ފުރަތަމަ ބައި – ތުރުކީއާއި ދެކޮޅަށް ޔޫއޭއީއާއި ފަރަންސޭސި ވިލާތް ގުޅިގެން ކުރަންއުޅުނު މަސައްކަތްތައް އަތަށް ގޮވަނީ – ދިރާސާ

244

އޮބާމާގެ ވެރިކަމުގައި އެމެރިކާއިން ގެންގުޅުނު ސިޔާސަތުގެ ސަބަބުން މެދު އިރުމަތީގެ ބާރުގެ ތިލަފަތުގެ ހަމަހަމަކަންވަނީ ގެއްލިފައެވެ. އޭޝިއާ ޕެސިފިކުގައި ޗައިނާ ކުރިއަރައި ދިޔަ ދިޔުން އެމެރިކާއިން ދެކެނީ އެއީ ހަމައެކަނި އެސަރަހައްދަށް އައި ކުރިއެރުމެއްގެ ގޮތުގައެއް ނޫނެވެ. އޭގެ ބަދަލުގައި، ދުނިޔޭގެ ނިޒާމުގައި ޗައިނާގެ ބާރު އިގުތިސާދީ ގޮތުން ވަރުގަދަ ވެގެން ދިއުމުން, އެމެރިކާއިން އެންމެ އިސްކަމެއް ދިނީ ޗައިނާއާއި ދެކޮޅަށް މަސައްކަތް ކުރުމަށެވެ. މެދުއިރުމަތީގެ ކަންކަން އައީ އެމެރިކާ އިސްކަންދޭ ތަރުތީބުގެ ދެވަނައަށެވެ. ކުރިން މިދެންނެވި ކަންތައްތަކުގެ ސަބަބުން އެމެރިކާގެ ބައިވެރިންނަށް ސަލާމަތީގޮތުން ހުރި ކަންބޮޑުވުންތައް އިތުރުވެގެން ދިޔައެވެ. މީގެ އިތުރުން ސަރަހައްދީ ފެންވަރުގައި ބާރުގެ ހުސްކަމެއް އުފެދިގެން ދިޔައެވެ. އެމެރިކާގެ މި ސިޔާސަތުގެ ދަށުން ގައުމުތަކުން ސަލާމަތީ ކަންކަމުގައި އަމިއްލައަށް އިތުރު ޒިންމާ ނަގަން މަޖުބޫރުވިއެވެ. މިކަމުގެ ސަބަބުން ޔޫއޭއީން އިސްނަގައިގެން ގިނަކަންކަން ކުރިއެވެ. އަދި ކުރިން ދެންނެވި އެމެރިކާގެ ސިޔާސަތުގެ ސަބަބުން، ފަރަންސޭސި ވިލާތުން ވެސް ސަރަހައްދުގައި ބާރުގަދަކޮށް، އެގައުމުގެ ޒިންމާ އިތުރަށް ފުޅާކުރުމަށް ފުރުސަތު ފަހިވެގެން ދިޔައެވެ. މިގޮތުން، އެމެރިކާގެ ސިޔާސަތުގެ ސަބަބުން ކުރިމަތިވާ ކަންކަމުގައި އެކުގައި މަސައްކަތް ކުރުމަށް ޔޫއޭއީ ފަރަންސޭސި ވިލާތް ގުޅިގެން ސްޓްރަޓެޖީއެއް ރޭވިއެވެ.

އަނެއް ކޮޅުން، މާޒީއަށް ބަލާއިރު ފަރަންސޭސި ވިލާތަކީ ޔޫރަޕިއަން ޔޫނިއަންގައި ޖަރުމަނު ވިލާތާއި ވާދަކުރާ ގައުމެކެވެ. އަދި ބައެއް މައްސަލަތަކުގައި ތަފާތު ވިސްނުމެއް ގެންގުޅެ ގައުމެކެވެ. މީގެ އިތުރުން ބައިނަލްއަގުވާމީ ދުނިޔޭގައި އެގައުމުގެ ހާލަތު ބަދަލު ކުރަން ބޭނުންވާ ގައުމެކެވެ. މިގޮތުން މެދު އިރުމައްޗަކަކީ ފަރަންސޭސި ވިލާތައް ވަރަށް މުހިއްމު ތަނެކެވެ. ލުބުނާނުގައި ގޮވި ވަރުގަދަ ގޮވުމަކީ ފަރަންސޭސި ވިލާތުގެ ރައީސް މެކުރޮން ދެކެވަޑައިގެންނެވި ގޮތުގައި އެ ސަރަހައްދަށް ސިޔާސީގޮތުް ނުފޫޒު ފޯރުވުމަށް ލިބިގެންދިޔަ ފުރުސަތެކެވެ. މިގޮތުން ފަރަންސޭސި ވިލާތުން އެގައުމުގައި ބެހެއްޓި ” ލުއި ހަތިޔާރުން” ވެސް މިކަން ވަރަށް ރަނގަޅަށް ދޭހަވެއެވެ.

އެހެންނަމަވެސް، ޕެރިހުގެ މަގުސަދު ހާސިލު ކުރުމަށް ދެކަމެއް ހުރަސް އަޅައެވެ. ފުރަތަމަ ކަމަކީ އެސަރަހައްދު ތަކުގެ ގައުމުތަކެވެ. ދެވަނަ ކަމަކީ މެދުއިރުމަތީގެ ގިަނަ ބަޔަކު ތުރުކީއަށާއި ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުގާނަށް ތާއީދު ކުރުން އިތުރުވަމުން ދިއުމެވެ. މެކްރޮން އިސްލާމްދީނަށާއި ރަސޫލް ސައްލައްﷲ ޢަލައިހި ވަސައްލަމްއަށް ފުރައްސާރަކޮށް ދެއްވެވި ވާހަކަތަކަށް ދެކޮޅު ހެދުމުގެ ގޮތުން މެދުއިރުމަތިން ފެނުނު ދެކޮޅުވެރިކަމުގެ ހަރަކާތްތަކުން އެނގިގެންދިޔައީ ފަރަންސޭސި ވިލާތުން ގައުމުތައް އަޅުވެތިކުރި ޒަމާނުގެ ވިސްނުން ހުރެގެން މިހާރު މެދުއިރުމަތީގެ ގައުމުތަކަށް ހަގީގީ ނުފޫޒެއް ނުފޯރުވޭނެ ކަމެވެ. ހަގީގަތަކީ، އެ ސަރަހައްދުގެ މީހުންނާއި ތުރުކީއާއި އޮންނަ ގާތްގުޅުމާއި އެއްބައިވަންތަކަމާއި، ރައީސް އުރުދުގާންގެ މަގުބޫލުކަން އަރަބި ޢާންމު ރައްޔިތުންގެ މެދުގައި އިތުރު ވެފައިވާލެއް ބޮޑުކަމުން ފަރަންސޭސި ވިލާތުގެ ސިޔާސީ ވިސްނުންދަނީ ނާކާމިޔާބު ވަމުންނެވެ. މި ވަގުތުގައި މެދުއިރުމައްޗަށް ފަރަންސޭސި ވިލާތުގެ ނުފޯޒު އިތުރު ކުރުމަށް ޔޫ.އޭއީން މަސައްކަތް ކުރެއެވެ. މިގޮތުން ފަރަންސޭސި ވިލާތާއި ޔޫއޭއީގެ ގުޅުމަކީ މިސަރަހައްދުގައި ތުރުކީ ވިލާތާއި ދެކޮޅަށް ކަންކަން ރޭވުމުގެ ގޮތުން ގުޅިގެން އުޅޭ ގުޅުމެއްކަން ފާހަގަކުރެވެއެވެ.

ފަރަންސޭސި ވިލާތުގެ އިނދިކޮޅު މީހުން ތުހުމަތު ކުރާގޮތުގައި މެކުރޮންއަކީ ތަޖުރިބާއެއްނެތް، ލީޑަރޝިޕެއްނެތް ބޭފުޅެކެވެ. މެކުރޮންގެ ސިޔާސަތުގެ ސަބަބުން ތުރުކީގެ އިތުރުން، ނޭޓޯގެ ގިނަ ގައުމުތަކާއި ފަރަންސޭސި ވިލާތުން ދަނީ ދެކޮޅުވެރިވަމުންނެވެ. ޔޫ އޭ އީން ލީބިޔާގެ އިނދިކޮޅު ލީޑަރު ޖެނެރަލް ހަފްތާރުގެ ޖަމާޢަތަށް އެހީތެރިކަން ފޯރުކޮށްދޭތީ، ފަރަންސޭސި ވިލާތުން އެކަމަށް ތާއީދު ކުރުމުގެ ސަބަބުން، ތުރުކީއާއެކު ޖެހިފައިވާ މައްސަލަތައް ދަނީ ހައްތާ ބޮޑުވަމުންނެވެ.

މިއީ ތުރުކީއާއި ދެކޮޅަށް މެދުއިރުމަތީގެ ކަންކަމުގައި ފަރަންސޭސި ވިލާތާއި ޔޫ އޭ އީ އެއްބައިވެގެން އުޅޭ މައިގަނޑު ސަބަބުވެސްމެއެވެ. 1968 ގައި އިނގިރޭސި ވިލާތުން އެސަރަހައްދުން ފޭބީއްސުރެ، މިދެންނެވި ގުޅުން ފެށިއްޖެއެވެ. އަދި މިހާރު މިދެ ގައުމުގެ ގުޅުންވަނީ އިތުރަށް ބަދަހިވެފައެވެ. މިއަހަރުގެ 3 ޖޫންގައި މިދެ ގައުމުން އެމީހުންގެ 12 ވަނަ އަހަރީ ” ސްޓްރްޓީޖިކް ޑައިލޮގު” ބައްދަލުވުން ބޭއްވިއެވެ. އެ ބައްދަލުވުމުގައި އަބޫދާބީގެ އިސް އޮފިޝަލުންނާއި ޕެރިހުގެ އިސް އޮފިޝަލުން ބައިވެރިވެ ވަޑައިގެން، ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރުމަށް ބޭނުންވާކަން ހާމަކުރިއެވެ. އަދި ސްޓްރްޓީޖިކް ގޮތުން އެއްބާރުލުން ދިނުމަށް “10 އަހަރުގެ މަގުޗާޓެއް” އެކުލަވާލައި އެއްބަސްވިއެވެ.

 

1 ހިޔާލު

  1. ” ތެޔޮނާށި ކާޅުޖަހާގަނެގެން ގެންދިޔައިމާ ” ހުންނާނީ ރަނގަޅަށް އަތަށްގޮވާފާ. އެއްދުވަސްވަރެއްގައި ސައްދާމު ޙުސޭނުދެކެ ލޯބިންވެސް މިކަހަލަ ބަޔަކު އުޅުނުތަން އޮތީ ފެނިފާ.

ހިޔާލު ދެއްވާ

މިތަނުގައި ހިޔާލު ލިޔުއްވާ
ނަން ލިޔުއްވާ