ގިނަ އަދަދެއްގެ މީހުންނާއިއެކު އިދިކޮޅުގެ ޖަލްސާ ނިންމާލައިފި

Loading

Facebook
Twitter
WhatsApp

އިދިކޮޅު ކޯލިޝަން، ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން އިންތިޒާމު ކޮށްގެން ރޭ ބޭއްވި ”ވިސްނާ“ ޖަލްސާގައި ގިނަ ބަޔަކު ބައިވެރިވެ، އެޖަލްސާ ނިންމާލައިފިއެވެ. މިޖަލްސާއަކީ ލިބިގެން ދިޔަ ލުއިތަކާއިއެކު ކަމާބެހޭ ފަރާތްތަކުގެ ހުއްދަ ލިބިގެން ބޭއްވި ޖަލްސާއެކެވެ.

މިޖަލްސާގައި އިދިކޮޅު ކޯލިޝަންގެ ގިނަ ލީޑަރުންތަކެއް ވަނީ ވާހަކަ ދައްކައިފައެވެ. މިގޮތުން މަސްވެރިންނާއި ރިސޯޓް މުވައްޒަފުންގެ އުދާސްތަކާއި، އެނޫންވެސް މިހާރު ޤައުމަށް ދިމާވެފައިވާ ބޮޑެތި މައްސަލަތަކުގެ އަޑު މި ޖަލްސާގައި އުފުލާފައި ވެއެވެ. މީގެ އިތުރުން މިޖަލްސާގައިވެސް ރައީސް ޔާމީން މިނިވަން ކުރަން ގޮވާލައިފާ ވެއެވެ.

މިޖަލްސާ ފާހަަގަވެގެން ދިޔައީ ގިނަބަޔަކު އުއްމީދުކުރި ވަރަށް ވުރެން ގިނަ ބަޔަކު ބައިވެރިވީ ޖަލްސާއެކެވެ. ފަހަކަށް އައިސް މަސްވެރިންވެސް ދަނީ އެކި ސަރަހައްދުތަކުގައި، އިހުތިޖާޖުކޮށް އަޑު އުފުލަމުންނެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް