މެލޭޝިއާއަށް ދާ ފަރާތްތަކުގެ ކަރަންޓީނު ފީ އޮންލައިންކޮށް ދެއްކޭނެ: ހައިކޮމިޝަން

Loading

Facebook
Twitter
WhatsApp

ރާއްޖެއިން މެލޭޝިއާއަށް ދަތުރުކުރާ ފަރާތްތަކުގެ ކޮވިޑް-19 ޓެސްޓު ހެދުމަށާއި ކަރަންޓީންވުމަށް ދައްކަންޖެހޭ ފައިސާ އޮންލައިންކޮށް ދެއްކޭނެ އިންތިޒާމް ހަމަޖައްސާފައިވާ ކަމަށް މެލޭޝިއާގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަނުން ބުނެފި އެވެ.

ހައިކޮމިޝަނުން މިއަދު ނެރުނު އިއުލާނެއްގައި ވާގޮތުން ކޮވިޑް ޓެސްޓް ހެދުމަށާއި ކަރަންޓީން ފީ މާދަމައިން ފެށިގެން އޮންލައިންކޮށް ދެއްކޭނެ ގޮތް މެލޭޝިއާ ސަރުކާރުން ހަމަޖައްސާފައިވާކަން މެލޭޝިއާގެ ފޮރިން މިނިސްޓްރީން ވަނީ އެ ކޮމިޝަނަށް އަންގާފަ އެވެ.

ފީތައް މެލޭޝިއާއަށް ދަތުރުކުރުމުގެ ކުރަން ފެށުމުގެ ކުރިން ދެއްކުމަށްފަހު ފައިސާ ދައްކާފައިވާ ކަމުގެ ލިޔުން މެލޭޝިއާއަށް ދެވުމާއެކު އެއަރޕޯޓްގެ ކަމާބެހޭ ފަރާތްތަކަށް ހުށަހަޅަން ޖެހޭނެކަމަށް ވެސް ރާއްޖޭގެ ހައިކޮމިޝަނުން ބުނެއެވެ.

ކޮވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން މެލޭޝިއާއިން ވެސް ވަނީ ރައްކާތެރިކުގެ ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން އެހެން ގައުމުތަކުގެ މީހުން އެގައުމަށް ދާއިރު ކޮވިޑް ޓެސްޓް ހެދުމާއި ކަރަންޓީންގައި 14 ދުވަހު މަޑުކުރަން ޖެހޭ ގޮތަށް ވަނީ ހަމަޖައްސާފައެވެ. މިގޮތަށް ކަރަންޓީން ވާއިރު ފައިސާ ދައްކަންޖެހޭނީ ކަރަންޓީންވާ ފަރާތެވެ.

މެލޭޝިއާ އިން ކޮވިޑް-19 ޓެސްޓް ހަދަން ގާތްގަޑަކަށް 60 ޑޮލަރާއި 200 އެއްހާ ޑޮލަރާ ދެމެދުގެ އަގެއް ނަގައެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް