކަމަށެވެ.

އުމުރުން 70 އަހަރުގެ ރަޖުނީކާންތު ފިލްމު ކުޅުމުގެ އިތުރަށް ސިޔާސީ މައިދާނުގައި ވެސް ފަހަކަށް އައިސް ވަނީ ހަރަކާތްތެރިވާން ފަށާފައެވެ. އޭނާއަކީ ޓެމިލްނާޑޫގައި އާދަޔާ ޚިލާފަށް މަގުބޫލު ތަރިއެކެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް