ގިނަ އަދަދެއްގެ މަސްތުވާތަކެތި ނައްތާލުމުގައި އޮބްޒާވަރުންގެ ގޮތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

Loading

Facebook
Twitter
WhatsApp

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި 200 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ނައްތާލުމުގައި އޮބްޒާވަރުންގެ ގޮތުގައި އާްންމު ރައްޔިތުން ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ފުލުހުން ހާމަކުރި ގޮތުގައި އާންމުންނަށް އޮބަޒާވަރުންގެ ގޮތުގައި ބައިވެރިކުރަނީ ފުލުހުންހުންގެ ބެލުމުގެ ދަށުގައި ހުރި މަސްތުވާތަކެތީގެ ތެރެއިން މިއަހަރުގެ ސެޕްޓެމްބަރު އަދި އޮކްޓޯބަރުގައި ކުރިއަށްގެންދިޔަ ތިން މައްސަލައެއްގައި ފުލުހުންގެ ބެލުމުގެ ދަށަށްގެނެސްފައިވާ މަސްތުވާތަަކެތި ނައްތާލާލުމުގައި ބައިވެރިވުމަށެވެ.

މި ތިން މައްސަލައަކީ ސެޕްޓެމްބަރު އަށެއްގައި ޑާކާމަގުން ރާއްޖެ އައި ބަގްލަދޭޝް ރައްޔިތެއްގެ އަތުން ފެނިފައިވާ 3 ކިލޯ 800 ގްރާމް މަސްތުވާތަކެއްޗާއި، އޮކްޓޯބަރު އެކެއްގައި ސ. ހިތަދޫ ފިނިފަރު އަބްދުﷲ އިބްރާހިމް އާއި އިތުރު ބަޔަކު ބައިވެރިވެގެން ރާއްޖެއަށް އެތެރެކުރި 79 ކިލޯގެ މަސްތުވާތަކެއްޗާއި އަދި އޮކްޓޯބަރު 12 ވަނަދުވަހު ގއ. ވިލިގިލީ ލައިޓްހައުސް ޝަހީބް އިބްރާހިމާއި އިތުރު ބަޔަކާއި ބައިވެރިވެގެން ރާއްޖެއަށް އެތެރެކޮށްފައިވާ 120 ކިލޯގެ މަސްތުވާތަކެތި ކަމަށް ފުލުހުން ބުނެއެވެ.

މަސްތުވާތަކެތި ނައްތާލުމުގެ ހަރަކާތުގައި އާންމު ރައްޔިތުންގެ ތެރެއިން އޮބަޒާވަރުންގެ ގޮތުގައި ބައިވެރި ވާން ބޭނުންވާ ފަރާތްތަކުން ނަންނޯޓްކުރުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ.

މިހަރަކާތުގައި އާންމުން ރައްޔިތުންނަށް އޮބަޒާވަރުންގެ ގޮތުގައި ބައިވެރިވުމުގެ ފުރުސަތު ދިނުމަށް ހަމަޖެހިފައިވަނީ މެއިލް ކުރާ ތަރުތީބުން ކަނޑައެޅޭ ވަކި މިންވަރަކަށް ކަމަށް ފުލުހުން ހަމާކުރެއެވެ.

މިކަމަށް ބޭނުންވާ ފަރާތްތަކުން މާދަމާ މެންދުރު 12ގެ ކުރިން ފުރިހަމަނާއި އައިޑީކާޑު ނަންބަރާއި ގުޅޭނެ ނަންބަރުޖެހުމަށްފަހު ފުލުހުންނަށް މެއިލްކުރުމަށް ފުލުހުން އެދެއެވެ.

މަސްތުވާތަކެތި ނައްތާލުން ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވަނީ އަންގާރަ ދުވަހުގެ ވަގުތެއްގައި ދޫނިދޫގައި ކަމަށް ފުލުހުން މައުލޫމާތު ދެއްވައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް