ދިވެހި ދައުލަތުގެ އިއްޒަތް ދެބޭފުޅަކަށް އަރުވައިފި!

Loading

Facebook
Twitter
WhatsApp

ދިވެހި ދައުލަތުން ދޭ އިއްޒަތްތަކުގެ ތެރޭގައި ހިމެނޭ ނިޝާން މުލީގެ ޝަފަރުވެރި އިއްޒަތުގެ ވެރިކަން އަދި ނިޝާން ދިޔަމިގިލީގެ ޝަފުވެރި އިތްޒަތުގެ ވެރިކަން ދެބޭފުޅަކަށް ރައީސް އިބްރާހިމް މުހައްމަަދު ސޯލިހް އަރުވައިފިއެވެ.

​ނިޝާން މުލީގެ ޝަފަރުވެރި އިއްޒަތުގެ ވެރިކަން އަރުވައިފައިވަނީ (ނމޝޢ) މ. މަހުމާ ވިލާ، އިބްރާހީމް އިސްމާއީލަށެވެ. އަދި ނިޝާން ދިޔަމިގިލީގެ ޝަފުވެރި އިތްޒަތުގެ ވެރިކަން އަރުވައިފަިވަނީ (ނދޝޢ) މއ، ވިލުވެލި، ބަދުރުއް ނަސީރަށެވެ.

މި ދެ ބޭފުޅުންނަށް ރައީސް ސޯލިހު އިއްޒަތް އެރުއްވީ، ދިވެހި ދައުލަތުން ދެއްވާ ޤައުމީ އިނާމުތައް ދެއްވުމަށާއި، ދިވެހީންގެ އެއްބައިވަންތަކަމުގެ ދުވަހާ ގުޅިގެން މިރޭ ޖުމްހޫރީ މައިދާނުގައި ބޭއްވި ޖަލްސާގަ އެވެ.

ނިޝާން ދިޔަމިގިލީ ޝަރަފުގެ އިއްޒަތް އެރުވި ބަދުރުއްނަސީރަކީ ބްރޯޑްކާސްޓިން ދާއިރާއަށް 40 އަހަރަށްވުރެ ދިގު މުއްދަތެއްގައި ހިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ.މީގެ އިތުރުން މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ ފުރަތަމަ ރައީސްކަން ތިން އަހަރަށްވުރެ ގިނަ ދުވަހު ކުރެއްވުމަށްފަހު، ބްރޯޑްކާސްޓިންގްގެ ދާއިރާއާ މުޅިން ވަކިވެވަޑައިގަތީ 2013 ވަނަ އަހަރުގެ ތެރޭގައެވެ. ބަދުރުއްނަސީރަށް ވަނީ މިނިވަން 25ގެ އާންމު ހިދުމަތުގެ އިނާމު ވެސް ލިބިވަޑައިގެންފައެވެ.

އައްސުލްތާން މުހައްމަދު ޝަމްސުއްދީނަށް ނިސްބަތްކުރެވޭ ނިޝާން މުލީގޭ ޝަރަފުގެ އިއްޒަތް (ނ.މ.ޝ.ޢ) މިރޭ އެރުވި އިބްރާހީމް އިސްމާއީލް އަލީ އަކީ ​ރާއްޖޭގެ ކުޅިވަރު ތަރައްގީ ކުރެއްވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވައި، އަދި ކުޅިވަރުގެ ތާރީހުގައި ފަހުރުވެރި ކާމިޔާބީތަކެއް ހާސިލުކުރައްވާފައިވެ އެވެ. ރާއްޖޭގެ ތައުލީމީ ދާއިރާ ފުޅާކުރެއްވުމަށްވެސް އިސް މަސައްކަތް ތަކެއް އަދާކުރެއްވި ބޭފުޅެކެވެ.އަދި ހަމަ އެހެންމެ އިބްރާހީމް އިސްމާއީލް އަލީ އަކީ ދިވެހި ސަރުކާރަށް 44 އަހަރަށްވުރެ ދިގު މުއްދަތެއްގައި ހިދުމަތްތަކެއް ކޮށްދެއްވި ބޭފުޅެކެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް