ދިވެހިން ދިވެހިންގެ ގޮތުގައި

މަތީގައިއެވާ ބަސްކޮޅަކީ މި ފަހަކަށްއައިސް ވަރަށްގިނައިން އަޑުއިވޭ ބަސްކޮޅެކެވެ. ގިނަފަހަރަށް އެ ބަސްކޮޅުގެ އަޑުއިވެނީ މަލާމާތުގެ ރާގަކަށެވެ. ދިވެހިން ކުރަންޖެހޭކަމަކަށް ފަރުވާކުޑަ ކުރާކަން ދޭހަވާކަހަލަ ގޮތަކަށެވެ. އެހެންނަމަވެސް ދިވެހިންނަކީ ޝަރަފްވެރި މާޒީއަކާއި އަދި ފަޚްރުވެރި އިއްޔެއެއްވެސް އޮތްބައެކެވެ. ޢަލިރަސްގެފާނާއި ޙުސޭން އާދަމް ގައުމުގެ ދިފާޢުގައި ޝަޙީދުވެވަޑައިގެންނެވިއެވެ. ބޮޑުތަކުރުފާނާއި ދޮންބަންޑާރައިން ގައުމު ދިފާޢުކުރައްވައި ކާމިޔާބު ކުރެއްވިއެވެ. އަޅުގަނޑު ގަބޫލުކުރާގޮތުގައި މިއަދުވެސް ދިވެހި ގައުމުގެ ކަރާމާތް ދެމެހެއްޓުމަށްޓަކައި އިޚްލާޞްތެރިކަމާއެކު މަސައްކަތްކުރަންބޭނުންވާ އެތައްބަޔަކު ތިބޭނެއެވެ. ފަހަރެއްގައި އިސްނަގާނެ ބޭފުޅެއްގެ ނުވަތަ ބޭފުޅުންކޮޅެއްގެ […]
އަދާލަތު ޕާޓީ ދާއިރާ ތަކުގެ އިންތިޚާބު ބާއްވަނީ

އަދާލަތު ޕާޓީގެ ކޮންގްރެސްއަށް ތައްޔާރުވުމުގު ގޮތުން އެޕާޓީއިން އަތޮޅުތަކުގެ ދާއިރާ ތަކަށް ކުރިމަތިލުމަށް ހުޅުވާލައިފިއެވެ. އެގޮރުން ދާއިރާގެ ރައީސް އާއި ރަށުތަކުގެ ގޮފީގެ ހިންގާ ކޮމެޓީ މަގާމުތަކަށް ކުރިމަތިލުމުގެ މުއްދަތު 22 ނޮވެމްބަރު 2020 ގެ 3 ޖަހާއިރަށް ހަމަޖެހިފައިވާކަމާއި ދާއިރާތަކުގެ އިންތިޚާބު ވޯޓުލުން 5 ޑިސެމްބަރ 2020 ގެ ހެދުނު 9 އަކުން މެންދުރުފަހުގެ 3 ޖަހާއިރަށް އޮންނާނެކަމަށް އެޕާޓީގެ ޢިއުލާނުގައިވެއެވެ. އިލެކްޝަނާއި ބެހޭ މަޢުލޫމާތު ސާފުކުރުމަށް 3342671 ނަމްބަރުދެވިފައިވެއެވެ. މިގޮތަށް މީގެކުރިންވެސް ޢިއުލާނުކުރުމަށްފަހު ކުރިމަތިލީފަރާތްތަކަށް […]
އަހަރެން ރައީސްކަމުގައި ހުންނާނެކަން ނުވަތަ ނޫންކަން ބުނެދޭނީ ވަގުތު: ޓްރަމްޕް

އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ނަތީޖާ ގަބޫލު ނުކުރައްވައި ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވަމުން ގެންދަވަނީ އޭނާ ރައީސްކަމުގައި ހުންވާނެކަން ނުވަތަ ނޫންކަން ބުނެދޭނީ ވަގުތުކަމަށެވެ. އަދި އެ ވަގުތު ނުޖެހޭކަމަށެވެ. އިންސާފުވެރި އިންތިޚާބެއްގެ ނަތީޖާ ގަބޫލު ނުކުރައްވައި ރައީސް ޓްރަމްޕް ދައްކަވާ ވާހަކަފުޅާއި ކުރައްވާ ކަންތައްތަކުގެ ސަބަބުން އެމެރިކާގައިދަނީ ބޮޑު ހަމަނުޖެހުމަކަށް މަގުފަހިވަމުންނެވެ. ހޮނިހިރުދުވަހުގެ ރޭ ޓްރަމްޕަށް ތާއިދުކުރާ މީހުން ވޮޝިންޓަންގެ މަގުމައްޗަށް ނިކުމެ ހިންގި ހަމަނުންޖެހުންތަކުގައި މީހެއްގެ ގަޔަށް ވަޅިޖަހާފައިވެއެވެ. އަދި ފުލުހުންގެ އެތައް ބަޔަކަށާއި […]
މެލޭޝިޔާއަށް ދިޔުމުގެ ކުރިން ކޯވިޑް ޓެސްޓާއި ކަރަންޓީނަށް ދައްކަންޖެހޭ ފައިސާ ދެއްކުމަށް އަންގައިފި!

މެލޭޝިޔާއަށް ދަތުރުކުރުމުގެ ކުރިން ކޯވިޑުގެ މިހާލަތާއި ގުޅިގެން ހަދަން ޖެހޭ ކޯވިޑް ޓެސްޓް ހެދުމަށާއި، ކަރަންޓީންވުމަށް ދާފައިސާ ދެއްކުމަށް އަންގައިފިއެވެ. މިކަން އިއުލާން ކޮށްފައިވަނީ މެލޭޝިޔާގައި ހުންނަ ރާއްޖޭގެ އެމްބަސީ އިންނެވެ. މެލޭޝިޔާއަށް ޤައުމުން ބޭރުން އަންނަ ކޮންމެ މީހަކު ވެސް 14 ދުވަހަށް ކަރަންޓީން ވުމާއިއެކު ކޮވިޑަށް ޓެސްޓް ކުރަން ޖެހެއެވެ. އަދި މިކަމުގެ ޚަރަދުތައް ހަމަޖައްސަން ޖެހެނީ ދަތުރުވެރިޔާ އަމިއްލައަށެވެ. މެލޭޝިޔާގައި ހުންނަ ރާއްޖޭގެ އެމްބަސީއިން ނެރުނު ބަޔާނުގައި ވާ ގޮތުގައި، ކޯވިޑް ޓެސްޓް […]
ފުރަތަމަ ބައި – ތުރުކީއާއި ދެކޮޅަށް ޔޫއޭއީއާއި ފަރަންސޭސި ވިލާތް ގުޅިގެން ކުރަންއުޅުނު މަސައްކަތްތައް އަތަށް ގޮވަނީ – ދިރާސާ

އޮބާމާގެ ވެރިކަމުގައި އެމެރިކާއިން ގެންގުޅުނު ސިޔާސަތުގެ ސަބަބުން މެދު އިރުމަތީގެ ބާރުގެ ތިލަފަތުގެ ހަމަހަމަކަންވަނީ ގެއްލިފައެވެ. އޭޝިއާ ޕެސިފިކުގައި ޗައިނާ ކުރިއަރައި ދިޔަ ދިޔުން އެމެރިކާއިން ދެކެނީ އެއީ ހަމައެކަނި އެސަރަހައްދަށް އައި ކުރިއެރުމެއްގެ ގޮތުގައެއް ނޫނެވެ. އޭގެ ބަދަލުގައި، ދުނިޔޭގެ ނިޒާމުގައި ޗައިނާގެ ބާރު އިގުތިސާދީ ގޮތުން ވަރުގަދަ ވެގެން ދިއުމުން, އެމެރިކާއިން އެންމެ އިސްކަމެއް ދިނީ ޗައިނާއާއި ދެކޮޅަށް މަސައްކަތް ކުރުމަށެވެ. މެދުއިރުމަތީގެ ކަންކަން އައީ އެމެރިކާ އިސްކަންދޭ ތަރުތީބުގެ ދެވަނައަށެވެ. ކުރިން މިދެންނެވި […]
ބަލިވީ ރައީސް ޓްރަމްޕް އެމެރިކާ ސިފައިން ބައްޔެއްނުވޭ

ރައީސް ޓަރަމްޕް ރިޔާސީ އިންތިޚާބުގައި ނާކާމިޔާބުވެވަޑައިގަތަސް އަދި ދިފާއީ ވުޒާރާގެ އިސް މަގާމުތަކަށް ބަދަލުތަކެއް ގެނެވުނަސް އެމެރިކާގެ ސިފައިން ބަލިކަށިނުވާކަމުގައި އެމެރިކާގެ އައު ދިފާއީ ވަޒީރު ވިދާޅުވެއްޖެއެވެ. ދިފާއީ ވަޒީރު ކްރިސްޓޮފަރ މިލަރ ވިދާޅުވިގޮތުގައި އެމެރިކާގެ ރިޔާސީ އިންތިޚާބުގެތެރެއަށް ބޭރު ގައުމެއްގެ ނުފޫޒެއް ވަދެފައެއްނުވެއެވެ. އަދި އިންތިޚާބުގައި ކޮރަޕްޝަންގެ އަމަލުތަކެއް ވެސް ހިންގާފައެއްނުވެއެވެ. އެމެރިކާގެ ދިފާއީ ވަޒީރުކަމާ އަލަށް ހަވާލުވެވަޑައިގެންނެވި ކްރިސްޓޮފަރ މިލަރ ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން އެމެރިކާގެ އާއްމު ރައްޔިތުންނަށާއި އެމެރިކާގެ އިއްތިހާދީންނަށާއި އެމެރިކާގެ ބައިވެރިންނަށް ޔަގީންކަން […]
މެލޭޝިއާއަށް ދާ ފަރާތްތަކުގެ ކަރަންޓީނު ފީ އޮންލައިންކޮށް ދެއްކޭނެ: ހައިކޮމިޝަން

ރާއްޖެއިން މެލޭޝިއާއަށް ދަތުރުކުރާ ފަރާތްތަކުގެ ކޮވިޑް-19 ޓެސްޓު ހެދުމަށާއި ކަރަންޓީންވުމަށް ދައްކަންޖެހޭ ފައިސާ އޮންލައިންކޮށް ދެއްކޭނެ އިންތިޒާމް ހަމަޖައްސާފައިވާ ކަމަށް މެލޭޝިއާގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަނުން ބުނެފި އެވެ. ހައިކޮމިޝަނުން މިއަދު ނެރުނު އިއުލާނެއްގައި ވާގޮތުން ކޮވިޑް ޓެސްޓް ހެދުމަށާއި ކަރަންޓީން ފީ މާދަމައިން ފެށިގެން އޮންލައިންކޮށް ދެއްކޭނެ ގޮތް މެލޭޝިއާ ސަރުކާރުން ހަމަޖައްސާފައިވާކަން މެލޭޝިއާގެ ފޮރިން މިނިސްޓްރީން ވަނީ އެ ކޮމިޝަނަށް އަންގާފަ އެވެ. ފީތައް މެލޭޝިއާއަށް ދަތުރުކުރުމުގެ ކުރަން ފެށުމުގެ ކުރިން ދެއްކުމަށްފަހު ފައިސާ […]
އަންނަ ބުރާސްފަތި ދުވަހަށް ބަޖެޓް ރިޕޯޓް ނިންމަނީ!

ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ 2021 އަހަރަށް ލަފާކުރާ ބަޖެޓް ދިރާސާކޮށް، ބަޖެޓް ރިޕޯޓް އަންނަ ބުރާސްފަތި ދުވަހު ބަޖެޓް ކޮމިޓީއިން ނެރުމަށް ނިންމައިފިއެވެ. ބަޖެޓް ދިރާސާކުރާ ކޮމިޓީއަކީ ރައްޔިތުންގެ މަޖިލީހުގެ އިޤްތިސާދީ ކޮމިޓީއާއި މާލިއްޔަތު ކޮމިޓީގެ މެންބަރުން ހިމެނޭ ގޮތަށް އެކުލަވާލެވިފައިވާ ކޮމިޓީއެކެވެ. އަންނަ ބުރާސްފަތި ދުވަހަށް މަސައްކަތް ނިންމުމަށް ފާސްކޮށްފައިވަނީ މިކޮމިޓީއިންނެވެ. މި ހުށެހެޅުން ހުށަހެޅީ އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު (ބިގޭ) އެވެ. މެންބަރުގެ މިހުށަހެޅުމަށް ކޮމިޓީއިން ވަނީ އިއްތިފާޤު ވެފައެވެ. […]
ކޯވިޑް19: އިއްޔެ އިތުރު 27 މީހަކު ބައްޔަށް ފައްސިވެއްޖެ!

ރާއްޖެއިން ކޯވިޑް19 އަށް އިތުރު 24 މީހަކު އިއްޔެ ފައްސިވެއްޖެއެވެ. އިއްޔެ ފެނުނު ކޭސްތަކުގެ ތެރެއިން 03 ކޭސް ފެނިފައިވަނީ އަތޮޅު ތެރެއިންނެވެ. އަދި 22 ކޭސް ފެނިފައިވަނީ މާލެ ސަރަހައްދުންނެވެ. އިއްޔެ ފައްސިވީ މީހުންގެ ތެރެއިން 17 މީހުންނަކީ ދިވެހިންނެވެ. އަދި އަނެއް 10 މީހުންނަކީ ބިދޭސީންކަން ފާހަގަ ކޮށްލެވެއެވެ. އިއްޔެގެ ރެކޯޑްތަކާއި އެކު ފައްސިވީ މީހުންގެ ޖުމްލަ އަދަދު މިހާރުވަނީ 12,112 އަށް އަރައިފައެވެ. އޭގެ ތެރޭގައި، 820 އެކްޓިވް ކޭސް ހިމެނޭއިރު، 52 […]
މޮޅުކުޅުމެއް ދައްކަމުންދާ ސަލާހު ކޯވިޑް-19 އަށް ފައްސިވެއްޖެ

ލިވަޕޫލަށް ކުޅެމުންދާ މިސްރުގެ ހުނަރުވެރި ކުޅުންތެރިއާ މުހައްމަދު ސަލާހު ކޯވިޑް-19 އަށް ފައްސިވެއްޖެއެވެ. ކޯވިޑް-19އަށް ސަލާހު ފައްސިވީކަން ޔަގީންވީ މިސްރުގެ ފުޓްބޯލް އެސޯސިއޭޝަނުން ހެދި ޓެސްޓުތަކަކަށްފަހު ހުކުރު ދުވަހު ނެރުނު ބަޔާނަކާ ގުޅިގެންނެވެ. މިސްރުގެ ފުޓްބޯލް އެސޯސިއޭޝަނުން ބުނިގޮތުގައި ސަލާހު 28އ މިހާރު ގެންދަނީ އެކަހެރި ދިރިއުޅުމެއް ފަށާފައެވެ. ސަލާހަށް ކޯވިޑް-19 ޖެހުނުކަމަށް ކަނޑައެޅީ ފުރަތަމަ ޓެސްޓުން އޭނާއަށް ވައިރަސްޖެހިފައިވާކަން އެނގުމުން ދެވަނަ ޓެސްޓެއް ހެދުމަށްފަހުގައެވެ. ދެވަނަ ޓެސްޓުން ވެސް ޔަގީންވީ އޭނާއަށް ވައިރަސްޖެހިފައިވާ ކަމެވެ. ސަލާހަށް […]