މެލޭޝިޔާއަށް ދިޔުމުގެ ކުރިން ކޯވިޑް ޓެސްޓާއި ކަރަންޓީނަށް ދައްކަންޖެހޭ ފައިސާ ދެއްކުމަށް އަންގައިފި!

Loading

Facebook
Twitter
WhatsApp
މެލޭޝިޔާއަށް ދަތުރުކުރުމުގެ ކުރިން ކޯވިޑުގެ މިހާލަތާއި ގުޅިގެން ހަދަން ޖެހޭ ކޯވިޑް ޓެސްޓް ހެދުމަށާއި، ކަރަންޓީންވުމަށް ދާފައިސާ ދެއްކުމަށް އަންގައިފިއެވެ. މިކަން އިއުލާން ކޮށްފައިވަނީ މެލޭޝިޔާގައި ހުންނަ ރާއްޖޭގެ އެމްބަސީ އިންނެވެ.
މެލޭޝިޔާއަށް ޤައުމުން ބޭރުން އަންނަ ކޮންމެ މީހަކު ވެސް 14 ދުވަހަށް ކަރަންޓީން ވުމާއިއެކު ކޮވިޑަށް ޓެސްޓް ކުރަން ޖެހެއެވެ. އަދި މިކަމުގެ ޚަރަދުތައް ހަމަޖައްސަން ޖެހެނީ ދަތުރުވެރިޔާ އަމިއްލައަށެވެ.
މެލޭޝިޔާގައި ހުންނަ ރާއްޖޭގެ އެމްބަސީއިން ނެރުނު ބަޔާނުގައި ވާ ގޮތުގައި، ކޯވިޑް ޓެސްޓް ހެދުމަށާއި ކަރަންޓީނުވުމަށް ދައްކަން ޖެހޭ ފީ ”މައި ޓްރޭވަލް ސޭފް“ ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށް މިހާރު ދެއްކޭނެއެވެ. އަދި މި ފައިސާ މެލޭޝިޔާއަށް ފުރުމުގެ ކުރިން ދައްކަން ޖެހޭނެ ކަމަށާއި، ފައިސާ ދެއްކި ކަމުގެ ލިޔުންތައް އެއަރޕޯޓްގެ ކަމާބެހޭ ފަރާތްތަކަށް ދައްކަން ޖެހޭނެ ކަމަށްވެސް މި ބަޔާނުގައި ވެއެވެ.
މެލޭޝިޔާއަށް ދާފަރާތްތަކުގެ ކަރަންޓީނަށް 4700 މެލޭޝިޔަން ރިންގިޓް ނުވަތަ 17،390 ދިވެހި ރުފިޔާ ދައްކަން ޖެހެއެވެ. އަދި ހަދަން ޖެހޭ ދެ ކޯވިޑް ޓެސްޓަށް ޖުމްލަ 18،760 ދިވެހި ރުފިޔާ ޚަރަދުވެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް