ދުނިޔޭގެ އެންމެ އިސްކޮޅުން ކުރު އަންހެންމީހާ: ޖިޔޯތީއަށް 27 އަހަރު

މިއަދަކީ ދުނިޔޭގެ އެންމެ އިސްކޮޅުން ކުރު އަންހެންމީހާ އިންޑިއާގެ ޖިޔޯތީ ކިސާންޖީއަށް 27 އަހަރު ފުރުނު ދުވަހެވެ. އޭނާގެ އިސްކޮޅުގައި ހުންނަނީ އެންމެ ދެފޫޓު ދިގުމިނެވެ. އޭނާއަކީ ދުނިޔޭގެ އެންމެ ކުރު އަންހެނާކަމަށް ރަސްމީގޮތުން ކަނޑައެޅީ 16 ޑިސެމްބަރ 2011ގައެވެ. އޭރު އޭނާގެ އުމުރަކީ 18 އަހަރެވެ. ޖިޔޯތީގެ ކުރު އިސްކޮޅުގެ ސަބަބުން އޭނާ ވަނީ ދުނިޔޭގެ އެންމެ އިސްކޮޅުން ކުރު އަންހެނާގެ ގޮތުގައި ދުނިޔޭގެ ރެކޯޑު ފޮތުގައި ހިމަނާފައެވެ. އޭނާއަށްވުރެ ކުރު އެހެން އަންހެނަކު މިވަގުތު […]

ނަޒާކީ އިން މާވީގެ މައްޗަށް ދަޢުވާ އުފުލައިފި

އެމްވީ ކުރައިސިސް އާއީ ފޭސްބުކް އަދި އެހެނިހެން ޝޯސަލްމީޑިއާ ޕްލެޓްފޯރަމް  މީޑިއާ ތަކުގައި ނަޒާކީ އޮންލައިން ކުރަމުންދާ ވިޔާފާރިއަކީ  “ ސްކޭމް“ އެއްކަމަށް ބުނެ، ނުކުރާ ވިޔާފާރިއެއް ކުރާކަމަށް ދައްކާ އިޝްތިހާރުކޮށް ކަސްޓަމަރުންގެ އަތުން އޮޅުވާލައިގެން ފައިސާތަކެއް ފޭރިގަނެފައިވާކަމުގައި ތަކުރާރުކޮށްބުނެ ދޮގުމަޢުލޫމާތު ގަސްދުގައި އެކުންފުންޏާއި އެކުންފުނީގެ ޙިއްސާދާރުން ފަލީޙަތް ކުރުމަށްޓަކައި ޢައިޝަތު މާވީ ހ.ފާރުވާދީ ފަތުރަމުންދާތީ އޭނާގެ މައްޗަށް ދަޢުވާއުފުލީކަމުގައި ނަޒާކީން ބުނެއެވެ. ނަޒާކީ ސަރވިސަސް ޕލ އިން މާވީގެ އެވާހަކަތައް  ކަނޑައެޅިގެން ދޮގުކުރެއެވެ. އަދި މާވީ […]

ރާއްޖެ އާއި ކިންގްޑަމް އޮފް އެސްވަތީނީ އާއި ދެމެދު ސިޔާސީގުޅުން ގާއިމްކޮށްފި

ދިވެހިރާއްޖެއާއި އެފްރިކާގެ ގައުމެއްކަމަށްވާ ކިންގްޑަމް އޮފް އެސްވަތީނީ އާއި ދެމެދު ރަސްމީކޮށް ސިޔާސީގުޅުން ގާއިމްކޮށްފި އެވެ. ރާއްޖެއާއި އެސްވަތީނީ އާއި ދެމެދު ގުޅުން ގާއިމުކުރުމަށް އދ. އަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަ ދާއިމީ މިޝަންގައި ބޭއްވިރަސްމިއްޔާތުގައި ދެ ގައުމުގެ ގުޅުން ގާއިމްކުރުމުގެ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ރާއްޖެއިން އދ އަށް ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު ތިލްމީޒާ ހުސައިން އެވެ. އެސްވަތީނީގެ ފަރާތުން ސޮއިކުރެއްވީ އެގައުމުން އދ އަށް ކަޑައަޅުއްވާފައި ހުންނަވާ މަންދޫބު މެލޫސީ މާޓިން […]

ކޮވިޑް ޓެސްޓް ނުހަދާ އަތޮޅުތެރެއަށް ދިއުމުގެ ހުއްދަ ދީފި

މާލެއިން އަތޮޅުތެރެއަށް ދާންޖެހޭ ފަރާތްތަކުން ޕީސީއާރު ޓެސްޓް ހެދުމެއްނެތި ދަތުރުކުރުމުގެ ހުއްދަ ހެލްތު ޕޮރޮޓެކްޝަން އެޖެންސީ ( އެޗްޕީއޭ) އިން ދީފިއެވެ. އެޗްޕީއޭއިން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ ޕީސީއާރު ޓެސްޓް ހެދުމެއްނެތި އަތޮޅުތެރެއަށް ދަތުރުކުރެވޭނީ ކޮންމެހެން ދޭންޖެހޭ ޚިދުމަތެއް ދިނުމަމަށާއި އެކިއެކި މަޝްރޫއުތަކުގެ މަސައްކަތް ހިންގުމަށް ހުއްދަ ހުއްދަލިބިގެން ކުރުމުއްދަތަކަށް މާލެއިން އަތޮޅުތެރެއަށް ދާ ފަރާތްތަކަށެވެ. ކުރިން މިފަދަ ކުރުދަތުރުތައް ކުރެވެނީ 72 ގަޑިއުރު ނުވާ ނެގެޓިވް ޕީސީއާރު ޓެސްޓް އޮތްނަމައެވެ. އަތޮޅުތެރެއަށް ކުރުމުއްދަތަކަށް ދަތުރުކުރާ […]

ކޯވިޑް19: އިއްޔެ ފެނުނީ އިތުރު 13 ވޭދަނަ!

ރާއްޖެއިން ކޯވިޑް19 އަށް އިތުރު 13 މީހަކު އިއްޔެ ފައްސިވެއްޖެއެވެ. އިއްޔެ ފެނުނު ކޭސްތަކުގެ ތެރެއިން 4 ކޭސް ފެނިފައިވަނީ އަތޮޅު ތެރެއިންނެވެ. އަދި 7 ކޭސް ފެނިފައިވަނީ މާލެ ސަރަހައްދުންނެވެ. އިއްޔެގެ ރެކޯޑްތަކާއި އެކު ފައްސިވީ މީހުންގެ ޖުމްލަ އަދަދު މިހާރުވަނީ 13392 އަށް އަރައިފައެވެ. އޭގެ ތެރޭގައި، 577 އެކްޓިވް ކޭސް ހިމެނޭއިރު، 61 ފަރާތަކަށް ދަނީ އެޑްމިޓް ކޮށްގެން ފަރުވާ ދެމުންނެވެ. މިބަލީގައި ރާއްޖެ އިން މިހާތަނަށް 48 މީހަކު ނިޔާވެފައި ވާއިރު […]

“ ސެނަހިޔާ ނޮދަން“ގެ ނަމުގައި ކުލިނިކެއް ހުޅުވައިފި   

ސެނަހިޔާ ނޮދަންގެ ނަމުގައި އެންއެންޑީއެފްއިން ޅ.މާފިލާފުށީގައި ކްލިނިކެއް މިއަދު ހުޅުވައިފި އެވެ. މި ކްލިނިކް ހުޅުވައިދެއްވީ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އެެވެ. ކްލިނިކް ހުޅުވައިދިނުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު މާރިޔާ ވިދާޅުވީ ސެނެހިޔާ ނޮދަން އަކީ ސިފައިންނަށް ސިއްޚީ ގޮތުން ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް ފޯރުކޮށްދިނުމަށްޓަކާ ސަރުކާރުން ކުރަމުންދާ މަސައްކަތުގައި ލިބުނު އިތުރު ކުރިއެރުމެއްކަމަށެވެ. ސިފައިނަށް ސިއްޚީ ފަރުވާއަށް ބޭނުންޖެހޭ ހާލަތުގައި އެ ޚިދުމަތް އެންމެ އެކަށޭނެގޮތެއްގައި ފޯރުކޮށްދިނުމަކީ ގައުމީ ސަލާމަތާ ގުޅިފައިވާ ވަރަށް […]

ރާއްޖެ އާއި ލަންކާ އާއި ދެމެދު ސަބްމެރިން ކޭބަލުން ގުޅާލައިފި  

ރާއްޖޭގައި މުއާސަލާތީ ޚިދުމަތް ދޭ ދެ ކުންފުނި، އޫރިދޫ އާއި ދިރާގު ގުޅިގެން ރާއްޖެ އާއި ސްރީލަންކާ އާއި ދެމެދު ސަބްމެރިން ކޭބަލްއިން ގުޅާލައިފި އެވެ. އޫރިދޫ އަދި ދިރާގު ގުޅިގެން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެވާގޮތުން މި ކޭބަލްގެ ސަބަބުން އިންޓަނެޓް ޓްރަފިކް ފްލޯއާއި މުއާސަލާތީ ވިއުގަ މިހާރަށްވުރެ އިތުރަށް ވަރުގަދަވެގެން ދާނެއެވެ. އެގޮތުން 5ޖީގެ ވަރުގަދަ ނެޓްވޯކްގެ ޚިދުމަތް މުޅިރާއްޖެއަށް ފޯރުކޮށްދިނުމަށް ބާރެއް ލިބިގެންދާނެކަމަށް މުއާސަލާތީ ޚިދުމަތްދޭ ދެކުންފުނިން ބުނެފައިވެއެވެ. މި ޕްރޮޖެކްޓަކީ 22 މިލިއަން […]

ކޮވިޑް19 ޖެހިގެން ލަންކާގައި މަރުވާ މުސްލިމުން ރާއްޖޭގައި ވަޅުލައިދޭން ހުށަހަޅައިފި!

ކޮވިޑް-19 ޖެހިގެން ލަންކާގައި މަރުވާ މުސްލިމުން ރާއްޖޭގައި ވަޅުލައިދޭނެކަމަށް ދިވެހިރާއްޖޭގެ ފޮރިން މިނިސްޓްރީ އިން ލަންކާ ސަރުކާރަށް އަންގާފައިވާ ކަމަށް އެގައުމުގެ މީޑިއާތަކުން މައުލޫމާތު ދީފިއެވެ. ކޮވިޑްގައި މަރުވާ މީހުން ރާއްޖޭގައި ވަޅުލައިދިނުމަށް ލަންކާ ސަރުކާރުން އެދިފައި މިވަނީ އެގައުމުގައި ކޮވިޑު ބަލީގައި މަރުވާ މުސްލިމުން، އެމީހުންގެ އާއިލާގެ ނުގަބޫލުގައި އަންދަމުންދާ މައްސަލަ ބޮޑުވެފައިވައިވާ ދުވަސްވަރެއްގައެވެ. ކޮވިޑް ބަލީގައި މަރުވާ މީހުން އެންދުމަށް ލަންކާއިން ނިންމުމާ ގުޅިގެން މުސްލިމުންގެ މެދުގައި ބޮޑެތި ކަންބޮޑުވުންތަކާއި ހިޔާލު ތަފާތުވުންތައް އުފެދި […]

ސަސް އިން އީގަލްސް ބަލިކޮށް ތާރީޚީ މޮޅެއް ހޯދައިފި!

ފުރަތަމަ ޑިވިޝަނަށް އަލަށް ކޮލިފައިވި ސުޕަރ ޔުނައިޓެޑް ސްޕޯރޓްސް (ސަސް) އިން އެޓީމުން ފުރަތަމަ ޑިވިޝަނުގައި ކުޅުނު ފުރަތަމަ މެޗުގައި އީގަލްސް ބަލިކޮށް ތާރީޚީ މޮޅެއް ހޯދައިފިއެވެ.   މިއީ ​ފުރަތަމަ ޑިވިޝަނުގައި ސަސް އިން ކުޅުނު އެންމެ ފުރަތަމަ މެޗަށްވާއިރު، އީގަލްސް ފަދަ ވަރުގަދަ ޓީމަކާ ވާދަކޮށް ލީގުގެ ފުރަތަމަ މެޗު ކާމިޔާބު ކުރެވުމަކީ އެކުލަބުގެ ތާރީހުގައި ލިޔެވިގެން ދާނެ މޮޅެކެވެ. ​މެޗުގައި ފެނިގެން ދިޔަ ހަމައެކަނި ގޯލަކީ ސަސްގެ ކުޅުންތެރިއަކު މެދު ރޮނގާ ހަމައިން […]

ކޯވިޑް19: އިއްޔެ ފެނުނީ އިތުރު 20 ވޭދަނަ!

ރާއްޖެއިން ކޯވިޑް19 އަށް އިތުރު 20 މީހަކު އިއްޔެ ފައްސިވެއްޖެއެވެ. އިއްޔެ ފެނުނު ކޭސްތަކުގެ ތެރެއިން 2 ކޭސް ފެނިފައިވަނީ އަތޮޅު ތެރެއިންނެވެ. އަދި 15 ކޭސް ފެނިފައިވަނީ މާލެ ސަރަހައްދުންނެވެ.   އިއްޔެގެ ރެކޯޑްތަކާއި އެކު ފައްސިވީ މީހުންގެ ޖުމްލަ އަދަދު މިހާރުވަނީ 13348 އަށް އަރައިފައެވެ. އޭގެ ތެރޭގައި، 634 އެކްޓިވް ކޭސް ހިމެނޭއިރު، 61 ފަރާތަކަށް ދަނީ އެޑްމިޓް ކޮށްގެން ފަރުވާ ދެމުންނެވެ. މިބަލީގައި ރާއްޖެ އިން މިހާތަނަށް 48 މީހަކު ނިޔާވެފައި […]