އަދާލަތު ޕާޓީ ދާއިރާ ތަކުގެ އިންތިޚާބު ބާއްވަނީ

29

އަދާލަތު ޕާޓީގެ ކޮންގްރެސްއަށް ތައްޔާރުވުމުގު ގޮތުން އެޕާޓީއިން އަތޮޅުތަކުގެ ދާއިރާ ތަކަށް ކުރިމަތިލުމަށް ހުޅުވާލައިފިއެވެ. އެގޮރުން ދާއިރާގެ ރައީސް އާއި ރަށުތަކުގެ ގޮފީގެ ހިންގާ ކޮމެޓީ މަގާމުތަކަށް ކުރިމަތިލުމުގެ މުއްދަތު 22 ނޮވެމްބަރު 2020 ގެ 3 ޖަހާއިރަށް ހަމަޖެހިފައިވާކަމާއި  ދާއިރާތަކުގެ އިންތިޚާބު ވޯޓުލުން 5 ޑިސެމްބަރ 2020 ގެ ހެދުނު 9 އަކުން މެންދުރުފަހުގެ 3 ޖަހާއިރަށް އޮންނާނެކަމަށް އެޕާޓީގެ ޢިއުލާނުގައިވެއެވެ. އިލެކްޝަނާއި ބެހޭ މަޢުލޫމާތު ސާފުކުރުމަށް 3342671 ނަމްބަރުދެވިފައިވެއެވެ.

މިގޮތަށް މީގެކުރިންވެސް ޢިއުލާނުކުރުމަށްފަހު ކުރިމަތިލީފަރާތްތަކަށް އެއްވެސް ޚަބަރެއް ނުކޮށް އަލުން އަނެއްކާވެސް ޢިއުލާންކުރުމުން މިފަހަރުގެ ޢިއުލާނާއި އެއްގޮތަށް ޢަމަލު ކުރަށްވާނެކަމުގެވެސް ޔަގީންކަން ގެއްލިފައިވާކަމުގައި މަޝްވަރާމަޖިލިސްގެ މެމްބަރަކު ވިދާޅުވިއެވެ.

ލަފާކުރެވޭގޮތުގައި  މުޅިރާއްޖެއިން ޢަދާލަތުން މި ޕާޓީގެ އިލެކްޝަންގައި 25 ވަރަކަށް ދާއިރާއިން ބައިވެރިވާނެކަމަށް ބެލެވެއެވެ. ޕާޓީގެ މެމްބަރުންގެ ޢަދަދަކީ 6500 ކަމުގައި ލަފާކުރެއެވެ. މިދިޔަ ރިޔާސީ އިންތިޚާބުގައި ކޯލިޝަންގައި ބައިވެރިވެ ވެރިކަމުގެ ކޯލިޝަންގައިވާ މިޕާޓީގެ މެމްބަރުން އިތުރުކުރުމަށް ވެރިކަމަށް އާދެވުމާއިއެކު “ކެރިގެން ޢަދާލަތަށް ” ކެމްޕެނެއް ފެއްޓިކަމުގައިވީނަމަވެސް އެއްވެސް އިތުރު ކުރިއެރުމެއް ލިބިފައިނުވާކަމީ ޕާޓީއަށް ލޯޔަލް ޢާންމުމެމްބަރުންގެ ވަރަށްބޮޑު ކަންވުމެކެވެ.

1 ހިޔާލު

  1. އަދާލަތުދޯ؟ ހޫނނނނ! ކުރިމަތިލެވޭ ދާއިރާތަކެއް އަދިވެސް ޕާޓީން ޢިއުލާނެއް ނުކުރެޔޯ. ދެން ކޮންތާކަށް ކާކު ކުރިމަތިލާން ކުރި ޢިއުލާނެއްތޯވެސް މެމްބަރުނ ސުވާލުއެބަކުރެއެވެ. ވަރަށް ދޯދިޔާކޮށް މިހާރު ޢަދާލަތު ޕާޓީ ހިނގަނީ. ޢިލްމުވެރިން އިތުރު ހިތްވަރެއްލާން ޖެހިފައިކަމަށް ބެލެވެއެވެ. އެނޫނީ ޕާޓީ ދެން ނަގިލާފަ އޮތުންނޫން ކަމެއް ނުވާނެއެވެ.

ހިޔާލު ދެއްވާ

މިތަނުގައި ހިޔާލު ލިޔުއްވާ
ނަން ލިޔުއްވާ