ސަސް އިން އީގަލްސް ބަލިކޮށް ތާރީޚީ މޮޅެއް ހޯދައިފި!

Loading

Facebook
Twitter
WhatsApp

ފުރަތަމަ ޑިވިޝަނަށް އަލަށް ކޮލިފައިވި ސުޕަރ ޔުނައިޓެޑް ސްޕޯރޓްސް (ސަސް) އިން އެޓީމުން ފުރަތަމަ ޑިވިޝަނުގައި ކުޅުނު ފުރަތަމަ މެޗުގައި އީގަލްސް ބަލިކޮށް ތާރީޚީ މޮޅެއް ހޯދައިފިއެވެ.

 

މިއީ ​ފުރަތަމަ ޑިވިޝަނުގައި ސަސް އިން ކުޅުނު އެންމެ ފުރަތަމަ މެޗަށްވާއިރު، އީގަލްސް ފަދަ ވަރުގަދަ ޓީމަކާ ވާދަކޮށް ލީގުގެ ފުރަތަމަ މެޗު ކާމިޔާބު ކުރެވުމަކީ އެކުލަބުގެ ތާރީހުގައި ލިޔެވިގެން ދާނެ މޮޅެކެވެ.

​މެޗުގައި ފެނިގެން ދިޔަ ހަމައެކަނި ގޯލަކީ ސަސްގެ ކުޅުންތެރިއަކު މެދު ރޮނގާ ހަމައިން ނަގައިދިން ދިގު ހުރަހަކުން އެ ޓީމުގެ ބިދޭސީ ފޯވާޑް ބޮލުން ކާމިޔާބު ކުރި ގޯލެވެ.

ދެޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ގޯލް ޖަހާނެ ފުރުސަތު ދެޓީމްއަށްވެސް ލިބުނެވެ.ނަމަވެސް މެޗް ނިމިގެން ދިޔައީ 1-0 ގެ ނަތީޖާއަކުން ސަަސް މޮޅުވެގެންނެވެ.

މި މެޗުގެ މޭން އޮފް ދަ މެޗަކަށް ހޮވުނީ މެޗުގައި މޮޅު ކުޅުމެއް ދެއްކި އީގަލްސްގެ ހުސައިން ޝިފާއު ޔޫސުފް އަށެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް