ރުގުޔާގެ ނަމުގައި ޖިންސީގޯނާކުރި މައްސަލައިގައި ދައުވާކުރުމަށް ފޮނުވައިފި

Loading

Facebook
Twitter
WhatsApp

ރުގުޔާކުރުމުގެ ނަމުގައި ހަތަރުމައިން ގެއެއްގައި ރަހީނުކޮށް އަނިޔާ ކުރި ކަމުގެ ތުހުމަތުގައި ދެ މީހެއްގެ މަށްޗަށް ދައުވާކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހަށް ފޮނުވައިފި އެވެ.

މި ދެމީހުންގެ މަށްޗަށް ދައުވާކުރުމަށް ފޮނުވާފައިވަނީ ރަހީނުކޮށްގެން ގެންގުޅުނު މައިމީހާ އާއި އޭނާގެ ހަތް އަހަރުގެ އަންހެންދަރިފުޅަށް ޖިންސީގޯނާ ކުރި ކަމުގެ ދައުވާއެވެ.

މި މައްސަލަ ފަޅާއެރުމުން މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ މިއަމަލު ހިންގި ކަމަށް ތުހުމަތުކުރާ 24 އަހަރުގެ ފިރިހެނަކާއި ޖިންސީ އަނިޔާ ދިނުމަށް އެއްބާރުލުދިން ކަމަށް ތުހުމަތުކުރެވޭ ކުޑަކުއްޖާގެ ދޮންބައްޕައެވެ. އޭނާގެ އުމުރަކީ 39 އަހަރުކަމަށް ފުލުުހުން ހާމަކުރެއެވެ.

މި ދެމީހުންގެ މައްޗަށްވެސް ކޯޓުންވަނީ މައްސަލަ ނިމެންދެން ބަންދުގައި ބެހެއްޓުމުގެ އަމުރުކޮށްފައެވެ.

މައްސައިގައި ޖިންސީ އަނިޔާ ދިން ކަމަށް ތުހުމަތުކުރެވޭ އަދި ރުގުޔާ ކުރާކަމަށް ބުނާ ފިރިހެންމީހާ ވަނީ ރުގުޔާގެ ނަމުގައި އެ އަންހެންމީހާ އާއި އޭނާގެ ތިން ދަރިން ދިރިއުޅޭގޭގައި ރަހީނުކޮށް އެކި ގޮތްގޮތުންް އޭނާ އަށާއި ދަރިންނަށް އަނިޔާ ދީފައިކަމަށް އެ އަންހެންމީހާއާ ހަވާލާދީ ބައެއް ނޫސްތަކުން ވަނީ ރިޕޯޓްކޮށްފައެވެ.

އަނިޔާ ލިބުނުކަމަށް ބެލެވޭ އަންހެން މީހާ އާއި ހަވާލާދީ ނޫސްތަކުން ބުނެފައިވާގޮތުގައި އަންހެންމީހާ އާއި އޭނާގެ ހަތް އަހަރުގެ ދަރިފުޅުގައިގެތެރޭގައި ޖިންނި އުޅޭކަމަށް ބުނެ ދެންތިބިކުދިންނަށް ވިސްނުވައިދޭން މަސައްކަތްކޮށް އެކުދިންނަށް ވެސް ވަނީ ނަފްސާނީ އަނިޔާ ކޮށްފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް