މޮޅުކުޅުމެއް ދައްކަމުންދާ ސަލާހު ކޯވިޑް-19 އަށް ފައްސިވެއްޖެ

Loading

Facebook
Twitter
WhatsApp

ލިވަޕޫލަށް ކުޅެމުންދާ މިސްރުގެ ހުނަރުވެރި ކުޅުންތެރިއާ މުހައްމަދު ސަލާހު ކޯވިޑް-19 އަށް ފައްސިވެއްޖެއެވެ.

ކޯވިޑް-19އަށް ސަލާހު ފައްސިވީކަން ޔަގީންވީ މިސްރުގެ ފުޓްބޯލް އެސޯސިއޭޝަނުން ހެދި ޓެސްޓުތަކަކަށްފަހު ހުކުރު ދުވަހު ނެރުނު ބަޔާނަކާ ގުޅިގެންނެވެ.

މިސްރުގެ ފުޓްބޯލް އެސޯސިއޭޝަނުން ބުނިގޮތުގައި ސަލާހު 28އ މިހާރު ގެންދަނީ އެކަހެރި ދިރިއުޅުމެއް ފަށާފައެވެ.

ސަލާހަށް ކޯވިޑް-19 ޖެހުނުކަމަށް ކަނޑައެޅީ ފުރަތަމަ ޓެސްޓުން އޭނާއަށް ވައިރަސްޖެހިފައިވާކަން އެނގުމުން ދެވަނަ ޓެސްޓެއް ހެދުމަށްފަހުގައެވެ. ދެވަނަ ޓެސްޓުން ވެސް ޔަގީންވީ އޭނާއަށް ވައިރަސްޖެހިފައިވާ ކަމެވެ.

ސަލާހަށް ކޮރޯނާވައިރަސް ޖެހި އޭނާ ކަރަންޓީނުވެގެން އުޅެމުން ދިޔަޔަސް ބަލީގެ އަލާމާތްތަކެއް ނުފެނެއެވެ. އޭނާ ހުރީ ވަރުގަދަ ރޫހެއްގައެވެ. އޭނާގެ ހާލަތު ލިވަޕޫލްގެ ބޭސްފަރުވާގެ ޓީމުންނާއި މިސްރުގެ ގައުމީ ޓީމުގެ ޑޮކްޓަރުން ދަނީ ވަރަށް ފަރުވާތެރިކަމާއެކު ބަލަހައްޓަމުންނެވެ.

ސަލާހު ކޮރޯނާގެ ޝިކާރައަކަށްވުމުން، އެފްރިކާގެ ގައުމުތަކުގެ މެދުގައި ބާއްވާ މުބާރާތަށް ކޮލިފައިން ވާން މިސްރާއި ޓޯގޯ ކުޅޭ މެޗާއި ލިވަޕޫލް މިމަހު 23 ވަނަ ދުވަހު ލެސްޓަރ ސިޓީއާ ބައްދަލުކުރާ މެޗުގައި އޭނާއަށް ނުކުޅެވޭނެއެވެ.

ފާއިތުވި ތިން އަހަރެއްހާ ދުވަހު އާދިޔާ ޚިލާފު މޮޅު ކުޅުމެއް ލިވަޕޫލުގައި ދައްކަމުންދާ މުހައްމަދު ސަލާހު އިންގްލިޝް ޕްރެމިއަރ ލީގުގައި މިއަހަރުވެސް ދައްކަމުންދަނީ ވަރަށް މޮޅު ކުޅުމެކެވެ. އޭނާ ޕްރެމިއަރ ލީގުގައި 8 ލަނޑު ޖަހާފައިވާއިރު އެހެން މުބާރާތްތަކާއެކު އޭނާ ކުޅުނު 13 މެޗުގައި ޖުމުލަ 10 ލަނޑު ޖަހާފައިވެއެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް