ކައިވެނި ހަފްލާއެއްގައި ބައިވެރިވި ގިނަބަޔަކު ކޯވިޑަށް ފައްސިވެެއްޖެ.

Loading

Facebook
Twitter
WhatsApp

މާލޭގައި އޮތް ކައިވެނި ޙަފްލާއެއްގައި ބައިވެރިވީ ގިނަ ބަޔަކު ކޯވިޑް19 އަށް ފައްސިވެއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ އެހްޕީއޭއިން ބުނެފައިވާ ގޮތުގައި ފައްސިވެފައިވަނީ މިމަހުގެ 20 ވަނަ ދުވަހު ޝީ ބިލްޑިންގ ގައި އޮތް ކައިވެނި ހަފްލާއެއްގައި ބައިވެރިވީ 35 މީހެކެވެ. އަދި ކޯވިޑްގެ އަލާމާތްތައް ހުރި ބައެއް ފަރާތްތައް މިހަފްލާގައި ބައިވެރިވީ ކަމަށްވެސް އެހްޕީއޭއިން ވަނީ ބުނެފައެވެ.

މިހަަފްލާއަށް ދިޔަ ފަރާތްތަކުގެ ތެރެއިން އެހްޕީއޭއިން ނުގުޅާ ފަރާތްތަކުންވެސް 1676އަކަށް ގުޅުއްވާ އެމައުލޫމާތު ހިއްސާ ކުރެއްވުމަށްވެސް އެހްޕީއޭއިން އަންގާފައިވެއެވެ. އަދި އެފަރާތްތަކުން ގެއިން ބޭރަށް ނުދިޔުމަށް ވަނީ އިލްތިމާސް ކޮށްފައެވެ.

ކޯވިޑާއި ގުޅިގެން އެޅި ފިޔަވަޅުތަކަށް ދިން ލުއިތަކާއިއެކު ކައިވެނި ހަފްލާތައް ވަނީ އިންތިހާއަށް ގިނަވެފައެވެ. މިދަނޑިވަޅުގައި މިފަދަ ކޮންމެ ކަމެއްގައި އެހްޕީއޭގެ އިރުޝާދުތަކަށް ތަބާވުމަށް އެފަރާތުން އިލްތިމާސް ކުރެއެވެ.

Loading

One Response

  1. ކޮބާ ފަރުދީ ޒިންމާ؟ ހެޔޮނުވާނެދޯ މަރުން ސަލާމަތް ނުވެވިފައި ތިއްބާ އުންމީދެއް ލިބިދާނެހެން ހަމަ ހީވާއިރަށް ކައިވެނި ބޮޑު ޕާޓީ. މިވަރުގެ ލާއިންސާނީ މީހުންވެސް އެބަތިބިދޯ؟ ތިވެސް ކޮންމެވެސް ނުފޫޒުގަދަ ގޮލަޔަކަށްވާނީ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް