ކޯވިޑް19: އިއްޔެ އިތުރު 27 މީހަކު ބައްޔަށް ފައްސިވެއްޖެ!

14

ރާއްޖެއިން ކޯވިޑް19 އަށް އިތުރު 24 މީހަކު އިއްޔެ ފައްސިވެއްޖެއެވެ. އިއްޔެ ފެނުނު ކޭސްތަކުގެ ތެރެއިން 03 ކޭސް ފެނިފައިވަނީ އަތޮޅު ތެރެއިންނެވެ. އަދި 22 ކޭސް ފެނިފައިވަނީ މާލެ ސަރަހައްދުންނެވެ.

އިއްޔެ ފައްސިވީ މީހުންގެ ތެރެއިން 17 މީހުންނަކީ ދިވެހިންނެވެ. އަދި އަނެއް 10 މީހުންނަކީ ބިދޭސީންކަން ފާހަގަ ކޮށްލެވެއެވެ.

އިއްޔެގެ ރެކޯޑްތަކާއި އެކު ފައްސިވީ މީހުންގެ ޖުމްލަ އަދަދު މިހާރުވަނީ 12,112 އަށް އަރައިފައެވެ. އޭގެ ތެރޭގައި، 820 އެކްޓިވް ކޭސް ހިމެނޭއިރު، 52 ފަރާތަކަށް ދަނީ އެޑްމިޓް ކޮށްގެން ފަރުވާ ދެމުންނެވެ. އަދި އައިސޮލޭޝަން ފެސިލިޓީ ތަކުގައި 243 މީހަކުވަނީ އެކަހެރި ކުރެވިފައެވެ.

މިބަލީގައި ރާއްޖެ އިން މިހާތަނަށް 41 މީހަކު ނިޔާވެފައި ވާއިރު 11,244 މީހަކުވަނީ ބަލިން ފަސޭހަވެފައެވެ.

ހިޔާލު ދެއްވާ

މިތަނުގައި ހިޔާލު ލިޔުއްވާ
ނަން ލިޔުއްވާ