އަހަރެން ރައީސްކަމުގައި ހުންނާނެކަން ނުވަތަ ނޫންކަން ބުނެދޭނީ ވަގުތު: ޓްރަމްޕް

Loading

Facebook
Twitter
WhatsApp

އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ނަތީޖާ ގަބޫލު ނުކުރައްވައި ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވަމުން ގެންދަވަނީ އޭނާ ރައީސްކަމުގައި ހުންވާނެކަން ނުވަތަ ނޫންކަން ބުނެދޭނީ ވަގުތުކަމަށެވެ. އަދި އެ ވަގުތު ނުޖެހޭކަމަށެވެ.

އިންސާފުވެރި އިންތިޚާބެއްގެ ނަތީޖާ ގަބޫލު ނުކުރައްވައި ރައީސް ޓްރަމްޕް ދައްކަވާ ވާހަކަފުޅާއި ކުރައްވާ ކަންތައްތަކުގެ ސަބަބުން އެމެރިކާގައިދަނީ ބޮޑު ހަމަނުޖެހުމަކަށް މަގުފަހިވަމުންނެވެ.

ހޮނިހިރުދުވަހުގެ ރޭ ޓްރަމްޕަށް ތާއިދުކުރާ މީހުން ވޮޝިންޓަންގެ މަގުމައްޗަށް ނިކުމެ ހިންގި ހަމަނުންޖެހުންތަކުގައި މީހެއްގެ ގަޔަށް ވަޅިޖަހާފައިވެއެވެ. އަދި ފުލުހުންގެ އެތައް ބަޔަކަށާއި އާންމުންގެ އެތައް ބަޔަކަށް އަނިޔާ ލިބުނެވެ. މުޒާހަރާ މައިތިރިކުރަން ފުލުހުން ކުރި މަސައްކަތުގެ ދަށުން ވިއްސަކަށް މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައެވެ. އެ ހަމަނުޖެހުންތަކާއި މުޒާކުރުމުގެ ކަންތައް ރާވައި ހިންގީ ކާކުކަން، ކޮންބައެއްކަން ނޭނގުނަސް އެކަމުގައި ބައިވެރިވީ ޓްރަމްޕަށް ތާއިދުކުރާ ހައްދުފަހަނައަޅާފައި ތިބި ބައެއްކަން އެނގެއެވެ. އަދި އެމެރިކާގެ އެކި ސްޓޭޓުތަކުން މުޒާހަރާތަކުގައި ބައިވެރިވުމަށް މީހުން ގެނައުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

އެމެރިކާގެ ކަންތައްތައް ދިރާސާ ކުރާ ފަރާތްތަކުން ލަފާކުރާގޮތުގައި ވޯޓުގެ ނަތީޖާ ގަބޫލު ނުކުރައްވައި ރައީސް ޓްރަމްޕް ރައީސްކަން ހޯއްދެވުމަށް ކުރައްވަމުންދެންދަވާ މަސައްކަތްތަކުގެ ސަބަބުން އެމެރިކާ ބޮޑު ހަމަނުޖެހުމެއްގެ ތެރެއަށް ވެއްޓިދާނެއެވެ.

އެމެރިކާގެ ރިއާސީ އިންތިޚާބުގެ ރަސްމީ ނަތީޖާ އިއުލާނުނުކުރިކަމަށްވިޔަސް ގުނައި ނިމުނު ވޯޓުގެ ނަތީޖާއަށްބަލާއިރު ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓު ޖޯބައިޑަންއަށް ވަނީ 306 އެލެކްޓޯރަލް ވޯޓު ލިބިވަޑައިގެންފައެވެ. ރައީސް ޓްރަމްޕަށް ލިބިވަޑައިގަތީ 232 އެލެކްޓޯރަލް ވޯޓެވެ. މި ނަތީޖާއަށް ބަލާއިރު ވަރަށް ފުރިހަމަ އަޣުލަބިއްޔަތަކުން ބައިޑެން ވަނީ އިންތިޚާބު ކާމިޔާބު ކުރައްވާފައެވެ.

Loading

One Response

  1. ޓްރަމްޕް ބުންޏަސް ތިޔައީ ވަރަށްބޮޑުތެދެއް. ވަގުތުޖެހުނީމާ ތަގްދީރުގައިލިޔެވިފައިވާގޮތަކަށް ކަންތައް ބަދަލުވަމުންދާނެ. އެކަމަކު ވެރިކަމާހުރެ މީހާ ތިޔަހާވަރަށް ބީތާ ވާކަށްވެސް ނުވާނެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް