އަންނަ ބުރާސްފަތި ދުވަހަށް ބަޖެޓް ރިޕޯޓް ނިންމަނީ!

Loading

Facebook
Twitter
WhatsApp

ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ 2021 އަހަރަށް ލަފާކުރާ ބަޖެޓް ދިރާސާކޮށް، ބަޖެޓް ރިޕޯޓް އަންނަ ބުރާސްފަތި ދުވަހު ބަޖެޓް ކޮމިޓީއިން ނެރުމަށް ނިންމައިފިއެވެ.

ބަޖެޓް ދިރާސާކުރާ ކޮމިޓީއަކީ ރައްޔިތުންގެ މަޖިލީހުގެ އިޤްތިސާދީ ކޮމިޓީއާއި މާލިއްޔަތު ކޮމިޓީގެ މެންބަރުން ހިމެނޭ ގޮތަށް އެކުލަވާލެވިފައިވާ ކޮމިޓީއެކެވެ. އަންނަ ބުރާސްފަތި ދުވަހަށް މަސައްކަތް ނިންމުމަށް ފާސްކޮށްފައިވަނީ މިކޮމިޓީއިންނެވެ. މި ހުށެހެޅުން ހުށަހެޅީ އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު (ބިގޭ) އެވެ. މެންބަރުގެ މިހުށަހެޅުމަށް ކޮމިޓީއިން ވަނީ އިއްތިފާޤު ވެފައެވެ.

އަންނަ އަހަރަށް ލަފާކޮށްފައިވާ ބަޖެޓަކީ 34.78 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ބަޖެޓަށް ބަހުސްކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު (އަންނި) ވަނީ 21 ގަޑިއިރުގެ ވަގުތު ހަމަ ޖައްސައިފައެވެ. އެއީ ކޮންމެ މެންބަރަކަށް 15 މިނެޓެވެ. މި ބަޖެޓް ސަރުކާރުން މަޖިލީހަށް ހުށަހެޅީ މިދިޔަ ހޯމަ ދުވަހުއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް